މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ޕްރޮޖެކްޓް އޮފިސަރ

މަޤާމުގެ ރޭންކް:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް /އިދާރާ / ސެކްޝަން:

އެޓޯލްޑިވެލޮޕްމަންޓް ސަރވިސް

މުސާރަ:

މަހަކު -/5،610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2،000 ރުފިޔާ

އުޖޫރައާއި ޢިނާޔަތްތައް:

ދަތުރު އެލަވަންސާއި، އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގެ ފައިސާ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ:

1- އިކޮނޮމިކްސް ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- އިކޮނޮމިކްސް ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށް، ސަނަދު ހާސިލުކުރި ކޯހުން އިކޮނޮމިކްސް ނުވަތަ ބިޒްނަސް މޮޑިއުލެއް ކިޔަވާފައިވުމާއެކު، ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. އަތޮޅުތެރޭގައި ހިންގަން ހަމަޖެހޭ ޕްރޮޖްކެޓްތައް އަތޮޅުތެރޭގައި އިޢުލާނުކުރުމާއި، ބިޑުތައް ބަލައިގަތުން.

2. ބިޑްތައް އިވެލުއޭޓްކުރަން، ބިޑް އިވެލުއޭޓިންގ ކޮމިޓީއަށް ފޮނުވުން.

3. ބިޑްތައް ކާމިޔާބުކުރާ ފަރާތްތަކާއެކު އެގްރިމެންޓުގައި ސޮއިކުރުމުގެ އެންމެހައި ކަންކަން ކުރުން.

4. ޕްރޮޖެކްޓްތަކާ ގުޅިގެން ހުށަހެޅޭ ބިލްތަކަށް ފައިސާ ދޫކުރުމަށް ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުން.

5. އަތޮޅުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމުގެ ޕްރޮޖެކްޓް ޕްރޮޕޯސަލް ހެދުމާއި، ފަންޑް ހޯދުމުގެ އިދާރީ މަސައްކަތް ކުރުން.

6. ދުވެލި ޕްރޮގްރާމުގެ ތެރެއިން ކަނޑު ދަތުރުތައް އިންތިޒާމްކުރުމާއި، ފޮނުވަންޖެހޭ ކޯޓޭޝަންތައް ތައްޔާރުކޮށް ފޮނުވުން.

7. ދުވެލި ޕްރޮގްރާމްގެ ތެރެއިން ކުރާ ކަނޑާއި އެއްގަމުގެ ދަތުރުތަކަށް ބޭނުންވާ ތެޔޮ ހޯދުމާއި، ދަތުރަށް ބޭނުންވާ އެހެނިހެން ތަކެތި ހޯދައި ހަމަކުރުން.

8. ދުވެލި ޕްރޮގްރާމުގެ ތެރެއިން ދަތުރުތައް ކުރުމަށްޓަަކައި، މުވައްޒަފުންނަށް އަންގަންޖެހޭ އެންގުންތައް އެންގުން.

9. ދުވެލި ޕްރޮގްރާމުގެ އާމްދަނީއާއި ޚަރަދުގެ މަސްދުވަހުގެ ރިޕޯޓް ތައްޔާރުކުރުން.

10. ދުވެލި ޕްރޮގްރާމުގެ ތެރެއިން ކުރާ ދަތުރުތަކުގެ ދަތުރުލޮގް، ކޮންމެ މަހެއް ނިމުމުން ޗެކްކޮށް ބެލެހެއްޓުން.

11. ދުވެލި  ޕްރޮގްރާމުގެ  ތެރެއިން  ކުރާ  ދަތުރުތަކަށް  ލިބޭ  ފައިސާއާއި  ހިނގިޚަރަދު  އެނގޭނެހެން، ކޮންމެ 4 މަހަކުން ރިޕޯޓް ތައްޔާރުކޮށް، ޖެހިގެން އަންނަމަހުގެ 10 ގެ ކުރިން ކައުންސިލަށް ހުށަހެޅުން.

12. ދުވެލި ޕްރޮގްރާމުގެ ތެރެއިން ކުރާ ދަތުރުތަކަށް ބިލް ފޮނުވަންޖެހޭ ފަރާތްތަކަށް ބިލް ފޮނުވުމާއި، ކަނޑައެޅިފައިވާ މުއްދަތަށް ބިލްތަކަށް ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

13. މައްސަލަތަކުގެ ރަޖިސްޓްރީ ލިޔެ ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1- މަސައްކަތުގެ ތަޖުރިބާ ލިބިފައިވަނީ ގުޅުންހުރި ދާއިރާއަކުން ކަމުގައިވުން.

2- ކޮމްޕިއުޓަރ ބޭނުންކޮށްގެން މަސައްކަތްކުރަން ދަންނަ މީހެއްކަމުގައިވުން.

3- ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން.

4- ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި މީހެއްކަމުގައިވުން.

5- އިނގިރޭސި ފެންވަރު ރަނގަޅު މީހެއްކަމުގައިވުން.

6- ރަށުންބޭރުގައި މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި، މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާނީ، 2016 މޭ 17 ވަނަ ދުވަހުގެ 14.00 ގެ ކުރިން، ށ. އަތޮޅު ކައުންސިލްގެ އިދާރާއަށެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ށ. އަތޮޅު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.shaviyani.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

3. ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

4- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިއުމެއް.

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

7- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6540025 ނަންބަރު ފޯނާއެވެ.

1 ޝަޢުބާން 1437

08 މޭ 2016
ހޯދާ