ދިވެހިރާއްޖެ
އިޢުލާން
ފަރުނީޗަރ ގަތުމަށް ބޭނުންވެއްޖެ
އއ. ބޮޑުފޮޅުދޫ މަދަރުސާގެ 6 ކުލާސްރޫމު ހިމެނޭ ޢިމާރާތަށް ބޭނުންވާ ފަރުނީޗަރު ހޯދުމަށް ކުރި GS149/2016/11 ނަންބަރު އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވާ 3 ފަރާތުންކުރެ 2 ފަރާތުން ހުށަހަޅާފައިވާ މަޢުލޫމާތު ފުރިހަމަވެފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
އއ. ބޮޑުފޮޅުދޫ މަދަރުސާއަށް ތިރީގައި މިދަންނަވާ ތަކެތި ގަތުމަށް ބޭނުންވެއްޖެ.
6 ވައިޓް ބޯޑް 6 ނޯޓިސް ބޯޑް (ފެބްރިކް) 6 ޓީޗާރސް މޭޒު 150 ޕްލާސްޓިކު ގޮނޑި (އަތްގަނޑުނުލާ) |
6 ޕްލާސްޓިކު ގޮނޑި (އަތްގަނޑުލީ) 150 ސެކަންޑަރީ ޑެސްކު 6 ގަޑި (ފާރުގަ ބަހައްޓާ) 6 ޑަސްބިން |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް އއ. ބޮޑުފޮޅުދޫ މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން އ.އ ބޮޑުފޮޅުދޫ މަދަރުސާއަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
2016 މޭ 12 ވަނަ ދުވަހުގެ 13:00 އަށް |
2016 މޭ 19 ވަނަ ދުވަހުގެ 13:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660841, ނަންބަރު ފޯނާއެވެ.