ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: |
މަސައްކަތު |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
އެސް. އެސް. 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް ގްރޭޑް 1 |
މުސާރަ: |
މަހަކު -/3100 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު -/1000 ރުފިޔާ |
ވަޒީފާ އޮތް އޮފީސް: |
މަރަދޫ ސްކޫލް / ސ. މަރަދޫ |
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: |
އެޑްމިން ސެކްޝަން، މަރަދޫ ސްކޫލް |
އެހެނިހެން ޢިނާޔަތް: |
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
1- ކަނޑައެޅިފައިވާ ގަޑީގައި ޑިއުޓީކުރުން. 2- ކްލާސްތަކުގެ ތަޅުންގަނޑާއި ޑެސްކުތައް ފޮޅައި ސާފުކޮށް، ފާރުގައާއި ޑެސްކުގައި ނުވަތަ ބޯޑުގައި ކުރަހާފައިވާނަމަ، ކުރަހާފައިވާ ތަކެތި ސާފުކުރުން. 3- ގޯތިތެރެއާއި މަގުމަތީ ސަރަހައްދުގެ ކުނި ނަގައި ވިނަަނޮޅައި ސާފުކޮށް ބެލެހެއްޓުން. 4- ސްކޫލް އޮފީސް، ލައިބްރަރީއާއި ފާޚާނާތަކުގެ އެތެރޭގައި ހިމެނޭ އެންމެހައި ތަކެތި ހިރަފުސް ފޮޅައި ސާފުކުރުން. 5- ގޯތިތެރެއަށް ފެންޖެހުމާއި ގަސްތަކަށް ފެންދިނުން. 6- އޮފީހާއި ސްޓާފްރޫމުގައި ފެންލާންޖެހޭ ކޫލަރުތަކަށް ބޯފެން އަޅާފައި ބެހެއްޓުން. 7- ކްލާސްތަކާއި އެހެނިހެން ތަންތާނގެ ދޮރުތަކާއި، ދޮރުފަތްތަކާއި ބިއްލޫރިތަކާއި ފަންކާތައް ސާފުކުރުން. 8- ސްކޫލުން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ސްކޫލުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން. |
މަޤާމުގެ ޝަރުޠު: |
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން. |
ވަޒިފާއަށް ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން: |
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީން ލިބިފައިވާ މިންވަރު. - މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު. - މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް. |
އިންޓަވިއު ކުރުން: |
- އިންޓަވިއު ކުރުމަށް ހަމަޖެހިފައިވަނީ، އިޢުލާނުގެ މުއްދަތު ހަމަވާތާ 1 ހަފްތާގެ ތެރޭގައި މަރަދޫ ސްކޫލުގައެވެ. - މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއުކުރެވޭނީ، ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ. |
ޝަރުޠު ހަމަވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި: |
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) - ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. - ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) - މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް. - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު) |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން، 2016 މޭ 15 ވާ އާދީއްތަ ދުވަހުގެ 13.30 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، މަރަދޫ ސްކޫލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ. |
ނޯޓް: |
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. |
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 6890941 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
26 ރަޖަބު 1437