ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސް ލިމިޓެޑަކީ ރާއްޖޭގައި އިސްލާމިކް ފައިނޭންސް ތަރައްޤީކޮށް، ރާއްޖޭގެ އިސްލާމިކް ފައިނޭންސް އިންޑަސްޓްރީ ބޭރު ދުނިޔެއާ ގުޅުވައިދިނުމުގެ މަޤްޞަދުގައި އުފައްދާފައިވާ ސައްތައިންސައްތަ ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.
މި ކުންފުނީގެ ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުގެ އިސް ވެރިއެއްގެގޮތުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ، އޮފީސް ހިންގުމާއި، ހިއުމަން ރިސޯސަސްގެ ދާއިރާގެ ތަޖުރިބާހުރި، ތިރީގައިވާ ޝަރުޠުތައް ހަމަވާ ފަރާތެއް ބޭނުންވެއެވެ.
މަޤާމުގެ މަސްއޫލިއްޔަތުތައް:
- އިދާރިގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުން.
- ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަނާ ގުޅޭ ގަވާއިދުތަކާއި ސިޔާސަތުތައް ހަދައި، އެކަންކަން ތަންފީޒުކުރުން.
- މުވައްޒަފުންގެ މުސާރަޔާއި ޢިނާޔަތުގެ އޮނިގަނޑު ޤާއިމުކުރުމާއި ހިންގައި ބެލެހެއްޓުން.
- ކުންފުނީގެ މަސައްކަތްތައް ހިގަމުންދަނީ ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްތޯ ބަލައި، އިޞްލާޙުކުރަންހުރި ކަންތައްތަކާ ބެހޭގޮތުން މެނޭޖްމަންޓަށް ލަފާދިނުން.
- ކުންފުނިން ހުސްވާ މަޤާމުތަކަށް މުވައްޒަފުން ވެއްދުމުގެ އެންމެހައި ކަމެއް ކުރުން.
- މުވައްޒަފުންގެ ހާޒިރީ ރިޕޯޓް ތައްޔާރުކުރުމާއި، މުވައްޒަފުންގެ މަޢުލޫމާތު ރައްކާތެރިކަމާއެކު ބެލެހެއްޓުން.
ތަޖުރިބާއާއި ހުނަރު:
- ބޮޑު، ވިޔަފާރި ކުންފުންޏެއްގައި މަދުވެގެން 5 އަހަރުދުވަހު، ހިއުމަން ރިސޯސަސްގެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
- މުވައްޒަފުންނާ ގުޅޭ ގަވާއިދުތަކާއި، ސިޔާސަތުތައް ހެދުމާއި، ސްޓާފް އެޕްރައިސަލް ސިސްޓަމް ތައްޔާރުކޮށް ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.
- އޮފީސް މާޙައުލުގައި ބޭނުންކުރާ ކޮމްޕިއުޓަރ އެޕްލިކޭޝަންތައް ބޭނުންކުރުމުގެ ހުނަރު ލިބިފައިވުން.
ތަޢުލީމީ ފެންވަރު:
ހިއުމަން ރިސޯސަސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.
ސުންގަޑި:
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 މޭ 11 ވަނަ ދުވަހުގެ 15:00 ގެ ކުރިން [email protected] އަށް ސީވީ ފޮނުވުން އެދެމެވެ.
28 ރަޖަބު 1437