ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށި ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ކުނިކޮށި ޢިމާރާތްކުރުމާ ގުޅޭ:

ލ. އިސްދޫ ކުނި މެނޭޖުކުރުމުގެ މަޝްރޫޢުގެ ދަށުން ކުނިކޮށީގައި ޢިމާރާތްކުރަން ހަމަޖެހިފައިވާ ޢިމާރާތްތައް އެޅުމަށް މި ކައުންސިލުން ކުރި ނަންބަރު:28/2016/395-C(A) (07 އެޕްރީލް 2016) އިޢުލާނާ ގުޅިގެން 08 ފަރާތަކުން މަޢުލޫމާތު ސާފުކުރިނަމަވެސް، ކަނޑައަޅާފައިވާ ގަޑިއަށް އަންދާސީހިސާބު ހުށައަޅާފައިވަނީ، އެންމެ ފަރާތަކުން ކަމަށްވާތީ އެ އިޢުލާން ބާޠިލުކޮށްފީމެވެ. އަދި އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ދެވަނަ ފަހަރަށް ފުރުޞަތު ހުޅުވާލައިފީމެވެ. މަޢުލޫމާތުދިނުމާއި، އަންދާސީހިސާބުތައް ބަލައިގަތުން އޮންނާނީ، މި ކައުންސިލު އިދާރާގައެވެ.

  • މަޢުލޫމާތު ސާފުކުރުން: 2016 މޭ 05 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި
  • އަންދާސީހިސާބު ހުށައެޅުން: 2016 މޭ 10 އަންގާރަ ދުވަހުގެ 13:00 ގައި

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

ނޯޓް: މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ނުވަތަ ފޮޓޯޖެހި ރަސްމީ ލިޔުމެއް ގެންނެވުން އެދެމެވެ. ކުންފުނި، ޖަމުޢިއްޔާ، ޖަމާޢަތްތަކުންނަމަ ރަޖިސްޓަރީގެ ކޮޕީއެއް ގެންނެވުން އެދެމެވެ.

25 ރަޖަބު 1437

02 މޭ 2016
ހޯދާ