މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1 ކޮޓަރި ކުއްޔަށް ހިފަން ބޭނުންވެއްޖެ

އިޢުލާން

1437 ވަނަ އަހަރު މިރަށު މަސްޖިދުއް ތަރާހުމީގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރާނެ ޙާފިޡަކު ބެހެއްޓުމަށް 1 މަސްދުވަހަށް 1 ކޮޓަރި ބޭނުންވެއްޖެ

1437 ވަނަ އަހަރު ރަމަޟާންމަހު މިރަށު މަސްޖިދުއްތަރާޙުމީގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރުމަށް ގެނެވޭ ޙާފިޡަކު ބެހެއްޓުމަށް 1 މަސްދުވަހަށް 1 ކޮޓަރި ބޭނުންވެއްޖެއެވެ. މިކަމަށް އެދޭފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 2016 މޭ 12 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މި އިދާރާގައެވެ. ކުއްޔަށް ކޮޓަރި ދޫކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2016 މޭ 17 ވާ އަންގާރަ ދުވަހުގެ 10:30 ގައި މި އިދާރާގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ އެއްވެސް ފަރާތަކުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގެންނެވޭގޮތް ނުވާނަމަ ބަދަލުގައި ފޮނުވިކަން އެނގޭނެ ސިޓީއަކާއި އައިޑީކާޑުގެ ކޮޕީ އަދި ކުންފުންޏަކުން ފޮނުވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ، ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއަކާއި، ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީކާޑުގެ ކޮޕީ ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ތިރީގައި މިވަނީ ކޮޓަރި ދޭފަރާތުން ކޮށްދޭންޖެހޭ ކަންތައްތަކުގެ މަޢުލޫމާތެވެ.

1- ރޯދަމަސް ނިމެންދެން ކެއުމުގެ އެންމެހައި ކަންކަން ބެލެހެއްޓުން

2- އެއްޗެހި ދޮވެ އިސްތިރިކުރުން

3- ކޮޓަރި ސާފުކުރުމާއި ތަންމަތި އެޅުން

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

05 މޭ 2016
ހޯދާ