ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

1 (އެކެއް)

ބޭނުންވާ އަދަދު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

ތ. ވޭމަންޑޫ

ވަޒީފާ އަދާކުރަންޖެހޭ ރަށް:

ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ

އޮފީސް:

މަހަކު -/1،500 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/4،465 ރުފިޔާ

މުސާރަ:

ޖީ. އެސް. 3

މަޤާމުގެ ރޭންކް:

ދާއިމީ

މަޤާމުގެ ގިންތި:

8

ސިވިލް ސަރވިސްގެ ގްރޭޑް

އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ކޯޕަރޭޓް އެފެއާޒް

ސެކްޝަން:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. 

 

މަޤާމުގެ ޝަރުޠު:

1. އެކިފަރާތްތަކުން ކައުންސިލުގެ އިދާރާއަށް ދައްކާ ފައިސާ، ހަމަޖެހިފައިވާ އުސޫލުގެމަތިން ބަލައިގަތުމާއި، ފައިސާ  ތިޖޫރީއަށް ވެއްދުމަށް ފައިސާ ބަލައިގަންނަ ފޯމު ތައްޔާރުކޮށް، ގަވާއިދުން ތިޖޫރީއާ ހަވާލުވެ ހުންނަ މުވައްޒަފާ ތިޖޫރީއަށް ވެއްދުމަށް ހަވާލުކުރުން.

2. ފިޠުރު ޒަކާތާއި މުދަލު ޒަކާތުގެގޮތުގައި ލިބޭ ފައިސާ އޭގެ ޙައްޤުވެރިންނާ ހަވާލުކުރުމަށްފަހު، އެކަމާގުޅޭ ހިސާބުތަކާއި ރިކޯޑުތައް ބެލެހެއްޓުމާއި، އިސްލާމިކް މިނިސްޓްރީއަށް ފޮނުވަންޖެހޭ ރިޕޯޓް ފޮނުވުމާއި، މުސާރަ ޝީޓްތަކާއި އެހެނިހެން ޢިނާޔަތްތަކުގެ ޝީޓުތަކާއި، އެކިފަރާތްތަކަށް ލިބިދޭންޖެހޭ ފައިސާ ހޯދުމަށް ފޮނުވަންޖެހޭ ލިޔުންތައް ތައްޔާރުކޮށް، ފޮނުވުމަށް ކަނޑައެޅިފައިވާ ތާރީޚަށް ފޮނުވައި، ފައިސާ ހޯދުމާއި އެފަރާތްތަކަށް ފައިސާ ރައްދުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ގަވާއިދުން ކުރުމާއި، މުވައްޒަފުންގެ ގަޑީލާރިއާއި ޖޫރިމަނާ ފައިސާގެ ރިޕޯޓް ތައްޔާރުކޮށް، ފައިސާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

3. ކައުންސިލްގެ އިދާރާއަށް، ރަށުގެ ރައްޔިތުންނަށް ނުވަތަ ރަށުގައި ހުންނަ ސަރުކާރު ނުވަތަ ރައްޔިތުންގެ ޢިމާރާތަކަށް އަމިއްލަ ފަރާތްތަކުން ދޭ އެހީގެ ތަކެއްޗާއި ފައިސާ، ހަމަޖެހިފައިވާ ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް ބަލައިގަތުމާއި، އެފަދަ ތަކެއްޗާއި އެހީތަކުގެ ރިކޯޑުތައް ބެލެހެއްޓުން.

4. ހަފްތާއަކު 1 ފަހަރު ތިޖޫރީ ހަފްތާ ރިޕޯޓް ތައްޔާރުކުރުމާއި، އާމްދަނީ ރިޕޯޓާއި ޚަރަދު ރިޕޯޓް މަހަކު އެއްފަހަރު ތައްޔާރުކޮށް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުމާއި، ކައުންސިލް އިދާރާގެ ޕްރޮކިއުމަންޓާ ގުޅޭ މަސައްކަތްކުރުން.

5. ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކާއި އެސެޓް ރަޖިސްޓަރީ ފުރިހަމަކޮށް ބެލެހެއްޓުމާއި، އޮފީހުގެ ބެލުމުގެ ދަށުގައިވާ މެޝިނަރީއާއި އިކްއިޕްމެންޓް ބެލެހެއްޓުމާއި، ހަރުމުދަލުގެ ރަޖިސްޓަރީ (އިންވެންޓްރީ) ބެލެހެއްޓުމާއި، ހަލާކުވާ ތަކެތި ގަވާއިދުން ނައްތައިލުމާއި، އެކަމާބެހޭ ލިޔުންތައް ބެލެހެއްޓުމާއި، ނީލަންކިޔަންޖެހޭ ތަކެތި ނީލަންކިޔުމާއި، އެކަމާބެހޭ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުމާއި، އަނބުރާ ދައްކާގޮތަށް ހަވާލުކުރެވޭ ތަކެތި ހަވާލުކޮށް، އެތަކެތި ބަލައިގަތުމާއި، މިކަމާބެހޭ ލިޔެކިޔުންތައް ބެލެހެއްޓުން.

