މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
ސެޓްފިކެޓް 4 އިން ސްމޯލް ބިޒްނަސް މެނޭޖްމަންޓް

އިޢުލާން

ތިރީގައި މިދަންނަވާ ދާއިރާތަކުން ކުރު މުއްދަތާއި ދިގު މުއްދަތުގެ ކޯސްތައް މޯލްޑިވްސް ޕޮލިޓެކްނިކުގައި 2016 ޖޫން 19 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ޖާގަ

މުއްދަތު

ކޯހުގެ ނަން

ގއ.ވިލިނގިލީ ކެމްޕަސް

30

12 މަސް

ސެޓްފިކެޓް 4 އިން ސްމޯލް ބިޒްނަސް މެނޭޖްމަންޓް

 

 

 

ސެޓްފިކެޓް ލެވެލް 4 ކޯސްތަކުގެ ޝަރުޠު

މައިގަނޑު ޝަރުޠު

ހ. ޖީ.ސީ.އީ އޯލެވެލް / އެސް.އެސް.ސީ އިމްތިޙާނުން 3 މާއްދާ އިން "ސީ" އިން މަތި ލިބިފައިވުން، ނުވަތަ އެމް.އެން.ކިއު.އެފް ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

އެހެނިހެން ޝަރުޠު

ހ. 16 އަހަރު ވެފައިވުމާއެކު އެމް.އެން.ކިއު.އެފް ލެވެލް 3 ގެ ފައުންޑޭޝަން ކޮލިފިކޭޝަނެއް ހާސިލުކޮށްފައިވުން. ނުވަތަ 18 އަހަރު ވެފައިވުމާއެކު ގްރޭޑް 7 ގެ ތަޢުލީމު ފުރިހަމަ ކުރުމާއެކު 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވީމާ، މި ކޯސްތަކުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު މޯލްޑިވްސް ޕޮލިޓެކްނިކުން އަދި މޯލްޑިވްސް ޕޮލިޓެކްނިކުގެ ކެމްޕަސްތަކުން ފޯމު ނެންގެވުން އެދެމެވެ. ނުވަތަ މި ތަނުގެ ވެބްސައިޓް www.polytechnic.edu.mv އިން އެޕްލިކޭޝަން ފޯމު ޑައުންލޯޑް ކުރެއްވުން އެދެމެވެ. އަދި 2016 މޭ 22 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޕޮލިޓެކްނިކަށް ނުވަތަ ޕޮލިޓެކްނިކުގެ ކެމްޕަސްތަކަށް ފޯމު ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުންވެސް އެދެމެވެ. ފޯމު ހުށަހަޅުއްވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ލިބިފައިވާ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯ ކޮޕީ ހުށަހެޅުމަށް އެދެމެވެ. އަދި ކޯހުގައި ޖާގަ އޮތްނަމަ ކޯސް ފެށުމުގެ ކުރިން ހުށަހަޅާ ފޯމުތައްވެސް ބަލައިގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ފޯނު ނަންބަރު 3305404،3305411.3305406 އަށް ނުވަތަ ގއ.ވިލިނގިލީ ކެމްޕަސްގެ ފޯނު ނަންބަރު 9500240 އަށް ގުޅުއްވުން އެދެމެވެ.

27 ރަޖަބު 1437 

04 މޭ 2016
ހޯދާ