އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް
ދިވެހިރާއްޖެ
އޭ.ވީ.އެސް ޓްރެއިނީ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކޮމާންޑަށް މުވައްޒަފުން ހޯދުމަށް 28 އެޕްރީލް 2016 ގައި ކޮށްފައިވާ 453AHR-2/1/12016/1 (އައިޔޫއެލް) ނަންބަރުގެ އިޢުލާނުގައި، މަޤާމުގެ ޝަރުޠު ފުރިހަމައަށް ބަޔާންކުރެވިފައި ނެތުމުގެ ސަބަބުން، އެ އިޢުލާން ބާޠިލްކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ. 

މަޤާމް:

އޭ. ވީ. އެސް. ޓްރެއިނީ

މަޤާމުގެ ކްލެސިފިކޭޝަން:

އޭވިއޭޝަން ސެކިއުރިޓީ އޮފިސަރސް އެންޑް ގާރޑްސް

މަޤާމުގެ ގްރޭޑް:

ސީ. އެސް. 2

ޑިވިޜަން/ޔުނިޓް:

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް

މުސާރަ:

މަހަކު -/5،920 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،500 ރުފިޔާ

 

އިތުރު ޢިނާޔަތްތައް:

- ކޮއްތު ފައިސާ: -/60 ރުފިޔާ (ޑިއުޓީއަށް ނުކުންނަ ކޮންމެ ދުވަހަކަށް)

- ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

- ފޯނު އެލަވަންސްގެ ގޮތުގައި މަހަކު -/150 ރުފިޔާ

އަދަދު:

2 (ދޭއް) ފިރިހެން، 3 (ތިނެއް) އަންހެން

ތަޢުލީމާއި ތަޖުރިބާ:

1. ޖީ. ސީ. އީ. އޯ ލެވެލްގެ  2  މާއްދާއިން  ފާސްވުމާއެކު،  ސެކަންޑަރީ  ސްކޫލް  ސެޓްފިކެޓް  އިމްތިޙާނުން "ދިވެހި" މި މާއްދާއިން ފާސްވެފައިވުން. ނުވަތަ،

2. ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއްހާސިލުކޮށްފައިވުން.

އުމުރު:

18 އަހަރާއި 35 އަހަރާއި ދެމެދު.

އިސްކޮޅު:

5 ފޫޓް ހަމަވުން.

މަސައްކަތް ކުރަންޖެހޭ ތަން:

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް (މީގެ އިތުރުން، ދިމާވާ ހާލާތަކާ ގުޅޭގޮތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެދަށުން ސެކިއުރިޓީ ބަލަހައްޓަމުންގެންދާ ކޮންމެ އެއަރޕޯޓެއްގައިވެސް މަސައްކަތްކުރަން ޖެހިދާނެއެވެ.)

 

 

މަޤާމުގެ މަސްއޫލިއްޔަތު:

  1. ވަޒީފާއަށް ވަނުމާވިދިގެން އަންނަ ޕްރޮބޭޝަނަރީ 3 މަސްދުވަހުގެ ތެރޭގައި އޭވިއޭޝަން ސެކިއުރިޓީ ބޭސިކްކޯސް ފުރިހަމަކުރުން.
  2. ޑިއުޓީ ސުޕަވައިޒަރ، ޝިފްޓް އިންޗާރޖް ނުވަތަ އެމީހުން ޢައްޔަންކުރާ އިސް މުވައްޒަފެއްގެ ބެލުމުގެދަށުން އަންގާފައިވާ ގަވާއިދުތަކާއި، މަސައްކަތްކުރުމުގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ފުރިހަމަކުރުން.
  3. ޑިއުޓީ ސުޕަވައިޒަރ، ޝިފްޓް އިންޗާރޖް ނުވަތަ އެމީހުން ޢައްޔަންކުރާ އިސްމުވައްޒަފެއްގެ ބެލުމުގެދަށުން، މަދަނީ ވައިގެ ބަނދަރުތަކުން ދަތުރުކުރާ ފަސިންޖަރުންނާއި ކުރޫންނާއި، އެމީހުން ގެންދާ ތަކެތި ބަލައި އޭވިއޭޝަން ސެކިއުރިޓީގޮތުން ފާސްކުރުން.

