ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިރަށުގެ 2 ކުނިކޮށި ސާފުކޮށް ބެލެހެއްޓުން:

މި ރަށުގެ 2 ސަރަޙައްދުގައި ހެދިފައިވާ ކުނިކޮށި ކޮންޓްރެކްޓް އުސޫލުން ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު: (IUL)253/253/2016/31 (18 ފެބުރުވަރީ 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިނުވާތީ އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ. މި މަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގޭ ވިޔަފާރިތަކަށާއި އިޖްތިމާޢީގޮތުން މަސައްކަތްކުރާ ކުލަބު ޖަމްޢިއްޔާ، ޖަމާޢަތްތަކަށާއި ކޮމެޓީތަކަށެވެ.

ވީމާ، ކޮންޓްރެކްޓް އުސޫލުން މި މަސައްކަތްކޮށްދިނުމަށް އެދޭފަރާތްތަކުން 2016 މޭ 22 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 24 ވާ އަންގާރަ ދުވަހުގެ 10:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް އެދި ހުށަހަޅާ އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަދި އަންދާސީހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ފޯމު ގަބޫލުނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް، ސިޓީއަކުން މި އިދާރާއަށް ހުށަހަޅަން ޖެހޭނެއެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500029 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

19 ރަޖަބު 1437

26 އޭޕްރިލް 2016
ހޯދާ