ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އޮފީހުގެ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.

މިވަގުތު މި އޮފީހުގައި ހުރި ހުސް މަޤާމުތައް:

1. މަޤާމުގެ ނަން:

ސެކްޝަން:

ބޭނުންވާ އަދަދު:

އަސާސީ މުސާރަ:

ސަރވިސް އެލަވަންސް:

ޚާއްޞަ އެލަވަންސް:

ލިވިންގ އެލަވަންސް:

 

ޑިރެކްޓަރ ޖެނެރަލް

ޕަބްލިކް އެޑްމިނިސްޓްރޭޝަން ރިފޯމް ސެކްޝަން/ މެނެޖްމަންޓް އޮޑިޓް ޔުނިޓް

1 (އެކެއް)

މަހަކު -/13،890 ރުފިޔާ

މަހަކު -/2,000 ރުފިޔާ

މަހަކު 6،250/05 ރުފިޔާ (އަސާސީ މުސާރައިގެ %45)

މަހަކު -/2,500 ރުފިޔާ

 މަޤާމުގެ ޝަރުޠު:

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން  ސާބިތުކޮށްދިނުމާއެކު،  މަޤާމަށް  ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ސެޓްފިކެޓް 4) ގެ  ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި އީ. އެކްސް 1 ގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، ޖުމްލަ 8 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ  މަސައްކަތްކުރުމުގެ  ހުނަރު/  ޤާބިލުކަން  ސާބިތުކޮށްދިނުމާއެކު،  މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، މަޤާމަށް ބެނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ސެޓްފިކެޓް 4) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ  މަޤާމެއްގައި އީ. އެކްސް. 4 ގެ ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ  މަސައްކަތްކުރުމުގެ  ހުނަރު/  ޤާބިލުކަން  ސާބިތުކޮށްދިނުމާއެކު،  މަޤާމަށް ބޭނުންވާ  ދާއިރާއަކުން  ދަށްވެގެން،  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 4 (ސެޓްފިކެޓް 4) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ މަޤާމެއްގައި އީ. އެކްސް 5 ގެ ރޭންކާ ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމެއްގައި 3 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތްކުރަމުންދާ މީހެއްކަމުގައިވުން. 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

މެނެޖްމަންޓް އޮޑިޓް ޔުނިޓް ހިންގައި ބެލެހެއްޓުން.

2. މަޤާމުގެ ނަން:

ސެކްޝަން:

ބޭނުންވާ އަދަދު:

އަސާސީ މުސާރަ:

ސަރވިސް އެލަވަންސް:

ޚާއްޞަ އެލަވަންސް:

ލިވިންގ އެލަވަންސް:

އެސިސްޓެންޓް ޑިރެކްޓަރ

ޕަބްލިކް އެޑްމިނިސްޓްރޭޝަން ރިފޯމް ސެކްޝަން

1 (އެކެއް)

މަހަކު -/7،035 ރުފިޔާ

މަހަކު -/2,000 ރުފިޔާ

މަހަކު 3,165/75 ރުފިޔާ (އަސާސީ މުސާރައިގެ %45)

މަހަކު -/2,500 ރުފިޔާ

މަޤާމުގެ ޝަރުޠު:

- މަޤާމުގެ  މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން  ސާބިތުކޮށްދިނުމާއެކު،  މަޤާމަށް  ބޭނުންވާ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕްލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީ) ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް 7  ނުވަތަ (ބެޗްލަރސް ޑިގްރީ/ ޕްރޮފެޝަނަލް ސެޓްފިކެޓް/ ޕްރޮފެޝަނަލް ޑިޕްލޮމާ) ލެވެލް 8 (ގްރެޖުއޭޓް/ ޕޯސްޓްގަރެޖުއޭޓް ސެޓްފިކެޓް/ ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ބެޗްލަރސް ޑިގްރީ ވިތް އޮނަރސް) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 (މާސްޓަރސް ޑިގްރީ/ އެޑްވާންސް ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސް ޕްރޮފެޝަނަލް ޑިޕްލޮމާ) ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

ރެގިއުލޭޓަރީ ރިފޯމާބެހޭ މަސައްކަތް ކުރުން.                              

