|
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
|
|
މަޤާމް:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
|
މަޤާމުގެ ރޭންކް:
|
ޖީ. އެސް. 4
|
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް 2
|
|
މަޤާމުގެ ނަންބަރު:
|
J-235769
|
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
|
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން، އޮފީސް، ރަށް:
|
ޕަރމަނަންޓް ސެކްރެޓަރީ ބިއުރޯ ޔުނިޓް/ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ
|
|
މުސާރައާއި ޢިނާޔަތްތައް:
|
- މުސާރަ: މަހަކު -/5020 ރުފިޔާ
- ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ
- ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ.
|
|
މަޤާމުގެ ޝަރުޠު:
|
1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛
3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- ޕަރމަނަންޓް ސެކްރެޓަރީގެ ޔުނިޓަށް އަންނަ ލިޔެކިއުންތައް، ދުވަހުން ދުވަހަށް، ޕަރމަނަންޓް ސެކްރެޓަރީއާ ހަވާލުކުރުން.
- ޕަރމަނަންޓް ސެކްރެޓަރީއާ ބައްދަލުކުރައްވަން ވަޑައިގަންނަވާ ބޭފުޅުންގެ އެޕޮއިންޓްމަންޓުތައް ނޯޓްކޮށް، އެދުވަހެއްގެ ޝެޑިއުލާއެކު، ކުރިއަށް އޮތް 2 ދުވަހުގެ އެޕޮއިންޓްމަންޓް ޝެޑިއުލް، ޕަރމަނަންޓް ސެކްރެޓަރީއަށް ހުށަހެޅުމާއި، އެޕޮއިންޓްމަންޓަށް ވަޑައިގަންނަވާ ބޭފުޅުންގެ މަޢުލޫމާތު، ކައުންޓަރުގައި ތިބޭ މުވައްޒަފުންނަށް ދިނުމާއެކު، އެބޭފުޅުން ރިސީވްކުރުމާއި، ކޮންމެ ދުވަހަކުވެސް ޕަރމަނަންޓް ސެކްރެޓަރީގެ ދުވަހު ޝެޑިއުލް އަޕްޑޭޓްކޮށް، ޖެހިގެން އަންނަ ދުވަހުގެ އެޕޮއިންޓްމަންޓްތައް ފެންނާނެހެން ބެހެއްޓުމާއި، ޕަރމަނަންޓް ސެކްރެޓަރީގެ ހަފްތާގެ ޝެޑިއުލް ތައްޔާރުކޮށް، ޖެހިގެން އަންނަ ހަފްތާގެ ފުރަތަމަ ދުވަހު ޕަރމަނަންޓް ސެކްރެޓަރީގެ އަތްޕުޅަށް އެރުވުމާއި، ޝެޑިއުލްގައިވާ ކަންކަން ކުރިއަށްދިޔަތޯ ބެލުން.
- ޕަރމަނަންޓް ސެކްރެޓަރީގެ ޔުނިޓުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ، ކަމާބެހޭ ސެކްޝަނާ ހަވާލުކުރުން.
- ޕަރމަނަންޓް ސެކްރެޓަރީ ބައިވެރިވެވަޑައިގަންނަވާ، އޮފީހުގައި ބާއްވާ މީޓިންގތަކާއި، އޮފީހުން ބޭރުގައި ޕަރމަނަންޓް ސެކްރެޓަރީ ބައިވެރިވެވަޑައިގަންނަވާ ޖަލްސާތަކާބެހޭ މަޢުލޫމާތުތައް، ލަސްވެގެން އެ ބައްދަލުވުމެއް ފެށުމުގެ 1 ގަޑިއިރުގެ ކުރިން ޕަރމަނަންޓް ސެކްރެޓަރީއަށް ދަންނަވައި، ހަނދުމަފުޅުކޮށް އެރުވުމާއި، އޮފީހުގައި ބާއްވާ މިފަދަ މީޓިންގތަކަށް ވަނުމާއި، ޔައުމިއްޔާ ލިޔެ ފައިލްކޮށް ބެލެހެއްޓުމާއެކު، އެޑްމިން ސެކްޝަނަށް ކޮޕީ ހަވާލުކުރުން.
