ދިވެހިރާއްޖެ
33 ވަނަ އަހަރީ އާންމު ޖަލްސާގެ ނޯޓިސް
ޖަލްސާގެ ދަޢުވަތު
ބޭންކު އޮފް މޯލްޑިވްސް ޕލކގެ 33 ވަނަ އަހަރީ އާންމު ޖަލްސާއަށް ކުންފުނީގެ އެންމެހައި ހިއްސާދާރުންނަށް ދަޢުވަތު އަރުވަމެވެ. ހިއްސާދާރުންގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 2016 މޭ 28 ވާ ހޮނިހިރު ދުވަހުގެ ރޭ 20:00 ގައި ކުރުނބާ މޯލްޑިވްސްގެ ޖަލްސާކުރާ މާލަމުގައެވެ.
ޖަލްސާއަށް ރަޖިސްޓަރީކުރުން
ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓަރީކުރުން އޮންނާނީ 2016 މޭ 28 ވާ ހޮނިހިރު ދުވަހުގެ ރޭ 19:15 ން 19:50 ކުރުނބާ މޯލްޑިވްސްގެ ޖަލްސާކުރާ މާލަމުގައެވެ. ޖަލްސާއަށް ވަޑައިގަންނަވާ ބޭފުޅުން އެ ބޭފުޅެއްގެ ޕާސްޕޯޓް، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޑްރައިވިންގ ލައިސަންސް ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.
ޖަލްސާގައި ބައިވެރިވުމަށް ބޭނުންފުޅުވެވަޑައިގަންނަވާ ހިއްސާދާރުން އަދި ޕްރޮކްސީ ހޯލްޑަރުން ކުރުނބާ މޯލްޑިވްސްއަށް ފުރުމަށް ހަމަޖެހިފައިވާ ގަޑިތައް ތިރީގައި އެވަނީއެވެ.
ތާރީޚު: 28 މޭ 2016 (ހޮނިހިރު)
ތަން: ޖެޓީ ނަންބަރު 06 (ބޭންކު އޮފް މޯލްޑިވްސް ހެޑް އޮފީސް ކުރިމަތި)
ފުރަތަމަ ފެރީ: 19:15 ދެވަނަ ފެރީ: 19:30
އަދި މަތީގައި ބަޔާންކުރެވިފައިވާ ރަޖިސްޓަރީކުރުމަށް ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް ޖަލްސާގައި ބައިވެރިވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދަންނަވަމެވެ.
ޖަލްސާގެ އެޖެންޑާ
1. |
ކީރިތި ޤުރްޢާނުގެ ބަރަކާތުން ޖަލްސާ ފެށުން. |
2. |
32 ވަނަ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން. |
3. |
31 ޑިސެންބަރު 2015 ގައި ނިމުނު އަހަރުގެ ބެލެންސް ޝީޓާއި ޢާމްދަނީގެ ބަޔާން ފާސްކުރުން. |
4. |
ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުން. |
5. |
ޑިރެކްޓަރުންގެ ބޯޑުން ހިއްސާދާރުންނަށް ބެހުމަށް ހުށަހަޅާ ފައިދާ ފާސްކުރުން. |
6. |
2016 ވަނަ އަހަރަށް އައްޔަންކުރާ އޮޑިޓަރުން ހޮވާ، އުޖޫރަ ކަނޑައެޅުން. |
7. |
ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އިންތިޚާބުކުރުން. |
8. |
ހިއްސާދާރުންގެ ޚިޔާލުފާޅުކުރުން. |
9. |
ޖަލްސާ ނިންމުން. |
- ޖަލްސާގެ އެޖެންޑާ އައިޓަމްތަކުގެ ތަފުސީލީ މަޢުލޫމާތު މި ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv ން ލިބިވަޑައިގަންނަވާނެއެވެ.
- މި ޖަލްސާގެ އެޖެންޑާގައި ހިމެނިފައިވާ އައިޓަމުތަކުގެ އިތުރުން އެހެން އެއްވެސް އައިޓަމެއް ފާސްކުރުމަށް ހުށަހެޅިފައިނުވާ ވާހަކަ އެންމެހައި ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ޖަލްސާގައި ބައިވެރިވެވޭނެ ފަރާތްތައް
މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ، 2016 މޭ 19 ގެ ނިޔަލަށް މި ބޭންކުގެ ހިއްސާދާރުންގެ ދަފުތަރުގައި ރަޖިސްޓަރީކުރެވިފައިވާ ހިއްސާދާރުންނަށެވެ.
