ދިވެހިރާއްޖެ
އިޢުލާން
ނީލަން ކިއުމާބެހޭ
މި ކުންފުނީގެ މިދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.
- 38 އޮފީސް ގޮނޑި
- 01 އޮފީސް ޕާޓިޝަން
- 04 ކޮމްޕިއުޓަރ ސީ.ޕީ.ޔޫ
- 06 ކޮމްޕިއުޓަރ މޮނިޓަރ
- 03 ޔޫ.ޕީ.އެސް (ޕަވަރބެކް)
- 01 އެއަރކޯން (އިންޑޯ އަދި އައުޓް ޑޯ ޔުނިޓް)
- 01 ސީލިންގ ފަންކާ
- 01 އޮފީސް މޭޒް
- އެހެނިހެން ބައެއް ފަރނިޗަރ، އައި.ޓީ އާއި ގުޅުން ހުރި ތަކެތި
މި ތަކެތީގެ ނީލަން ފެށޭ އަގަކީ -/3000 (ތިންހާސް) ރުފިޔާއެވެ. މި ތަކެތީގެ ނީލަމަށް އިިތުރު ކުރެވޭނީ މަދުވެގެން -/200 (ދުއިސައްތަ) ރުފިޔާއެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވެ ލައްވަން އެދިލައްވާ ފަރާތްތަކުން އެ ތަކެތި ބައްލަވައި މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު ހުށަހަޅުއްވާ އެންމެ މަތީ އަގު ބަންދުކޮށް 2016 މޭ 12 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި ކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބުކުރެއްވި ފަރާތުން ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދަންވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެއްދަވައިފި ނަމަ ނީލަން ބާޠިލުކޮށް އަލުން އެ ތަކެތި ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި އެފަރާތަށް ބައިވެރިނުވެވޭނެ ކަމުގައި ދެންނެވީމެވެ.
ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
20 ރަޖަބު 1437