ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ގުލްފާމުގެ މަރާމާތުކުރުމާ ބެހޭ:

މިރަށު ރައްޔިތުންގެ ގުލްފާމުގެ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރި ނަންބަރު:(IUL)394/394/2016/16 (11 އެޕްރީލް 2016) އިޢުލާނާ ގުޅިގެން އެއްވެސްފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

މި މަސައްކަތާ ގުޅޭ މައުލޫމާތުދިނުން އޮންނާނީ 2016 މޭ 11 ވާ ބުދަ ދުވަހުގެ 13:00 ގައި މި އިދާރާގައެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ 2016 މޭ 19 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި އިދާރާއަށެވެ.

މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.

25 ރަޖަބު 1437

02 މޭ 2016
ހޯދާ