ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންންޓް ވެބްސައިޓް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ވެބްސައިޓް www.trade.gov.mv ޒަމާނީ ފެންވަރަށް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތާބެހޭ މަޢުލޫމާތު ސެޝަނަށް ވަޑައިގެންގެންދެއްވުން އެދެމެވެ.
މި ބިޑާ ބެހޭ މަޢުލޫމާތު ސެޝަން އޮންނާނީ 2016 މޭ 15 ވާ އާދީއްތަ ދުވަހު 13:00 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ކޮންފަރެންސް ރޫމްގައެވެ. މި ބިޑާ ގުޅޭ ޓަރމްސް އޮފް ރިފަރެންސް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ވެބްސައިޓް www.trade.gov.mv އިން ލިބެން ހުންނާނެވެ.
ބިޑް ހުށަހެޅުން އޮންނާނީ 2016 މޭ 19 ވާ ބުރާސްފަތި ދުވަހުގެ 13:00 މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ކޮންފަރެންސް ރޫމުގައެވެ. އަދި މަޢުލޫމާތު ސެޝަނަށް ވަޑައިނުގަންނަވާ ފާރާތްތަކުން ހުށަހަޅާ ބިޑު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
01 ޝަޢުބާން 1437