ޕްރޮކްސީ ހުށަހެޅުން
ހިއްސާދާރެއްގެ ބަދަލުގައި މި ޖަލްސާއަށް ހާޒިރުވެ، ވޯޓުދިނުމަށް އެހެން ފަރާތެއް ފޮނުއްވަވާނަމަ އެކަމަށް ބޭނުންވާ ޕްރޮކްސީ ފޯމު ފުރުއްވުމަށްފަހު، 26 މޭ 2016 ގެ 16:00 ކުރިން މި ބޭންކުގެ ހެޑްއޮފީހުގެ 06 ވަނަ ފަންގިފިލާގައި ހުންނަ ކޯޕަރޭޓް އެފެއާޒް ޔުނިޓަށް ހުށަހެޅުއްވުން އެދެމެވެ. އަދި ބޭންކުގެ ހިއްސާދާރުންގެ ގޮތުގައި، ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކުން މި ޖަލްސާއަށް މީހަކު ފޮނުއްވަވާނަމަ އެ ފޮނުއްވާ ފަރާތަކީ މި ޖަލްސާއަށް އެމީހަކު ހާޒިރުވާ، ކުންފުނި ތަމުސީލުކުރުމަށް އެ ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ޤަރާރަކުން ހުއްދަދެވިފައިވާ ފަރާތެއްކަމުގައި ވާންވާނެއެވެ.
މި ފޯމު ލިބިވަޑައިގަންނަވާނީ ބޭންކުގެ ހެޑް އޮފީހުގެ 6 ވަނަ ފަންގިފިލާގައި ހުންނަ ކޯޕަރޭޓް އެފެއާޒް ޔުނިޓުންނާއި ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv ންނެވެ. މި ފޯމާއެކު، ހިއްސާދާރުގެ އަދި ޕްރޮކްސީ ހަވާލުކުރެވޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު، ޑްރައިވިން ލައިސެންސް ނުވަތަ ޕާސްޕޯޓްގެ ސާފުކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.
ޕްރޮކްސީ ބާޠިލުކުރައްވަން ބޭނުންފުޅުވާ ހިއްސާދާރުން ޖަލްސާ ފެށުމުގެ 60 މިނެޓުކުރިން ސެކްރެޓޭރިއޭޓަށް ނުވަތަ ޖަލްސާގެ ރިޔާސަތަށް މިކަން ލިޔުމަކުން އަންގަވަން ވާނެއެވެ.
2015 ވަނަ އަހަރު ބޭއްވުނު ކުންފުނީގެ 32 ވަނަ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ
27 މޭ 2015 ގައި ބޭއްވުނު ކުންފުނީގެ 32 ވަނަ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާއަށް އިޞްލާޙު ހުށަހެޅުމުގެ ފުރުޞަތު 2016 އޮގަސްޓު 23 އިން ފެށިގެން 2016 ސެޕްޓެންބަރު 30 ވަނަ ދުވަހުގެ 14:30 ގެ ނިޔަލަށް ހުޅުވާލެވުނެވެ. ނަމަވެސް އެއްވެސް ފަރާތަކުން އިޞްލާޙެއް ހުށަހަޅާފައިނުވާ ވާހަކަ އެންމެހައި ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓު
ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ޤާނޫނު، ދިވެހިރާއްޖޭގެ ބޭންކިންގއާ ބެހޭ ޤާނޫނު، ކުންފުނީގެ ހިންގާ ގަވާއިދު، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ލިސްޓިންގ ރޫލްސް، ކޯޕަރޭޓް ގަވަރނަންސް ކޯޑު އަދި ކޮންޓިނިއުއިން ޑިސްކްލޯޝަރ އޮބްލިގޭޝަންސް އޮފް އިޝުއާރޒް ރެގިއުލޭޝަންސްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، މި ބޭންކުގެ 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ތައްޔާރުކޮށް އަހަރީ ރިޕޯޓު ވާނީ، 2016 އެޕްރީލް 25 ވީ ހޯމަ ދުވަހު މި ކުންފުނީގެ ވެބްސައިޓުގައި ޝާއިޢުކުރެވިފައެވެ. އަދި ބޭންކުގެ މާލީ ހިސާބުތައް ވަނީ ހިއްސާދާރުންގެ މައުލޫމާތަށްޓަކައި ގެޒެޓްގައި ޝާއިޢުކުރެވިފައެވެ.
