ދިވެހިރާއްޖެ
ސާރކް – ފޮރަސްޓް ރިސަރޗް އިންސްޓިޓިއުޓް (އެމް.އާރް.އައި) ސްކޮލަރޝިޕް 2016 |
||
ޤައުމު: އިންޑިޔާ |
މާސްޓަރސް ޑިގްރީ |
ކޯހުގެ ލެވެލް: |
ޔުނިވަރސިޓީ: ފޮރަސްޓް ރިސަރޗް އިންސްޓިޓިއުޓް |
- ފޮރެސްޓްރީ - އެންވަޔަރަންމަންޓް މެނޭޖްމަންޓް - ވުޑް ސައިންސް އެންޑް ޓެކްނޮލޮޖީ - ސެލިއުލޯސް އެންޑް ޕޭޕަރ ޓެކްނޮލޮޖީ |
ކޯހުގެ ދާއިރާ: |
1. ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ކޯހާ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. (ކޯހަށް އެދި ހުށަހަޅާ ޑިގްރީ ސެޓުފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޑް ކޮށްފައިވާ ސެޓުފިކެޓަކަށް ވާންޖެހޭނެއެވެ.) އަދި 2. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.އީ އިނގިރޭސި ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ނުވަތަ CAE/CPE އިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ނުވަތަ IELTS އިން އޯވަރރޯލް ސްކޯ 6.0 ނުވަތަ TOEFL އިން 550 ލިބިފައިވުން. އަދި 3. މި ޑިޕާޓްމަންޓްގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާ އެޑްމިޝަން އެނައުސްނަޓްގައި ކުރިމަތިލާ ކޯހާ ގުޅޭގޮތުން ޝަރުޠެއް ވާނަމަ އެ ޝަރުޠު ފުރިހަމަވާން ޖެހޭނެއެވެ. އަދި 4. އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުނުފަހުން ތިރީގައިވާ މުއްދަތަށް 11 މޭ 2016 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން. އަދި ހ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ފުލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއްނަމަ މަދުވެގެން 2 އަހަރުދުވަހު ޚިދުމަތްކޮށްފައިވުން ށ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ޕާޝަލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއްނަމަ މަދުވެގެން 1.5 އަހަރު ޚިދުމަތްކޮށްފައިވުން ނ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލޯނު އެހީގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1 އަހަރުދުވަހު ޚިދުމަތްކޮށްފައިވުން. އަދި ރ. އަމިއްލަ ގޮތުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރުން ޚިދުމަތްކުރުމުގެ މި ޝަރުޠު ފުރިހަމަވާކަށް ނުޖެހޭނެއެވެ. އަދި 5. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ނުވަތަ މިޑިޕާޓްމަންޓް މެދުވެރިވެގެން ބޭންކަކުން ކިޔެވުމަށް ނަގާފައިވާ ލޯނެއް އަނބުރާ މުޅިން ދައްކާފައިވާ ފަރާތެއްކަމުގައިވުން. ލޯނު މުޅިން ނުދައްކާ ފަރާތްތަކަށާއި އަދި މި އިޢުލާނުގައިވާ ބައެއް އެހެނިހެން ޝަރުޠުތައް ފުރިހަމަ ނުވާ ފަރާތްތަކަށް ފުރުޞަތު ލިބޭނީ މި އިޢުލާނުގެ އިތުރު މަޢުލޫމާތުގައި ހިމެނިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)"ގެ ދަށުންނެވެ. |
ޝަރުޠު: |
|
|
އިތުރު މަޢުލޫމާތު: |
|
|
ހުށަހަޅަންޖެހޭ ތަކެތި: |
|
ސުންގަޑި: 2016 މޭ 11 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މި ޑިޕާޓްމަންޓްގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓުތަކެއް ހަމަކުރުމަށްފަހު ސިޓީއުރައަށް ލައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި ނަން، އެޑްރެސް، ސްކީމް އަދި ކޯހުގެ ނަން ލިޔުމަށްފަހު މި ޑިޕާޓްމަންޓްގެ ކައުންޓަރަށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅުމެވެ. |
||
ކޯހަށްއެދޭ ފޯމު ހެނދުނު 8:30 އިން މެންދުރުފަހު 14.00 އަށް ވެލާނާގޭ 2 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ކައުންޓަރުންނާއި މި ޑިޕާޓްމަންޓުގެ ވެބްސައިޓް www.dhe.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3341380 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ. |