މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ބެނާ ޕްރިންޓް ކުރުމާބެހޭ

އިޢުލާން

މި މިނިސްޓްރީން ބާއްވާ އިވެންޓްތަކާއި ހަފްލާތަކަށް ކޮންޓްރެކްޓް އުސޫލުން 1 އަހަރުދުވަހުގެ މުއްދަތަށް ބެނަރ ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު އިޢުލާނާ ގުޅިގެން އެކަށިގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އަލުން އެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 15 ވަނަ ދުވަހުގެ މެންދުރު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މޭ 19 ވަނަ ދުވަހުގެ މެންދުރު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

02 ޝަޢުބާން 1437

09 މޭ 2016
ހޯދާ