މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
35 ވަނަ ޤައުމީ ބާސްކެޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
35 ވަނަ ޤައުމީ ބާސްކެޓްބޯޅަ މުބާރާތް 2016
( 2 ވަނަ ޑިވިޝަން )
މި އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން 1 ޖޫން 2016 ގައި ފެށުމަށް ހަމަޖެހިފައިވާ 35 ވަނަ ޤައުމީ ބާސްކެޓް ބޯޅަ މުބާރާތުގެ ފިރިހެން 2 ވަނަ ޑިވިޝަންގައި ބައިވެރިވުމަށް ބޭނުންވާ ކުލަބު ޖަމްޢިއްޔާތަކުން 2016 މޭ 18 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން މި އެސޯސިއޭޝަނަށް ލިޔުމަކުން އެންގެވުން އެދެމެވެ. އަދި ޓީމު ލިސްޓު 2016 މޭ 25 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި އެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.
މި މުބާރާތުގެ ގަވާއިދާއި، އިތުރު މަޢުލޫމާތު މި އެސޯސިއޭޝަނުންނާއި ފޭސްބުކް ގްރޫޕް (Maldives Basketball Association-MBA) އިން ލިބިވަޑައިގަންނަވާނެ ވާހަކަ ދެންނެވީމެވެ.
02 މޭ 2016
ހޯދާ