ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އިންވެންޓް އޯގަނައިޒް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި އޮތޯރިޓީގެ ނަންބަރު (IUL)179-2.1/1/2016/12 އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ ބިޑްތަކުގެ އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލsކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

މި އޮތޯރިޓީއާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ APEC ފައިނޭންޝިއަލް ރެގިއުލޭޓަރސް ޓްރެއިނިންގ އިނިޝިއޭޓިވް ގުޅިގެން "APEC / FRTI ރީޖަނަލް ސެމިނަރ އޮން ކްރޮސް ބޯޑަރ އޮފަރިންގ އެންޑް އިންވެސްޓްމަންޓް ޕްރޮގްރާމް 2016"ގެ ނަމުގައި 5 ދުވަހުގެ މުއްދަތަށް ޓްރެއިނިންގ ޕްރޮގްރާމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ އޮކްޓޫބަރު މަހުގެ 16 ން 20 ގެ ނިޔަލަށެވެ.

މަތީގައި ދަންނަވާފައިވާ ޓްރެއިނިންގ ޕްރޮގްރާމް ބާއްވާނެ ހޯލާއި ބައިވެރިންގެ ފަރިއްކޮޅުގެ އިތުރުން ދަތުރުފަތުރުގެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މޭ 9 ވާ ހޯމަ ދުވަހުގެ 10:30އަށް މި އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 15 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މި އޮތޯރިޓީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އެގޮތުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދޭވޭނީ މަޢުލޫމާތު ސެޝަނަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.

27  ރަޖަބު  1437

04 މޭ 2016
ހޯދާ