ގުޅީ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: މަސައްކަތު

ބޭނުންވާ އަދަދު: 1 (އެކެއްް)

ވަޒީފާގެ ބާވަތް: ދާއިމީ

މަޤާމުގެ ރޭންކް: އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން: ގުޅީ ސްކޫލް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިން ސެކްޝަން / ގުޅީ ސްކޫލް

މުސާރަ: މަހަކު -/3100 (ތިންހާސް އެއްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް: މަހަކު -/1000 (އެއްހާސް ރުފިޔާ)

އެހެނިހެން ޢިނާޔަތް: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައި އޮންނަ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުގެމަތިން ރަމަޟާންމަހުގެ އެލަވަންސް ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު: ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

މުވައްޒަފުވާލަކު އެއްފަހަރު ކުރަންޖެހޭ ކަންތައް:

  • ހަވާލުކުރެވިފައިވާ ކުލާސްތަކުގެ ތަޅުންގަނޑާއި ޑެސްކުތައް ފޮޅައި ސާފުކޮށް، ފާރުތަކާއި ޑެސްކުގައި ނުވަތަ ބޯޑުގައި ކުރަހާފައިވާނަމަ، ކުރަހާފައިވާ ތަކެތި ސާފުކުރުމާއި، ތަށިމުށި ޖަހާފައިވާ ކްލާހެއް ސާފުކުރާނަމަ، ދުވާލަކު އެއްފަހަރު މޮޕް އަޅައި ސާފުކުރުން.
  • ގޯތިތެރެއާއި މަގުމަތީން ހަވާލުކުރެވިފައިވާ ސަރަހައްދުން ކުނިނަގައި، ވިނަނޮޅައި، ސާފުކޮށް ބެލެހެއްޓުން.
  • ސްކޫލް އޮފީހާއި، ސްޓާފްރޫމާއި، އެކަޑަމިކް ސެކްޝަނާއި، ކޮމްޕިއުޓަރ ލެބާއި، ލައިބްރަރީއާއި، ފާޚާނާއާއި މިތަންތަނުގެ ތެރެއިން ހަވާލުކުރެވިފައިވާ ތަންތަނާއި އެތަންތާނގެ އެތެރޭގައި ހިމެނޭ އެންމެހައި ތަކެތިން ހިރަފުސްފޮޅައި ސާފުކުރުން.
  • ގޯތިތެރެއަށް ފެންޖަހައި ގަސްތަކަށް ފެންދިނުން.
  • އެމީހެއްގެ ޑިއުޓީގައި، އޮފީހާއި ސްޓާފްރޫމުގައި ހުންނަ ކޫލަރުތަކަށް ބޯފެން އަޅާފައި ބެހެއްޓުން.
  • ކުނިއުކާލާއިރު އެއްވެސް ލިޔެކިޔުމެއް އުކާލައިގެން ނުވާނެއެވެ. އެފަދަ ތަކެތި ނައްތާލަންވާނީ އަންދައިގެންނެވެ.
  • އެމީހެއްގެ ޑިއުޓީގައި ސެޝަން ނިމުން ދިދަ ތިރިކޮށް، ދިދަ ރައްކާކުރުން.

ހަފްތާއަކު އެއްފަހަރު ކުރަންޖެހޭ ކަންތައް:

  • ހަވާލުކުރެވިފައިވާ ކުލާސްތަކާއި، އެހެނިހެން ތަންތާނގެ ދޮރުތަކާއި، ދޮރުފަތްތަކާއި، ބިއްލޫރިތަކާއި، ފަންކާތައް ސާފުކުރުމާއި، ފެންފޮތިލައި ސާފުކުރަންޖެހޭ ތަންތަން އެގޮތަށް ސާފުކުރުން (ބިއްލޫރި ސާފުކުރަންވާނީ، ސާފުކުރަން ބޭނުންކުރާ ކެމިކަލް ބޭނުންކޮށްގެންނެވެ.)
  • ހަވާލުކުރެވިފައިވާ ކުލާސްތަކުގެ ޑެސްކުތައް ޗެކްކޮށް، މަރާމާތަށް ބޭނުންވާ ތަކެތި، ފައިސާއާބެހޭ ވެރިއަކަށް އެކަމުގެ މަޢުލޫމާތު ދިނުން.

ޓާމަކު އެއްފަހަރު ކުރަންޖެހޭ ކަންތައް:

  • ހަވާލުކުރެވިފައިވާ ކުލާސްތަކުން މަކުނުވާތައް ފޮޅުން.
  • ހަވާލުކުރެވިފައިވާ ކުލާސްތަކުގެ ތަޅުންގަނޑު، ފެންޖަހައި ދޮވެސާފުކުރުން.

ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ  އެޕްލިކޭޝަން  ފޯމު (އެޕްލިކޭޝަން  ފޯމު،  މި  ސްކޫލުން  ލިބެން  ހުންނާނެއެވެ. އަދި  ސިވިލް  ސަރވިސް  ކޮމިޝަނުގެ www.csc.gov.mv  ގެ  ވެބްސައިޓުން  މި  ފޯމު  ޑައުންލޯޑް  ކުރެވެންވެސް  ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަވިއު ކުރުން:

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 2016 މޭ 24 ވާ އަންގާރަ ދުވަހުގެ 13:00 ގައި، ގުޅީ ސްކޫލުގައެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި  ވަޒީފާއަށް  އެދި  ހުށަހަޅަންޖެހޭ  ތަކެތި  ހުށަހަޅާނީ،  މި  ސްކޫލުގެ  އޮފީހަށެވެ. ފޯމާއި  ތަކެތި  ހުށަހެޅުމުގެ  ސުންގަޑިއަކީ،  2016  މޭ  22  ވާ  އާދީއްތަ  ދުވަހުގެ  13:00  އެވެ.

އިތުރު މަޢުލޫމާތު: 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ގުޅީ ސްކޫލުގެ 6642512 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

1 ޝަޢުބާން 1437

08 މޭ 2016
ހޯދާ