މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ސޮޑާ،ފިޒީ،ޕޮޕް އަދި ސްޕާކްލިން އެތެރެކުރުމަށް ކަސްޓްމްސްގެ ގުޑްސް ޑިކްލަރޭޝަން ފުރިހަމަ ކުރުމުގައި ޢަމަލުކުރަމުންގެންދާނެ ގޮތް

ޢިއުލާން

ދިވެހިރާއްޖެއަށް އެތެރެ ކުރެވޭ ތަކެތިން އިމްޕޯޓް ޑިއުޓީ ނަގަނީ ޤާނޫނު ނަންބަރު 31/79 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ 7 ވަނަމާއްދާގެ (ހ) ގެ ތާވަލުގައިވާ ގޮތުގެ މަތިންނެވެ. އިމްޕޯޓް ޑިއުޓީ ދައްކަން ޖެހޭ މުދަލާއި މުދަލުގެ ގިންތިތައް ބަހާލެވިފައިވަނީ ހާމަނައިޒްޑް ކޮމޯޑިޓީ ޑިސްކްރިޕްޝަން އެންޑް ކޯޑިންގް ސިސްޓަމުގެ 97 ޗެޕްޓަރުގެ މައްޗަށެވެ. އަދި މަތީގައި ދަންނަވާފައިވާ ތާވަލުގައި ހިމަނާފައިވާ މުދަލުގެ ގިންތީގެ ނަމާއި، އެ ތަކެއްޗަށް ދައްކަން މި ޤާނޫނުގައި ކަނޑައަޅާފައިވާ އިމްޕޯޓް ޑިއުޓީގެ މިންވަރު އިތުރަށް ތަފުސީލު ކުރުމުގައި ރިޢާޔަތް ކުރަނީ ހާމަނައިޒްޑް ސިސްޓަމުގައިވާ ގޮތަށެވެ.

މިގޮތުން، މި އޮފީހުން ކޮށްފައިވާ އިޢުލާން ނަންބަރު 6/2014/1(IUL)14-D5/ (13 ފެބުރުވަރީ 2014) އަށް ޙަވާލާދީ ދަންނަވަމެވެ. އެ އިޢުލާނުގައި ބަޔާންކޮށްފައިވާފަދައިން ސޮޑާ،ފިޒީ، ޕޮޕް އަދި ސްޕާކްލިން ފަދަ ބުއިންތަކަކީ ކާބަނޭޓަޑް ބުއިންތަކަކަށް ވާތީ މިބުއިންތައް ގިންތިކުރެވެނީ ސޮފްޓް ޑްރިންކްގެ ގޮތުގައެވެ.

ވީމާ، 05 މޭ 2016 އިން ފެށިގެން މިބާވަތުގެ ބުއިންތައް ރާއްޖެއަށް އެތެރެކުރުމަށް ކަސްޓަމްސްގެ ގުޑްސް ޑިކްލަރޭޝަން ފުރިހަމަ ކުރުމުގައި މަތީގައި ބަޔާން ކުރެވުނު ގޮތުގެ މަތީން ޢަމަލުކުރައްވަމުން ގެންދެވުމަށް ދަންނަވަމެވެ.

27 ރަޖަބު 1437

04 މޭ 2016
ހޯދާ