އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޕްރޮޖެކްޓް އެޑްމިނިސްޓްރޭޓަރގެ މަގާމަށް މީހަކު ބޭނުންވެއްޖެ

މަޤާމް :ޕްރޮޖެކްޓް އެޑްމިނިސްޓްރޭޓަރ (ކޮންޓްރެކްޓް އުސޫލުން)
ބޭނުންވާ އަދަދު :1

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް

         މާލެ،  ދިވެހިރާއްޖެ                                                     ނަންބަރު: 137-HR/IU/2016/77       

ވަޒީފާގެ ފުރުޞަތު

       އާއިލީ ޑޮކްޓަރުންގެ ޚިދުމަތްތައް ފެށުމުގެގޮތުން ތައްޔާރުކުރުމަށް ހަމަޖެހިފއަިވާ ސޮފްޓްވެއަރ ޕްރޮޖެކްޓުގައި އެޑްމިނިސްޓްރޭޓަރގެ މަޤާމުގައި މަސައްކަތްކުރުމަށްޓަކައި މީހަކު ހޯދުމަށް 17  އޭޕްރީލް 2016 ގައި  މި ހޮސްޕިޓަލުން ކޮށްފައިވާ137-HR/IU/2016/67  ނަންބަރުގެ އިޢުލާނާ ގުޅިގެން އެ މަޤާމަށް އެދި ޝަރުތު ހަމަވާ އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ، އެމަޤާމަށް ކޮންޓްރެކްޓް އުސޫލުން މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމް:

ޕްރޮޖެކްޓް އެޑްމިނިސްޓްރޭޓަރ (ކޮންޓްރެކްޓް އުސޫލުން)

ބޭނުންވާ ޢަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/15000ރުފިޔާ

ކޮންޓްރެކްޓުގެ މުއްދަތު:

މީލާދީ 1 (އެކެއް) އަހަރުދުވަސް

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 

  • ޕްރޮޖެކްޓްގައި މަސައްކަތް ކުރާ ޓީމަށް އެކަށީގެންވާ އިރުޝާދު ދިނުން.
  • ޕްރޮޖެކްޓް ޕްލޭންތައް ރާވައި ހިންގުމާއި، މަސައްކަތް ރޭވިފައިވާގޮތަށް ކުރިއަށް ދޭތޯބެލުން.
  • މަސައްކަތް ކުރުމަށްޓަކައި ބޭނުންކުރާ ވަސީލަތްތައް ބެލެހެއްޓުން.
  • ޕްރޮޖެކްޓާއި ބެހޭލިޔެކިޔުންތަައް ތައްޔާރުކުރުމާއި ބެލެހެއްޓުން.

 

 

 

ތަޢުލީމާއި ތަޖުރިބާ:

 

 

  • ބިޒިނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ޕްރޮޖެކްޓް އެޑްމިނިސްޓްރޭޝަންއާއި ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ލެވެލް 5 (ޑިޕްލޮމާ)އެއް ހާސިލްކޮށްފައިވުމާއެކު، 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 
  • ބިޒިނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ޕްރޮޖެކްޓް އެޑްމިނިސްޓްރޭޝަންއާއި ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ލެވެލް 7 (ޑިގްރީ)އެއް ހާސިލްކޮށްފައިވުމާއެކު، 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

މި މަޤާމަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

 

 

ޕްރޮޖެކްޓްތައް ރާވައި ހިންގުމުގެ ހުނަރާއި ގާބިލްކަން ލިބިފައިވާ މިންވަރު.

ސުޕަވައިޒްކުރުމުގެ ހުނަރު.

ކޮމްޕިއުޓަރ އެޕްލިކޭޝަންތައް ބޭނުންކުރުމުގެ ހުނަރު.

މުއާމަލާތްކުރުމުގެ ހުނަރު.

ގަޑިއަށް ފަރުވާތެރިވުމާއި މަސައްކަތަށް ގާބިލުކަންހުރި މިންވަރު.

 

 

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައްް:

 

 

  1. އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް މިހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ރިސެޕްޝަން ކައުންޓަރުން ލިބެން ހުންނާނެއެެވެ.)
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  3. ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސެޓްފިކެޓުގެ ކޮޕީ)
  4. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީން ޕްރޮގްރާމުތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
  5. ލެވެލް ކަނޑައެޅިފައިވާ ސެޓްފިކެޓް ބޭނުންވާ މަޤާމުތަކަށް ހުށަހަޅާއިރު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިއެޓްކޮށްފައިވާ ސެޓްފިކެޓް ހުށަހަޅަންވާނެއެވެ.
  6. ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ނިމުނުކަމުގެ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީންގެ އެސެސްމަންޓް ރިޕޯޓާއި ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ. ވަޒީފާއަށް  ކުރިމަތިލާ   ފަރާތުގެ ވަނަވަރު ( ވަނަވަރުގައި، ގުޅޭނެ ފޯން ނަންބަރު އޮންނަށްވާނެއެވެ.)
  7. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެމަޤާމްތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.

 

 

ފޯމް ބަލައިގަތުމާއި ދޫކުރުން:

 

ވަޒީފާއަށް އެދޭ ފޯމު، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8.30 ން 1.30 އަށް މި ހޮސްޕިޓަލުގެ އެޑްމިނިސްޓްރޭޓިވް ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

 

ސުންގަޑި:

 ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016  މޭ 15 ވާ އާދީއްތަ ދުވަހުގެ 1.30ގެ އެވެ. ތަކެތި ހުށަހަޅާނީ، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލަށެވެ. 2016 މޭ 15 ވާ އާދީއްތަ ދުވަހުގެ 1.30ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

 

އިތުރު މަޢުލޫމާތު:

 

މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ ،3335234އެވެ. ނުވަތަ  3335343 އެވެ.

 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

 އިންޓަވިއު އޮންނާނީ، 2016 ވަނަ އަހަރުގެ މޭމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައެވެ.

26 ރަޖަބު 1437

03 މޭ 2016

 

04 މޭ 2016
ހޯދާ