ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުމަށް

އިޢުލާން

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް:

މި އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކުރެވިފައިވާ ފަރާތާއި މި އިދާރާއާ ދެމެދު ވެވިފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާތީ، މީލާދީ ގޮތުން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް މި އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުމަށްޓަކައި ކުރެވުނު ނަންބަރު:(IUL)418/418/2016/23 (07 އެޕްރީލް 2016) އިޢުލާނާ ގުޅިގެން ބަލައިގަތް އަންދާސީހިސާބުތަކާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކޮށް ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، މީލާދީ ގޮތުން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް މި އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށްޓަކައި އަލުން އިޢުލާނު ކުރީމެވެ.

ވީމާ، މި އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.  

މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ބަލައިގަތުން ތިރީގައި މިދަންނަވާ ގަޑިތަކުގައި މި އިދާރާގައި އޮންނާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ސިޓީއުރައިގައި ބަންދުކޮށްފައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ކުރިން އެކަން ލިޔުމަކުން މި އިދާރާއަށް އެންގެވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "ސެކިއުރިޓީ ބެލެހެއްޓުމާ ބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

  • މަޢުލޫމާތު ސާފުކޮށްދިނުން: 2016 މޭ 10 ވާ އަންގާރަ ދުވަހުގެ 10:00 ގައި.
  • އަންދާސީހިސާބު ބަލައިގަތުން: 2016 މޭ 15 ވާ އާދީއްތަ ދުވަހުގެ 10:00 ގައި.

މިހެންވެ މިކަން އާނުމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

28 ރަޖަބު 1437

05 މޭ 2016
ހޯދާ