ފޯމު ހުށަހަޅަންވީ ތާރީޚު:

2016 މޭ 17 ވާ އަންގާރަ ދުވަހު 15:00 ގެ ކުރިން، ހުޅުލޭގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ހެޑްކުއޯޓާޒް (ސްޓާފް ކުއޯޓާޒް 2، 1 ވަނަ ފަންގިފިލާ) އަށެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ، ދިވެހި ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި އޮފީހުގެ   www.avsecom.gov.mv ގެ  ވެބްސައިޓުންނާއި،  ސިވިލް  ސަރވިސް  ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ)
  5. ހަދާފައިވާ ތަމްރީންތަކުގެ ލިޔުންތަކުގެ ކޮޕީ.
  6. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުން އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ ލިޔުމެއް.
  7. ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، ވަޒީފާ އަދާކުރި މުއްދަތު އެނގޭފަދަ ލިޔުމެއް.
  8. އެންމެ ފަހުން ތަޢުލީމް ހާސިލުކޮށްފައިވާ ސްކޫލުގެ ލީވިންގ ސެޓްފިކެޓް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ރީޖަނަލް އެއަރޕޯޓްތަކުގައި އޭވިއޭޝަން ސެކިއުރިޓީގެ މަސައްކަތްކުރެވޭނެ ފަރާތަކަށްވުން.
  • ޝިފްޓް ޑިއުޓީ އުޞޫލުން މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.
  • ޔުނިފޯމް އަޅައިގެން ދަންފަޅިތަކުގައި މަސައްކަތްކުރެވޭ ފަރާތަކަށްވުން.

 

 

 

އިންޓަވިއު ކުރުމާއި އިމްތިޙާން ކުރުން:

- މި މަޤާމުތަކަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުޠު ފުރިހަމަވާ މީހުން ޝޯޓް ލިސްޓް ކުރުމަށްފަހު (ޝޯޓް ލިސްޓް ކުރެވޭނީ ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު)، އެންމެ މަތީން މާކްސް ހޯދާ ފަރާތްތަކުގެ ތެރެއިން ކަނޑައެޅިފައިވާ އަދަދެއްގެ ފަރާތްތަކާއި އިންޓަވިއު ކުރެވޭނެއެވެ. އެގޮތުން ތިރީގައި އެވަނީ އިންޓަވިއު ކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލެވެ.

  • އަންހެން- އިންޓަވިއު ކުރެވޭނީ 9 ފަރާތާއެވެ.
  • ފިރިހެން- އިންޓަވިއު ކުރެވޭނީ 6 ފަރާތާއެވެ.

- މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށްޓަކައި އިންޓަވިއު ކުރުމަށްފަހު، އެންމެ މަތިން މާކްސް ހޯދާ ފަރާތްތަކަށް ޓްރޭނީއެއްގެ ވަޒީފާ ދެވޭނެއެވެ. އަދި 3 މަސްދުވަހުގެ ތެރޭގައި އޭވިއޭޝަން ސެކިޔުރިޓީ ބޭސިކް ކޯސް ފުރިހަމަކޮށް، ކޯހުން ފާސްވުމުން ސިވިލް ސާރވިސްގެ ދާއީމީ ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- ހޮވޭ ފަރާތްތަކާ އިންޓަވިއު ކުރުން އޮންނާނީ، 2016 މޭ 26 ވަނަ ދުވަހު އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ހެޑް ކުއޯޓާޒް (ސްޓާފް ކުއޯޓާޒް 2، 1 ވަނަ ފަންގިފިލާ) ގައެވެ. ވީމާ، މި މަޤާމަށް އެދޭ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3013435 ނަންބަރު ފޯނަށް ނުވަތަ 3013437 ނަންބަރު ފޯނަށެވެ.

28 ރަޖަބު 1437

05 މޭ 2016
ހޯދާ