މޯލްޑިވްސް އެނަރޖީ އޮތޯރިޓީ
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް، ރެގިއުލޭޓަރީ އެންފޯސްމަންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

ޑިރެކްޓަރ ޖެނެރަލް، ރެގިއުލޭޓަރީ އެންފޯސްމަންޓް

މަޤާމުގެ ރޭންކް:

އީ. އެކްސް. 5 (އެގްޒެކެޓިވް 5)

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ ޖެނެރަލް

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/13،890 ރުފިޔާ  

- ސަރވިސް އެލަވަންސް: -/2،000 ރުފިޔާ

- އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: 4,861/50 ރުފިޔާ

- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ.

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން:

ކ. މާލެ / މޯލްޑިވްސް އެނަރޖީ އޮތޯރިޓީ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠު:

1. އެނަރޖީ އިންޖިނިއަރިންގ، އެނަރޖީ އިކޮނޮމިކްސް ނުވަތަ އެނަރޖީއާ ގުޅުންހުރި މެނޭޖުމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. އެނަރޖީ އިންޖިނިއަރިންގ، އެނަރޖީ އިކޮނޮމިކްސް ނުވަތަ އެނަރޖީއާ ގުޅުންހުރި މެނޭޖުމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. އެނަރޖީ އިންޖިނިއަރިންގ، އެނަރޖީ އިކޮނޮމިކްސް ނުވަތަ އެނަރޖީއާ ގުޅުންހުރި މެނޭޖުމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އެނަރޖީ އޮތޯރިޓީގެ ތަސައްވުރަށް ވާސިލުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މުވައްޒަފުންނަށް މަގުދައްކައި، މިކަމަށް ކުރަންޖެހޭ މަސައްކަތްތައް ހިންގުން.
  2. ސަރުކާރުގެ ހަކަތައިގެ ސިޔާސަތާ އެއްގޮތްވާގޮތުގެމަތިން، ދެމެހެއްޓެނިވިގޮތެއްގައި ހަކަތަ އުފެއްދުމަށާއި އެތެރެކުރުމަށާއި ވިއްކުމަށާއި ބޭނުންކުރުމަށްޓަކައި ހަރުދަނާ އުޞޫލުތަކާއި، ގަވާއިދުތަކާއި މިންގަނޑުތައް ހަދައި ހިންގުމުގައި، މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ދަށުގައިވާ ޑިވިޜަންތަކަށް މަގުދައްކައި، އެ ޑިވިޜަންތަކުގެ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބަލުން.
  3. މޯލްޑިވްސް  އެނަރޖީ  އޮތޯރިޓީ  ތަރައްޤީކުރުމަށް  ކުރަންޖެހޭ  މަސައްކަތްތަކުގައި  ދަށުގައިވާ  ވެރީންނަށް  މަގުދައްކައި، އެހީތެރިވެ، މި މަސައްކަތްތައް ހިނގާ ނުގިނގާގޮތް ބަލަމުން ގެންދިއުން.
  4. ހަކަތައިގެ ދާއިރާގެ ރެގިއުލޭޓަރގެ ހައިސިއްޔަތުން، ސަރުކާރުގެ އެކިއެކި ފަރާތްތަކަށް ލަފަޔާއި މަޝްވަރާ ދިނުމާއި، ދާއިރާގެ އެކިއެކި ނިންމުންތައް ނިންމުމަށް އެހީތެރިވުން.
  5. މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތު އަދާކޮށް، ޖުމްލަގޮތެއްގައި މޯލްޑިވްސް އެނަރޖީ އޮތޯރިޓީ ހިނގާ ނުހިނގާގޮތް މޮނިޓަރކޮށް މަގުދެއްކުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