ޑިރެކްޓަރުންގެ ބޯޑުން ހިއްސާދާރުންނަށް ބެހުމަށް ހުށަހަޅާ ފައިދާ
ބޭންކުގެ 2015 ވަނަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ބަހަން ހުށަހަޅާ ފައިދާގެ ގޮތުގައި ފާސްކޮށްފައިވަނީ ހިއްސާއަކަށް -/17 (ސަތާރަ) ރުފިޔާއެވެ. ހިއްސާގެ ފައިދާ ބެހުމަށް ހަމަޖެހިފައިވަނީ، ހިއްސާދާރުންގެ އަހަރީ އާންމު ޖަލްސާއިން ފާސްކުރުމަށްފަހު، 19 މޭ 2016 ގެ ނިއަލަށް ބޭންކުގެ ހިއްސާދާރުންގެ ދަފުތަރުގައި ރަޖިސްޓަރީ ވެފައިވާ ހިއްސާދާރުންނަށެވެ.
2016 ވަނަ އަހަރު ކުންފުނީގެ އޮޑިޓުހެދުމަށް ކުރިމަތިލައްވާފައިވާ އޮޑިޓަރުންގެ މަޢުލޫމާތު
2016 ވަނަ އަހަރު ކުންފުނި އޮޑިޓުކުރުމަށް ހުޅުވާލި ފުރުޞަތުގައި 03 އޮޑިޓް ފާރމަކުން ވަނީ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. މި ފަރާތްތަކުގެ ތަފުސީލު ތިރީގައި މިވަނީއެވެ.
ހުށަހެޅުއްވި ފަރާތް |
ހުށަހެޅި އަދަދު (ޔޫއެސް ޑޮލަރު) |
ކޭޕީއެމްޖީ |
101,230 |
އަރންސްޓް އެންޑް ޔަންގް (2015 ވަނަ އަހަރު ބޭންކު އޯޑިޓުކޮށްފައިވާ ފަރާތް) |
89,173 |
ޕްރައިސް ވޯޓަރހައުސް ކޫޕާސް |
95,400 |
ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އިންތިޚާބުކުރުން
2016-2017 ވަނަ އަހަރަށް ސަރުކާރުގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަންކުރުމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ މަޢުލޫމާތު ތިރީގައި މިވަނީއެވެ.
އަލްފާޟިލާ ފަރީހާ ޝަރީފް، ދާއިމީ އެޑްރެސް: ހ. ޔެލޯރޯޒް، މާލެ، ބީ.އެމް.އެލްގައިވާ ހިއްސާގެ އަދަދު: 20 ހިއްސާ |
||
މިހާރު ވަޒީފާ އަދާކުރައްވާ ތަނާއި ވަޒީފާ |
މަސައްކަތުގެ ތަޖުރިބާ |
ތަޢުލީމާއި ތަމްރީނު |
- ސީނިއަރ ޕާޓްނަރ، އެފް.ޖޭ.އެސް އެސޯސިއޭޓްސް އެލް.އެލް.ޕީ - ޑިރެކްޓަރ، އެފް.ޖޭ.އެސް ކޮންސަލްޓިންގ ޕްރައިވެޓް ލިމިޓެޑް - އިންޑިޕެންޑެންޓް ކޮންސަލްޓަންޓް، އެޑަމް ސްމިތް އިންޓަނޭޝަނަލް - ބޯޑް ޑިރެކްޓަރ (ބީ.އެމް.އެލް ގެ ޑިރެކްޓަރުންގެ ބޯޑުގެ ޑިރެކްޓަރކަމުގެ މަޤާމު 2014 ން 2015 އަށް) |
- ފައުންޑަރ، އެފް.ޖޭ.އެސް އެސޯސިއޭޓްސް އެލް.އެލް.ޕީ - މެނޭޖިންގ ޕާޓްނަރ، އެފް.ޖޭ.އެސް އެސޯސިއޭޓްސް - ބޯޑް ޑިރެކްޓަރ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
|
- މާސްޓަރސް އިން މެނޭޖްމަންޓް ސްޓަޑީސް، ޔުނިވަރސިޓީ އޮފް ވައިކަޓޯ، ނިއުޒިލޭންޑް - ސަރޓިފައިޑް ޕަބްލިކް އެކައުންޓެންޓްސް (ސީޕީއޭ، ޔޫކޭ) - އެސޯސިއޭޝަން އޮފް ޗަރޓަރޑް ސަރޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ، ޔޫކޭ) |
