ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ރ. އަލިފުށީގައި ހިންގާ ޤުރްއާނާބެހޭ މަރްކަޒުގެ ގޮތްޕަށް ޤުރްއާން މުދައްރިސަކު ހޯދުމަށް.

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ރ. އަލިފުށީގައި ހިންގާ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮފީގައި ކިޔަވައިދޭނެ ރިސޯސް ޤުރްއާން މުދައްރިސަކު ބޭނުންވެއެވެ.

ބޭނުންވާ އަދަދު: 1 (އެކެއް)     

މުސާރަ:

- އެމް. ކިޔު. އޭ. ލެވެލް 5 ގެ ސަނަދެއްނަމަ ނުވަތަ ލެވެލް 6 ގެ ސަނަދެއްނަމަ، 50 މިނިޓުގެ ޕީރިއަޑަކަށް -/200 ރުފިޔާ

- އެމް. ކިޔު. އޭ. ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއްނަމަ، 50 މިނިޓުގެ ޕީރިއަޑަކަށް -/250 ރުފިޔާ

މަޤާމުގެ ޝަރުޠު: ޤުރްއާން މުދައްރިސްކަމުގެ ޑިޕްލޮމާ ހާސިލުކޮށްފައިވުން ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މުއްދަތު: ކޮންޓްރެކްޓް އުސޫލުން 2 އަހަރުދުވަހުގެ މުއްދަތަށް (ފުރަތަމަ އެގްރިމެންޓްކުރެވޭނީ 2 މަސްދުވަހުގެ މުއްދަތަށެވެ. 2 މަސްދުވަސް ހަމަވުމުން، ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު، އިތުރު 22 މަސްދުވަހަށް އިތުރުކުރެވިދާނެއެވެ.)

ސުންގަޑި: ޝަރުޠު ހަމަވާ ފަރާތްތަކުން، 2016 މޭ 19 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިން، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓްކޮށް، އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު މި މަރުކަޒަށް ސިޓީ ފޮނުވުން އެދެމެވެ.

2 ޝަޢުބާން 1437

09 މޭ 2016
ހޯދާ