ދިވެހިރާއްޖެ
އިޢުލާން
ފުރާޅުގެ ޓިނާއި ދިޔަދޮވި ބަދަލުކުރުން:
މި މަދަރުސާގެ ހޯލު ޢިމާރާތުގެ އެއް ފުރާޅުގައި މިހާރު ހުރި ޓިނާއި ދިޔަދޮވި ނަގައި އާޓިނު ޖަހައި އާ ދިޔަދޮވި ހަރުކުރަން ބޭނުންވެއެވެ. މިކަމަށް ބޭނުންވާ ޓިނާއި ދިޔަދޮވި މި މަދަރުސާއިން ދެވޭނެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 މޭ 12 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 17 ވާ އަންގާރަ ދުވަހުގެ 10:30 އަށް މި މަދަރުސާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރުގައްޔާއި އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.
އަންދާސީހިސާބު ކެނޑުން އޮންނާނީ އަންދާސީހިސާބު ހުށަހަޅުއްވާ ވަގުތުގައެވެ. މި ބައްދަލުވުމުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ބައިވެރިވެވަޑައިގަންނަވަން ވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ހާޒިރުވެވަޑައިނުގެންނެވުނު ސަބަބާއި ފޮނުއްވަވާ ބޭފުޅެއްގެ މަޢުލޫމާތު ބަޔާންކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލްގެ ނަންބަރު 6780572 ފޯނާ ގުޅުއްވުން އެދެމެވެ.
ތިން ފަރާތަކުން މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާތީ މިި މަދަރުސާގެ ނަންބަރު: GS-181/IUL/2016/31 ގެ އިޢުލާން ބާޠިލުކޮށްފީމެވެ.