މރ. އެންޑްރޫ ހީލީ، (މެނޭޖިންގ ޑިރެކްޓަރ އަދި ސީ.އީ.އޯ)، ބޭންކް އޮފް މޯލްޑިވްސް |
||
މިހާރު ވަޒީފާ އަދާކުރައްވާ ތަނާއި ވަޒީފާ |
މަސައްކަތުގެ ތަޖުރިބާ |
ތަޢުލީމާއި ތަމްރީނު |
- ޗީފް އެގްޒެކެޓިވް އޮފިސަރ، ބޭންކް އޮފް މޯލްޑިވްސް - މެނޭޖިންގ ޑިރެކްޓަރ (ބީ.އެމް.އެލް ގެ ޑިރެކްޓަރުންގެ ބޯޑުގެ ޑިރެކްޓަރކަމުގެ މަޤާމު 2014 ން 2015 އަށް)
|
- ބޯޑު ޑިރެކްޓަރ، އޭޝިއަން ބޭންކިންގ އެސޯސިއޭޝަން - މެނޭޖިންގް ޑިރެކްޓރ، އެގްޒެމްޕްލަރ ގްރޫޕް - ސީ.އީ.އޯ އަދި ކަންޓްރީ މެނޭޖަރ، ޑަންސްކޭ ބޭންކް
|
- މާސްޓަރސް ޑިގްރީ އިން ބިޒްނަސް، ޔުނިވަރސިޓީ ކޮލެޖް ކޯރކް، އަޔަލޭން - ބެޗްލަރ އޮފް ސައިންސް ޑިގްރީ އިން ފައިނޭންޝިއަލް ސަރވިސަސް ، ޔުނިވަރސިޓީ ކޮލެޖް ޑަބްލިންގ، އަޔަލޭންޑް - ޗަރޓެޑް މެންބަރ، އިންސްޓިޓިއުޓް އޮފް ޕަރސަނެލް އެންޑް ޑިވެލޮޕްމެންޓް، އިނގިރޭސިވިލާތް |
އަލްފާޟިލް މުޙައްމަދު ޝަރީފް، ދާއިމީ އެޑްރެސް: މ. އިފާއު، މާލެ |
||
މިހާރު ވަޒީފާ އަދާކުރައްވާ ތަނާއި ވަޒީފާ |
މަސައްކަތުގެ ތަޖުރިބާ |
ތަޢުލީމާއި ތަމްރީނު |
- ރީޓެއިލް ބޭންކިންގ ޑިރެކްޓަރ، ބޭންކް އޮފް މޯލްޑިވްސް - ބޯޑް ޑިރެކްޓަރ (ބީ.އެމް.އެލް ގެ ޑިރެކްޓަރުންގެ ބޯޑުގެ ޑިރެކްޓަރކަމުގެ މަޤާމު 2014 ން 2015 އަށް)
|
- ރީޓެއިލް ބޭންކިންގ ޑިރެކްޓަރ، ބޭންކް އޮފް މޯލްޑިވްސް - އޮޕަރޭޝަންސް ޑިރެކްޓަރ އަދި ޗީފް އޮޕަރޭޓިންގ އޮފިސަރ، ބޭންކް އޮފް މޯލްޑިވްސް - ކާޑު ސެންޓަރުގެ އިސްވެރިޔާގެ މަޤާމް، ބޭންކް އޮފް މޯލްޑިވްސް |
- މާސްޓަރސް އޮފް ބިޒްނެސް އެޑްމިނިސްޓްރޭޝަން - ފައިނޭންސް، ޔުނިވަރސިޓީ އޮފް މެންޗެސްޓަރ، އިނގިރޭސިވިލާތް
|
އަލްފާޟިލް މުރުތަޟާ މުޙައްމަދުދީދީ، ދާއިމީ އެޑްރެސް: މއ. އަޅިވިލާ، މާލެ، ބީ.އެމް.އެލްގައިވާ ހިއްސާގެ އަދަދު:50 ހިއްސާ |
||
މިހާރު ވަޒީފާ އަދާކުރައްވާ ތަނާއި ވަޒީފާ |
މަސައްކަތުގެ ތަޖުރިބާ |
ތަޢުލީމާއި ތަމްރީނު |
- ޕާޓްނަރ އަދި މެނޭޖިންގ ޑިރެކްޓަރ ، ކޯނަސް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް - ބޯޑު ޑިރެކްޓަރ (ބީ.އެމް.އެލް ގެ ޑިރެކްޓަރުންގެ ބޯޑުގެ ޑިރެކްޓަރުކަމުގެ މަޤާމު 2014 ން 2015 އަށް)
|
- ޑިރެކްޓަރ ޖެނެރަލް، ސިވިލް ސަރވިސް ކޮމިޝަން - އެސިސްޓެންޓް ކޮންޓްރޯލާރ، ސިވިލް އޭވިއޭޝަން އޮތޯރިޓީ، ޑިޕާޓްމަންޓް އޮފް ސިވިލް އޭވިއޭޝަން އާއި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން - ޑިރެކްޓަރ، ނެޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް ސެންޓަރ - ބޭންކިންގ އޮފިސަރ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ |
- މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، އެޑިތް ކޮވަން ޔުނިވަރސިޓީ، ވެސްޓަރން އޮސްޓްރޭލިއާ
|
އަލްފާޟިލް މުޙައްމަދު ލުވޭޒް، ދާއިމީ އެޑްރެސް: މއ. ދިލާސާގެ، މާލެ |
||
މިހާރު ވަޒީފާ އަދާކުރައްވާ ތަނާއި ވަޒީފާ |
މަސައްކަތުގެ ތަޖުރިބާ |
ތަޢުލީމާއި ތަމްރީނު |
- މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ރިލޭޝަންސް، ރައީސް އޮފީސް - ބޯޑު ޑިރެކްޓަރ (ބީ.އެމް.އެލް ގެ ޑިރެކްޓަރުންގެ ބޯޑުގެ ޑިރެކްޓަރކަމުގެ މަޤާމު 2014 ން 2015 އަށް)
|
- ކޯޕަރޭޓް ސެކްރެޓޭރިއެޓްގެ ޑިރެކްޓަރ، ރައީސް އޮފީސް - އެޑްވައިޒަރ އޮން އިންވެސްޓްމެންޓްސް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ - އިކޮނޮމިކް އެފެއާރޒް ޑިރެކްޓަރ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް |
- ބެޗްލަރ އޮފް ކޮމާރސް ޑިގްރީ، ޔުނިވަރސިޓީ އޮފް ސައުތު އޮސްޓްރޭލިއާ - ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން އެޑިޔުކޭޝަން، ޔުނިވަރސިޓީ އޮފް އެޑެލޭޑް، އޮސްޓްރޭލިއާ - މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، ވިކްޓޯރިއާ ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީ، އޮސްޓްރޭލިއާ |
އަލްފާޟިލް ޢަބްދުލްހާރިޘް، ދާއިމީ އެޑްރެސް: ގ. އެކްރާ، މާލެ |
||
މިހާރު ވަޒީފާ އަދާކުރައްވާ ތަނާއި ވަޒީފާ |
މަސައްކަތު ތަޖުރިބާ |
ތަޢުލީމާއި ތަމްރީނު |
- މެނޭޖިންގ ޑިރެކްޓަރ، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް - ބޯޑު ޑިރެކްޓަރ (ބީ.އެމް.އެލް ގެ ޑިރެކްޓަރުންގެ ބޯޑުގެ ޑިރެކްޓަރކަމުގެ މަޤާމު 2014 އިން 2015 އަށް) |
- މެނޭޖިންގ ޑައިރެކްޓަރ ، އައިލެންޑް އޭވިއޭޝަން ސާރވިސަސް ލިމިޓެޑް - ޑިރެކްޓަރ އޮފް ފައިނޭންސް އެންޑް އެކައުންޓްސް، އައިލޭންޑް އޭވިއޭޝަން |
- އޮނާރސް ޑިގްރީ އިން އެކައުންޓިންގ އެންޑް މެނޭޖްމަންޓް ސިސްޓަމްސް، ތޭމްސް ވެލީ ޔުނިވަރސިޓީ، އިނގިރޭސިވިލާތް - މެންބަރ އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް އެކައުންޓިންގ ޓެކްނީޝަން |
އަލްފާޟިލް މުޙައްމަދު ޢުމަރު، ދާއިމީ އެޑްރެސް: ތުޑީގެ، ފ. ނިލަންދޫ |
||
މިހާރު ވަޒީފާ އަދާކުރައްވާ ތަނާއި ވަޒީފާ |
މަސައްކަތުގެ ތަޖުރިބާ |
ތަޢުލީމާއި ތަމްރީނު |
- ހެޑް އޮފް ފައިނޭންސް، ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާ - ބޯޑް ޑިރެކްޓަރ (ބީ.އެމް.އެލް ގެ ޑިރެކްޓަރުންގެ ބޯޑުގެ ޑިރެކްޓަރކަމުގެ މަޤާމު 2014 އިން 2015 އަށް) |
