ދިވެހިރާއްޖެ
ހަކަތައިގެ ޤާނޫނު އެކުލަވައިލުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުން
ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ހަކަތައިގެ ޤާނޫނު އެކުލަވައިލުމުގެ މަސައްކަތްކުރާނެ ކޮންސަލްޓެންސީ ޓީމެއް ބޭނުންވެއެވެ.
މި މަސައްކަތުގެ މަޤުޞަދަކީ މުޅިން އަލަށް ތަޢާރަފުކުރާ ހަކަތައިގެ ގާނޫނު އެކުލަވައިލައި، ހަކަތައިގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި މަޝްވަރާކޮށް ޤާނޫނު ފައިނަލް ކުރުމެވެ.
މި މަސައްކަތަށް ކުރިމަތިލާ ޓީމުގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:
ހ) ޤާނޫނީ ދާއިރާ އިން ބެޗެލަރޒް ޑިގްރީ ހާސިލުކޮށްފައިވާ ފަރާތެއް ޓީމުގައި ހިމެނުން
ށ) ޤާނޫނީ ދާއިރާގައި ނުވަތަ ޤާނޫނީ އޮނިގަނޑު ތައްޔާރުކުރުމުގައި މަދުވެގެން 5 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް ޓީމުގައި ހިމެނުން
މީގެ އިތުރުން މި މަސައްކަތުގެ "ޓަރމްސް އޮފް ރިފަރެންސް"ގައި ހިމެނިފައިވާ ކަންކަމަށް ބެލޭނެއެވެ.
މި މަސައްކަތްކުރުމަށް ކަނޑައެޅިފައިވާ މުއްދަތަކީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 90 ދުވަހެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ("އެކްސްޕްރެޝަން އޮފް އިންޓްރެސްޓް") ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވާލަމެވެ.
ހ) މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ ދާއިރާތަކުން މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.
ށ) މަސައްކަތް ކުރުމަށް ހުށަހަޅާ އަގުގެ "ފައިނޭންޝިއަލް ޕްރޮޕޯސަލް" ހުށަހަޅަން ވާނެއެވެ.
ނ) މަސައްކަތް ކުރިޔަށް ގެންދިއުމަށް ރޭވިފައިވާ "މެތޮޑޮލޮޖީ" ހުށަހަޅަން ވާނެއެވެ.
މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އީމެއިލް ކުރެއްވުން އެދެމެވެ.
"އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ތިރީގައިވާ އެޑްރެހަށެވެ. ބީލަން ހުޅުވުން އޮންނާނީ ޝައުޤުވެރިވާ ފަރާތްތަކުގެ ހާޒިރުގައި 2016 މޭ 23 ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައެވެ.
ޕްރޮކިއުމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފެކްސް: 301-3018-960 +
އީމެއިލް: [email protected]
"އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުންނަންވާނީ ބަންދު ކުރެވިފައިވާ ސީޓީއުރައެއްގައެވެ. ބޭރުގައި "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މި މަސައްކަތުގެ ނަމާއި، ހުށަހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު ލިޔެފައި އޮންނަންވާނެއެވެ.