މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ގްރީން ބިލްޑިންގ އަދި ގޯޑައުން އިމާރާތުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ގްރީން ބިލްޑިންގ އަދި ގޯޑައުން އިމާރާތުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ހިނގަމުންދާ ގްރީން ބިލްޑިންގ އަދި ގޯޑައުން އިމާރާތުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލި ނަންބަރު (IUL)438-AU/1/2016/23)25 އޭޕްރީލް 2016) އިޢުލާނަށް އެކަށީގެންވާ ވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  1. މި ބީލަން ކުރިއަށްދާނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ ދަށުން 11 ފެބުރުވަރީ 2009 ގައި އާންމުކޮށްފައިވާ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް 31 އޮކްޓޫބަރު 2010 ގައި އިތުރުކުރެވުނު "ބާބު 15: ދައުލަތުގެ ޕްރޮކިއުމަންޓް"ގެ ދަށުންނެވެ.
  2. ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، މަޢުލޫމާތު ޝީޓްގައި ދެވިފައިވާ މިންގަނޑުތަކަށެވެ.
  3. މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން  ބޭނުންވާ މަޢުލޫމާތު ޝީޓް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ވެބް ސައިޓްއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ޕްރޮކިއުމަންޓް ޔުނިޓަށް ([email protected]) މެއިލް ކުރުމުން އެފަރާތަކަށް ފޯރުކޮށްދެވޭނެއެވެ.
  4.  ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 މޭ 19 ވާ އާދީއްތަ ދުވަހުގެ 12:30 ގައި މިނިސްޓްރީ އޮފް  އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
  5. ބަންދުކުރެވިފައިވާ ބީލަންތައް 2016 މޭ 19 ވާ އާދީއްތަ ދުވަހުގެ 12:30 އަށް ތިރީގައިވާ އެޑްރެހަށް ހުށަހަޅުއްވަންވާނެއެވެ. މިވަގުތުގެ ފަހުން ހުށަހެޅޭ ބީލަންތައް ބަލައިނުގަނެވޭނެއެވެ. ބީލަން ހުޅުވާނީ މަތީގައި ދެންނެވުނު ގަޑީގައި ތިރީގައިވާ އެޑްރެހަށް ވަޑައިގަންނަވާ ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ މަންދޫބުންގެ ހާޒިރުގައެވެ.

ޕްރޮކިއުމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018300 960+ ، ފެކްސް: 3018301 960+

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

 

12 މޭ 2016
ހޯދާ