- ޗީފް އެކައުންޓެންޓް، ވިލާ ހަކަތަ ޕްރައިވެޓް ލިމިޓެޑް
|
- ސީ.އައި.އެމް.އޭ (ސީމާ) ކޮލިފައިޑް ޗަރޓެޑް އެކައުންޓެންޓް
|
އަލްފާޟިލާ އައިޝަތު އަރްޝާ، ދާއިމީ އެޑްރެސް: މ. ނަރުގިސްމާގެއާގެ، މާލެ |
||
މިހާރު ވަޒީފާ އަދާކުރައްވާ ތަނާއި ވަޒީފާ |
މަސައްކަތުގެ ތަޖުރިބާ |
ތަޢުލީމާ ތަމުރީނު |
- ބިޒްނަސް ޑިރެކްޓަރ، މޯލްޑިވްސް ބޯޓް ކްލަބް ޕްރައިވެޓް ލިމިޓެޑް - ބޯޑް ޑިރެކްޓަރ (ބީ.އެމް.އެލް ގެ ޑިރެކްޓަރުންގެ ބޯޑުގެ ޑިރެކްޓަރކަމުގެ މަޤާމު 2014 އިން 2015 އަށް) |
- ރިލޭޝަންޝިޕް މެނޭޖަރ، ވެސްޕެކް ބޭންކިންގ ކޯޕަރޭޝަން، އޮސްޓްރޭލިއާ - ހެޑް އޮފް ރިސްކް އެންޑް ރީ- އިންޖިނިއަރިންގ، ބޭންކް އޮފް މޯލްޑިވްސް |
- މާސްޓަރސް އޮފް އިންޓަނޭޝަނަލް އިކޮނޮމިކްސް އެންޑް ފައިނޭންސް، ޔުނިވަރސިޓީ އޮފް ކުއީންސްލޭންޑް އޮސްޓްރޭލިއާ - ބެޗްލާރސް އޮފް ބިޒްނަސް – (ބޭންކިންގ އެންޑް ފައިނޭންސް)، އޮސްޓްރޭލިއާގެ ޗާލްސް ސްޓްއާރޓް ޔުނިވަރސިޓީ، އޮސްޓްރޭލިއާ |
2016-2017 ވަނަ އަހަރަށް އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލައްވާފައިވާ ފަރާތްތަކަކީ:
ބޭންކް އޮފް މޯލްޑިވްސް ޕލކގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުން ހޮއްވަވާ 03 ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލުމަށް ކުރެވުނު އިޢުލާނާ ގުޅިގެން ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލައްވާފައިވަނީ 03 ފަރާތަކުންނެވެ. މި ފަރާތްތަކުގެ ތަފްސީލު ތިރީގައި މިވަނީއެވެ.
އަލްފާޟިލް މުޙައްމަދު ޢަބުދުއްސައްތާރު، ދާއިމީ އެޑްރެސް: މއ. ޓިއުލިޕުވިލާ، މާލެ، ބީ.އެމް.އެލްގައިވާ ހިއްސާގެ އަދަދު: 2,770 ހިއްސާ
މިހާރު ވަޒީފާ އަދާކުރައްވާ ތަނާއި ވަޒީފާ |
މަސައްކަތުގެ ތަޖުރިބާ |
ތަޢުލީމާއި ތަމްރީނު |
- މެނޭޖިންގ ޑިރެކްޓަރ، ކޮކޯ ހަޓްސް ޕްރައިވެޓް ލިމިޓެޑް - ބޯޑު ޑިރެކްޓަރ، މަޑިވަރު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް - ޗެއަރމަން، ބޯޑް އޮފް ގަވަރނަރސް، ޖަމާލުއްދީން ސްކޫލް، މާލެ - ބޯޑު ޑިރެކްޓަރ (ބީ.އެމް.އެލް ގެ ޑިރެކްޓަރުންގެ ބޯޑުގެ ޑިރެކްޓަރކަމުގެ މަޤާމު 7 އޮގަސްޓު 2009 ވަނަ އަހަރުން ފެށިގެން މިހާތަނަށް) |
- މެނޭޖަރ، ޗަމްޕާ ޓްރެވަލް އެންޑް ޓްރޭޑް - ޖެނެރަލް މެނޭޖަރ، މީރު އައިލެންޑް ރިސޯޓް އެންޑު ވަކަރުފަޅި އައިލެންޑް ރިސޯޓް - ބޯޑު ޑިރެކްޓަރ (ބީ.އެމް.އެލްގެ ބޯޑު ޑިރެކްޓަރެއްގެ މަޤާމުގައި 8 ސެޕްޓެންބަރު 2004 ން 29 ޖޫން 2005 ގެ ނިޔަލަށް ހުންނެވިއެވެ.)
