ޝަރަފުއްދީން ސްކޫލް
ދިވެހިރާއްޖެ
ބައެއް ތަކެތި ގަންނަން ބޭނުންވެއްޖެ

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

މި ސްކޫލަށް ބައެއް ތަކެތި ގަންނަން ބޭނުންވެގެން ކުރެވުނު ނަންބަރު: 12/2016/-B43GS (7 އެޕްރީލް 2016) އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް އަންދާސީހިސާބުތައް ލިބިފައިނުވާތީ އެ އަންދާސީހިސާބުތައް ބާޠިލުކޮށް އިތުރަށް ފުރުޞަތު ހުޅުވާލަމެވެ.

މި ސްކޫލަށް ތިރީގައި މިދަންނަވާ ތަކެތި ގަތުމަށް ބޭނުންވެއެވެ.

1- 03 ލެޕްޓޮޕް

2- 15 ލޯބެކް ޗެއަރ

ވީމާ، މި ތަކެތި ހޯއްދަވައިދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 10 ވާ އަންގާރަ ދުވަހުގެ 10:00 ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 15 ވާ އާދީއްތަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

26 ރަޖަބު 1437

03 މޭ 2016
ހޯދާ