ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.
މަޤާމް: |
ވޮޗަރ |
||
ބޭނުންވާ އަދަދު: |
1 (އެކެއް) |
||
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް ގްރޭޑް 1 |
||
މަޤާމުގެ ރޭންކް: |
އެސް. އެސް. 1 |
||
މުސާރަ: |
މަހަކު -/3100 ރުފިޔާ |
||
ސަރވިސް އެލަވަންސް: |
މަހަކު -/1000 ރުފިޔާ |
||
ޢިނާޔަތްތައް: |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. |
||
ޑިވިޜަން/ ސެކްޝަން: |
އެޑްމިނިސްޓްރޭޓިވް ޑިވިޜަން |
||
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ފ. ފީއަލީ ޞިއްޙީ މަރުކަޒު / ފ. ފީއަލި |
||
ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
1. މަރުކަޒުގެ ގޯތިތެރެއާއި ވަށައިގެންވާ ސަރަހައްދު ބެލެހެއްޓުން. 2. މަރުކަޒުގައި އެޑްމިޓްކުރެވިފައިވާ މީހުންގެކައިރިއަށް ކަނޑައެޅިފައިވާ ގަޑި ފިޔަވައި އެހެނިހެންގަޑި ގަޑީގައި ޒިޔާރަތްކުރުން ކޮންޓްރޯލްކޮށް، ބަލިމީހާއަށާއި ޑިއުޓީބަލަހައްޓާ މީހުންނަށް ދަތިނުވާނޭގޮތެއްގެމަތިން ތަނުގެ މާޙައުލު ތަނަވަސްކުރުމުގައި އެހީތެރިވުން. 3. ނަހަމަގޮތުގައި ތަނުން އެއްޗެހި ބޭރުވެ، ތަނަށް ތަކެތި އެތެރެވިޔަ ނުދިނުން. 4. އިމާރާތާއި ގޯއްޗަށް މީހަކު ފަހަރެއްގައިވެސް ދީފާނެ ގެއްލުމަކުން ރައްކާތެރިވުމަށް މަގުފަހިކުރުން. 5. އެޑްމިޓްކުރެވިފައިވާ ބަލިމީހުން ގަވާއިދާޚިލާފަށް ބޭރަށްދިއުން ކޮންޓްރޯލްކުރުމަށް މަސައްކަތްކުރުން. |
||
ތަޢުލީމާއި ތަޖުރިބާ: |
ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން. |
||
ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: |
1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. 3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން. |
||
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ) |
||
ސުންގަޑި: |
2016 މޭ 12 ވަނަ ދުވަހުގެ 14:00 ގެ ކުރިން، 'ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު' ފުރިހަމަކުރުމަށްފަހު، ފ. ފީއަލީ ޞިއްޙީ މަރުކަޒަށް ހުށަހެޅުން. |
||
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: |
20 މޭ 2016 އިން ފެށިގެން 3 ދުވަހުގެ މުއްދަތަކަށް ފ. ފީއަލީ ޞިއްޙީ މަރުކަޒުގައެވެ. ނޯޓް: މި ވަޒީފާތަކަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި މަރުކަޒުގެ 7985001 ނަންބަރު ފޯނަށް ނުވަތަ 7905168 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. |
27 ރަޖަބު 1437