  1. ހަކަތައިގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
  2. ތަފާތު ގިންތިތަކުގެ (އިދާރީ ރޮނގު އެކި ރޮނގުރޮނގާއި ފަންނީ އެކި ރޮނގުރޮނގުގެ) މުވައްޒަފުންތަކެއް ގޮވައިގެން މަސައްކަތްކޮށް ތަޖުރިބާ ހާސިލުކޮށްފައި އޮތުމާއެކު، ޕްރޮފެޝަނަލް މުވައްޒަފުންނާއި ޓެކްނިކަލް މުވައްޒަފުންނާ ގުޅިގެން ލީޑަރޝިޕް ދައުރު އަދާކޮށް ނަތީޖާ ނެރެވިފައިވާ މިންވަރު.
  3. ހަކަތައިގެ ދާއިރާއާ ގުޅޭގޮތުން ތަފާތު އެކި ދިރާސާކޮށް، ހަކަތައިގެ ދާއިރާގެ ރެގިއުލޭޓަރގެ ހައިސިއްޔަތުން، ސަރުކާރުގެ އެކިއެކި ފަރާތްތަކަށް ލަފާއާއި މަޝްވަރާ ދިނުމާއި، ދާއިރާގެ އެކިއެކި ނިންމުންތައް ނިންމުގެ ޤާބިކުކަން ހުރި މިންވަރު.
  4. ޕަބްލިކް ރިލޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.
  5. ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދާއި މާލިއްޔަތާބެހޭ ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  1. ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމު (ވަޒީފާއަށް  އެދޭ  ފޯމު،  މި އޮތޯރިޓީގެ  ކައުންޓަރުން  ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ (މި ކޮޕީތަކަކީ، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލަށް ވާންޖެހޭނެއެވެ. އަދި އެޓެސްޓްކުރި ތާރީޚާއި އެޓެސްޓްކުރި ފަރާތުގެ މަޢުލޫމާތުވެސް ރަނގަޅަށް ބަޔާންކުރެވިފައި ހުންނަންވާނެއެވެ.)
  4.  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު އަދި އެޓެސްޓްކުރި ތާރީޚާއި އެޓެސްޓްކުރި ފަރާތުގެ މަޢުލޫމާތުވެސް ރަނގަޅަށް ބަޔާންކުރެވިފައި ހުންނަންވާނެއެވެ.)
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު އަދި އެޓެސްޓްކުރި ތާރީޚާއި އެޓެސްޓްކުރި ފަރާތުގެ މަޢުލޫމާތުވެސް ރަނގަޅަށް ބަޔާންކުރެވިފައި ހުންނަންވާނެއެވެ.)
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި:

2016 މޭ 19 ވަނަ ދުވަހުގެ 12:00 ގެ ކުރިން، މޯލްޑިވްސް އެނަރޖީ އޮތޯރިޓީއަށް.

އިންޓަވިއު:

އިންޓަވިއުއާއި،  ޕްރެޒެންޓޭޝަނާއި،  ޕްރެކްޓިކަލްސްއާއި،  އިމްތިޙާންކުރުން  22  މޭ  2016  އާއި 22 ޖޫން 2016 އާ ދޭތެރޭގައި މި މިއޮތޯރިޓީގައި އޮންނާނެއެވެ.

ނޯޓު:
  • މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
  • މި ވަޒީފާއަށް އެދޭ މި މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އޮފީސްތަކުގެ މުވައްޒަފުން އެޕްލިކޭޝަން ފޯމުގެ އިތުރުން  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް ހުށަހެޅުއްވުމުން ފުދޭނެއެވެ. ނަމަވެސް މި ލިޔުންތައް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަޞްލު ލިޔުންތަކަށް ވާންޖެހޭނެއެވެ. އަދި އެޓެސްޓްކުރި ތާރީޚާއި އެޓެސްޓްކުރި ފަރާތުގެ މަޢުލޫމާތުވެސް ރަނގަޅަށް ބަޔާންކުރެވިފައި ހުންނަންވާނެއެވެ.
އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި އޮތޯރިޓީގެ 3019100 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

28 ރަޖަބު 1437  

05 މޭ 2016
ހޯދާ