- ޕަރމަނަންޓް ސެކްރެޓަރީގެ ޔުނިޓަށް އަންނަ ފޯނު ކޯލްތަކަށް ޖަވާބުދިނުމާއެކު، އެ މަޢުލޫމާތު ޕަރމަނަންޓް ސެކްރެޓަރީއަށް އެރުވުން.
- ޕަރމަނަންޓް ސެކްރެޓަރީ ބައިވެރިވެވަޑައިގަންނަވާ ދަތުރުފުޅުތަކުގެ އެންމެހައި އިންތިޒާމް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖެއްސުމާއި، ޕަރމަނަންޓް ސެކްރެޓަރީ ބައިވެރިވެވަޑައިގަންނަވާ ރަސްމީ ދަތުރުފުޅުތަކުގައި، އަތްމަތީގައި ގެންގުޅުއްވާ ބައެއް ލިޔުންތައް އެކުލެވޭ ދަތުރު ފައިލް ތައްޔާރުކޮށްފައި ފުރާވަޑައިގަތުމުގެ ކުރިން ހަވާލުކުރުމާއި، ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމުގެ އިންތިޒާމް ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެއްސުން.
- ޕަރމަނަންޓް ސެކްރެޓަރީ ބައިވެރިވެވަޑައިގަންނަވާ ރަސްމީ ދަތުރުފުޅުތަކުގެ ރިޕޯޓް، ދަތުރުފުޅު ނިންމަވާފައި ވަޑައިގަތުމުން، އިންސިޑެންޓަލް ޚަރަދުގެ ތަފްޞީލް ހިމެނޭގޮތަށް ތައްޔާރުކޮށްފައި ސުޕަވައިޒަރާ ހަވާލުކުރުމާއެކު ފައިލްކޮށް ބެލެހެއްޓުން.
- މިނިސްޓްރީގެ އެކިސެކްޝަންތަކުން ޕަރމަނަންޓް ސެކްރެޓަރީ އަރިހަށް ސޮއިކުރުމަށް ގެންދެވޭ ލިޔުންތައް ދުވަހުން ދުވަހަށް ސޮއިކުރުވުމާއެކު، ކަމާބެހޭ ސެކްޝަންތަކަށް ލަސްނުކޮށް ހަވާލުކުރުން.
- ޕަރމަނަންޓް ސެކްރެޓަރީ ބޭނުންކުރައްވާ އެންމެހައި ލިޔުންތައް ފައިލްކުރުމަށް ފައިލްތައްޔާރުކޮށް، ޕަރމަނަންޓް ސެކްރެޓަރީގެ ލަފާފުޅުގެދަށުން ފައިލްކޮށް ބެލެހެއްޓުމާއި، ޕަރމަނަންޓް ސެކްރެޓަރީގެ ޔުނިޓުގައި ގެންގުޅޭ ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
- އޮފީހުން ރާވައި ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވުމާއެކު، އޮފީހުގެ ޕަރމަނަންޓް ސެކްރެޓަރީގެ ޔުނިޓުގެ މަސައްކަތާ ގުޅިގެން ޕަރމަނަންޓް ސެކްރެޓަރީ ހަވާލުކުރައްވާ މަސައްކަތްތައް ކުރުން.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:
- ތަޢުލީމާއި ތަމްރީން.
- މަސައްކަތުގެ ތަޖުރިބާ.
- އިންޓަވިއު.
- ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިފައިވާ މިންވަރު.
- ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން.
|
|
ތަކެތި ހުށަހަޅަންޖެހޭ ތާރީޚު:
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގެ ކައުންޓަރަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މޭ 19 ވާ ބުރާސްފަތި ދުވަހުގެ 12:00 އެވެ.
|
|
އިންޓަވިއު ކުރުން:
- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2016 މޭ – ޖޫންމަހުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (މާލެ) ގައެވެ.
- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
|
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
|
|
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންނަމަ، މި މިނިސްޓްރީގެ 3004340 ނަންބަރު ފޯނަށް ނުވަތަ 3004343 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|
|
28 ރަޖަބު 1437
|