|
- މާސްޓަރސް އޮފް ބިޒްނެސް އެޑްމިނިސްޓްރޭޝަން، ޔުނިވަރސިޓީ އޮފް ވޭލްސް، އިނގިރޭސިވިލާތް
|
އަލްފާޟިލް އިބްރާހީމް މުޙައްމަދު، ދާއިމީ އެޑްރެސް: ނެލުމް، ނ. ހޮޅުދޫ، ބީ.އެމް.އެލްގައިވާ ހިއްސާގެ އަދަދު: 960 ހިއްސާ |
||
މިހާރު ވަޒީފާ އަދާކުރައްވާ ތަނާއި ވަޒީފާ |
މަސައްކަތުގެ ތަޖުރިބާ |
ތަޢުލީމާއި ތަމްރީނު |
- މެނޭޖިންގ ޑިރެކްޓަރ، ޓްރޮޕިކަލް އައިލެންޑް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް - ޑްވައިޒަރ/ކޮންސަލްޓަންޓް، ޖެޓަން ޓްރެވަލްސް ސާރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް - ބޯޑް ޑިރެކްޓަރ (ބީ.އެމް.އެލް ގެ ޑިރެކްޓަރުންގެ ބޯޑުގެ ޑިރެކްޓަރކަމުގެ މަޤާމު 7 އޮގަސްޓު 2009 ވަނަ އަހަރުގެ ފަހުން މިހާތަނަށް) |
- އެސިސްޓެންޓް ޑިރެކްޓަރ، މާރކެޓިންގ އެންޑް ޕްރޮމޯޝަން، މިނިސްޓްރީ އޮފް ޓުއަރިޒަމް - ޑިރެކްޓަރ، މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޓްރެޜަރީ
|
- ޕޯސްޓްގްރެޖުއޭޓް ޑިގްރީ އިން ޓުއަރިޒަމް، ޔުނިވަރސިޓީ އޮފް ސްޓްރެތްކްލައިޑް، އިނގިރޭސިވިލާތް - ހަޔަރ ނެޝަނަލް ޑިޕްލޮމާ އިން ބިޒްނަސް އަދި ފައިނޭންސް–ޓުއަރިޒަމް، ސައުތު ގްލެމޯރގަން އިންސްޓިޓިއުޓް އޮފް ހަޔަރ އެޑިއުކޭޝަން، ކާރޑިފް މެޓްރޯޕޮލިޓަން ޔުނިވަރސިޓީ، އިނގިރޭސިވިލާތް |
އަލްފާޟިލާ އިބްތިޝާމާ އަޙުމަދު ސަޢީދު، ދާއިމީ އެޑްރެސް: މ. އެގްޒީޓަރ، މާލެ. ބީ.އެމް.އެލްގައިވާ ހިއްސާގެ އަދަދު: 15 ހިއްސާ |
||
މިހާރު ވަޒީފާ އަދާކުރައްވާ ތަނާއި ވަޒީފާ |
މަސައްކަތުގެ ތަޖުރިބާ |
ތަޢުލީމާއި ތަމްރީނު |
- ޗެއަރޕާސަން، މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން - ޑެޕިއުޓީ ޖެނެރަލް މެނޭޖަރ، އައްޑޫ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް |
- ކޯޕަރޭޓް ބޭންކިންގ ޑިރެކްޓަރ، ބޭންކް އޮފް މޯލްޑިވްސް - އެސޯސިއޭޓް ޑިރެކްޓަރ އިންވެސްޓްމެންޓް ބޭންކިންގ، ބޭންކް އޮފް މޯލްޑިވްސް |
- މާސްޓަރސް އޮފް އާރޓްސް އިން ކޮމިއުނިކޭޝަން ، ޔުނިވަރސިޓީ އޮފް ވެސްޓްމިންސްޓަރ، އިނގިރޭސިވިލާތް
|
- މި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަނުކުރެވޭ އަދި އިންތިޚާބުކުރެވޭ ޑިރެކްޓަރުންނާ ދެމެދު ސަރވިސް ކޮންޓްރެކްޓެއް ހެދިފައިނުވާ ވާހަކަ އެންމެހައި ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މި ފަރާތްތަކުގެ ފުރިހަމަ ވަނަވަރު މި ބޭންކުގެ ވެބްސައިޓް www.bankofmaldive.com.mv ން ލިބިވަޑައިގަންނަވާނެއެވެ.
ހިއްސާދާރުންނަށް ލިބިގެންވާ ވޯޓުދިނުމުގެ ޙައްޤުތައް ބޭނުންކުރާނެ ގޮތުގެ ތަފުސީލީ މަޢުލޫމާތު
މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ހިއްސާދާރުންނާ، ޕްރޮކްސީ ހޯލްޑަރުންނަށް ވޯޓުދިނުމުގެ ޙައްޤު ލިބިގެންވެއެވެ. މި ވޯޓުލުމުގެ ޙައްޤު ބޭނުންކުރާނޭ ގޮތް ތިރީގައި މިވަނީއެވެ.
