މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ އިސްތިހާރުކުމަށް ބޭނުންކުރާ ލޯގޯ ކުޑަތަކެއްގައި ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުން ބޭނުންވެއްޖެ

އިޢުލާން

މި ކޯޕަރޭޝަންގެ ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް މި ކޯޕަރޭޝަންގެ ޕްރޮމޯޝަނަލް ކުޑަތަކެއްގައި، ދިވެހިރާއްޖެ އިސްތިހާރުކުމަށް ބޭނުންކުރާ ލޯގޯ ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)MMPRC-HAS/1/2016/21 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2016 މޭ 10 ވާ އަންގާރަ ދުވަހު ހެނދުނު 11:00 އަށް މި ކޯޕަރޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 16 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

28 ރަޖަބު 1437

05 މޭ 2016
ހޯދާ