6. ކައުންސިލަށް އާމްދަނީ ލިބޭ ކަންކަމުގެ ރަޖިސްޓްރީ ފުރިހަމަކޮށް ބެލެހެއްޓުމާއި، ފައިސާ ނުލިބޭނަމަ ހޯދުމަށް މަސައްކަތްކުރުމާއި، ބިމުކުލި ނަގަންޖެހޭ ތަންތަނުން ބިމުކުއްޔާއި ޖޫރިމަނާގެގޮތުގައި ލިބެންޖެހޭ ފައިސާ ހޯދުމާއި، އެކަމާގުޅޭ ރިޕޯޓް ތައްޔާރުކޮށް ރެކޯޑު ބެލެހެއްޓުން.

7. ކައުންސިލްގެ ބަޖެޓް ތައްޔާރުކުރުމާއި، މާލީހިސާބު ތައްޔާރުކުރުމަށާއި، ފައިސާއާބެހޭ މުހިންމު ރިޕޯޓްތައް ނުވަތަ އެހެނިހެން ލިޔެކިޔުންތައް ފުރިހަމަކުރުމަށް މަޢުލޫމާތެއް ބޭނުންވެގެން މުވައްޒަފަކު އެދިއްޖެނަމަ އެ މަޢުލޫމާތެއް ދިނުމާއި، ކައުންސިލްގެ އިދާރާއިން ނުވަތަ ސަރުކާރުގެ ފަރާތުން އޮޑިޓްކުރުމަށް ހަމަޖައްސައިގެން ވަޑައިގަންނަވާ ބޭފުޅުންނަށް، އެ މުވައްޒަފެއްގެ މަސައްކަތުގެ ދާއިރާއިން ދޭންޖެހޭ މަޢުލޫމާތާއި އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި، ފައިލްކުރުމާއި، ފައިސާއާބެހޭ ފޮތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

8. މުވައްޒަފުންގެ  މުސާރަ  ދިނުމަށާއި  އިދާރާއިން  ކުރަންޖެހޭ  ޚަރަދުތަކަށް  ބޭނުންވާ  ފައިސާ  ގެނައުމަށްޓަކައި ހަމަޖެހިފައިވާ އުސޫލުން އެ ފައިސާ ޚަރަދުކޮށް، މުވައްޒަފުންނާ ހަވާލުކުރުން.

9. ސެކްޝަންގެ މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުގެ ސަބަބުން މަސައްކަތަށް ދަތިވާނަމަ، އެ މުވައްޒަފަކު ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ވަކި ގަޑިއަކަށް ނިންމަން ހަވާލުކުރާ މަސައްކަތްތައް ކުރުން.

10. ރާއްޖޭގައި ޤައުމީ ފެންވަރުގައި ފާހަގަކުރަމުންދާ މުނާސަބަތުތަކާއި، ކައުންސިލްގެ ފަރާތުން ބާއްވާ އެކިއެކި ޙަފުލާތަކާއި ރަސްމިއްޔާތުތަކާއި، ކައުންސިލްގެ ފަރާތުން ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، މަސައްކަތުގެ މާޙައުލުގައި ވެރިންނާއި މުވައްޒަފުންގެ މެދުގައި އޮންނަންވާ ގުޅުން ބަދަހިކޮށް، އެކުވެރިކަން އާލާކުރުމަށް ކުރެވޭ އެކިއެކި ކަންތައްތަކުގައި ބައިވެރިވުމާއި، ކައުންސިލުގެ އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ވަޒީފާގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން.

 

 

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މުސާރައިގެ އިތުރަށް ދެވޭ އުޖޫރަތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

4. މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލޭނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

3 ސިވިލް ސަރވިސް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

4. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުން.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖެހިފައިވާ)

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމާއި އެހެނިހެން ލިޔުންތަކާއެކު، 2016 މޭ 19 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާއަށް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 10 ދުވަހުގެ ތެރޭގައި އިންޓަވިއު އޮންނާނެ ތަނާއި ގަޑި، ޝަރުޠުހަމަވާ ފަރާތްތަކަށް މި އިދާރާގެ ފަރާތުން އަންގާނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި އިދާރާގެ 6780083 ނަންބަރު ފޯނަށް، ރަސްމީގަޑީގައި ގުޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

27 ރަޖަބު 1437

04 މޭ 2016
ހޯދާ