ބޭންކުގެ ހިންގާ ގަވާއިދުގެ 38 ވަނަ މާއްދާގެ (ހ) ގައިވާގޮތުގެ މަތީން، އެހެންގޮތަކަށް ކަނޑަނާޅާހައިހިނދަކު ޖަލްސާގައި ވޯޓު ދޭނީ އަތް އުފުލައިގެންނެވެ. ޖަލްސާގައި ކޮންމެ ހިއްސާދާރަކަށް ނުވަތަ ހިއްސާދާރުންގެ ޕްރޮކްސީއަކަށް ދެވޭނީ އެއްވޯޓެވެ. ނަމަވެސް ސަރުކާރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ޢައްޔަންކުރައްވާ ޑިރެކްޓަރުންނަށް ވޯޓުލާނީ ޕޯލްގެ (ހިއްސާދާރުން ގަނެފައިވާ ހިއްސާގެ ނިސްބަތުން) އުސޫލުންނެވެ. ސަރުކާރުން ޢައްޔަނުކުރައްވާ ޑިރެކްޓަރުންނަށް ވޯޓުލުމުގެ ޙައްޤު، އާންމު ހިއްސާދާރުންނަށް ލިބިގެންވެއެވެ. ނަމަވެސް އާންމު ހިއްސާދާރުން ތަމުސީލުކުރައްވާ ޑިރެކްޓަރުންނަށް، ވޯޓުލުމުގެ ޙައްޤު ސަރުކާރަށް ލިބިގެނެއްނުވެއެވެ.
ބޭންކުގެ ހިންގާ ގަވާއިދުގެ 43 ވަނަ މާއްދާގެ (ހ) ގައިވާގޮތުގެ މަތީން، ވޯޓުދިނުމުގެ ޙައްޤުލިބިފައިވާ ހިއްސާދާރުންނަށް ލެވޭ ޖުމުލަ ވޯޓުގެ އަށްވުރެ މަދުނޫން އަދަދެއްގެ ވޯޓު ތަމުސީލުކުރާ ހިއްސާދާރަކަށް ނުވަތަ ހިއްސާދާރުންނަށް ޕޯލެއް ނެގުމަށް އެދެވިދާނެއެވެ. އަދި ޕޯލަކުން ވޯޓުދެއްވާނަމަ، ހާޒިރުވާ ކޮންމެ ހިއްސާދާރަކަށް ނުވަތަ ޕްރޮކްސީއަކަށް ނުވަތަ އެޖެންޑާ އައިޓަމަކަށް ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާނަމަ، ކޮންމެ ހިއްސާއަކަށް އެއްވޯޓު ދެވޭނެއެވެ.
ބޭންކުގެ ހިންގާ ގަވާއިދުގެ 42 ވަނަ މާއްދާގެ ދަށުން ޖަލްސާގައި ވޯޓަށް ހުށަހަޅާ ހިއްސާދާރުންގެ އާންމު ޤަރާރެއް ފާސްވާނީ އަޣުލަބިއްޔަތު (%51) ވޯޓު، އަތްއުފުލައިގެން ލިބިއްޖެނަމައެވެ. އެއީ، އަތް އުފުލައިގެން ދޭ ވޯޓުގެ ނަތީޖާ އިޢުލާނުކުރުމުގެ ކުރިން ނުވަތަ އިއުލާނުކުރުމުން ޕޯލެއް ނެގުމަށް ގަވާއިދު ނޭދިއްޖެނަމައެވެ. އަދި މި ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން ޖަލްސާގައި ދެވޭ ވޯޓެއްގެ ސައްޙަކަމާމެދު ގޮތެއް ނިންމުމުގެ ހަމައެކަނި ފަރާތަކީ އެ ޖަލްސާއެއްގެ ޗެއަރމަނެވެ. އަދި ނެގޭ ވޯޓުގެ ނަތީޖާގައި ވޯޓު ދޭ ފަރާތުގެ މަސްލަހަތެއް ހިމެނިފައިވުމަކުން އެ ފަރާތެއް ވޯޓުލުމުން މަޙުރޫމު ނުކުރެވޭނެއެވެ.
ހިއްސާދާރުންނަށް ލިބިގެންވާ ވޯޓުދިނުމުގެ ޙައްޤުތައް ބޭނުންކުރާނެގޮތުގެ އިތުރު މަޢުލޫމާތު ބޭންކުގެ ހިންގާ ގަވާއިދުގެ 38 ވަނަ މާއްދާއާއި 43 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާނެއެވެ.
ވީމާ މިކަން ބޭންކުގެ އެންމެހައި ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
28 ރަޖަބު 1437