3. މަޤާމުގެ ނަން:

ސެކްޝަން:

ބޭނުންވާ އަދަދު:

އަސާސީ މުސާރަ:

ސަރވިސް އެލަވަންސް:

ޚާއްޞަ އެލަވަންސް:

ލިވިންގ އެލަވަންސް:

އޮޑިޓަރ

ޕަބްލިކް އެޑްމިނިސްޓްރޭޝަން ރިފޯމް ސެކްޝަން/ މެނެޖްމަންޓް އޮޑިޓް ޔުނިޓް

1 (އެކެއް)

މަހަކު -/7،035 ރުފިޔާ

މަހަކު -/2,000 ރުފިޔާ

މަހަކު 3,165/75 ރުފިޔާ (އަސާސީ މުސާރައިގެ %45)

މަހަކު -/2,500 ރުފިޔާ

މަޤާމުގެ ޝަރުޠު:

- މަޤާމުގެ  މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން  ސާބިތުކޮށްދިނުމާއެކު،  މަޤާމަށް  ބޭނުންވާ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕްލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސް ޑިޕްލޮމާ/ އެސޯސިއޭޓް  ޑިގްރީ/ ފައުންޑޭޝަން ޑިގްރީ) ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  މަޤާމުގެ  މަސައްކަތާ  ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް 7  ނުވަތަ (ބެޗްލަރސް ޑިގްރީ/ ޕްރޮފެޝަނަލް ސެޓްފިކެޓް/ ޕްރޮފެޝަނަލް ޑިޕްލޮމާ) ލެވެލް 8 (ގްރެޖުއޭޓް/ ޕޯސްޓްގަރެޖުއޭޓް ސެޓްފިކެޓް/ ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ބެޗްލަރސް ޑިގްރީ ވިތް އޮނަރސް) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 (މާސްޓަރސް ޑިގްރީ/ އެޑްވާންސް ޕްރޮފެޝަނަލް ސެޓްފިކެޓް/ އެޑްވާންސް ޕްރޮފެޝަނަލް ޑިޕްލޮމާ) ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

ސަރުކާރުގެ އޮފީސްތަކުގެ މެނެޖްމަންޓް އޮޑިޓްކުރުމާއި، އޮޑިޓް ރިޕޯޓްތައް އެކުލަވައިލުން.    

4. މަޤާމުގެ ނަން:

ސެކްޝަން:

ބޭނުންވާ އަދަދު:

އަސާސީ މުސާރަ:

ސަރވިސް އެލަވަންސް:

ޚާއްޞަ އެލަވަންސް:

ލިވިންގ އެލަވަންސް:

ގްރެފިކް ޑިޒައިނަރ

ކޮމިއުނިކޭޝަންސް ޑިޕާޓްމަންޓް

1 (އެކެއް)

މަހަކު -/5،610 ރުފިޔާ

މަހަކު -/2,000 ރުފިޔާ

2,524/50 ރުފިޔާ (އަސާސީ މުސާރައިގެ %45)

މަހަކު -/2,500 ރުފިޔާ

މަޤާމުގެ ޝަރުޠު:

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ސެޓްފިކެޓް 4) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާގައި 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕްލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ފައުންޑޭޝަން ޑިގްރީ) ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

އޮފީހުގެ ތަފާތު ހުށަހެޅުންތަކުގެ ގްރެފިކްސްއާގުޅޭ މަސައްކަތްތައް ކުރުން.

5. މަޤާމުގެ ނަން:

ސެކްޝަން:

ބޭނުންވާ އަދަދު:

އަސާސީ މުސާރަ:

ސަރވިސް އެލަވަންސް:

ޚާއްޞަ އެލަވަންސް:

ލިވިންގ އެލަވަންސް:

ރިސަރޗް އޮފިސަރ

ކޮމިއުނިކޭޝަންސް ޑިޕާޓްމަންޓް

1 (އެކެއް)

މަހަކު -/5،020 ރުފިޔާ

މަހަކު -/1,500 ރުފިޔާ

މަހަކު -/2،259 ރުފިޔާ (އަސާސީ މުސާރައިގެ %45)

މަހަކު -/2,500 ރުފިޔާ

މަޤާމުގެ ޝަރުޠު:

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ސެޓްފިކެޓް 4) ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މަޤާމުގެ  މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން  ސާބިތުކޮށްދިނުމާއެކު،  މަޤާމަށް  ބޭނުންވާ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 (ސެޓްފިކެޓް 3) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

މީޑިއާއާބެހޭ މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ތަކެތި:

  1. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު"
  2. ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މި މަޤާމުތަކަށް ޝަރުޠު ފުރިހަމަވާ މީހުން، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތަކާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު، 2016 މޭ 10 ވާ އަންގާރަަ ދުވަހުގެ 13:00 ގެ ކުރިން، މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުން އެދެމެވެ. މި މަޤާމުތަކަށް އިންޓަވިއު ކުރެވޭނީ، މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކާއެވެ. އިންޓަވިއުއަށް ޝޯޓް ލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، މަޤާމަށް ހޮވިފައިނުވާކަމުގެ ސިޓީއެއް ނުފޮނުވޭނެއެވެ. ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު، އެދުނު މަޤާމުގެ ނަމާއި ސެކްޝަން ސާފުކޮށް އެނގޭގޮތަށް ޖެހުން އެދެމެވެ.

"ރައީސުލްޖުމްހޫރިއްޔާގެއޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި އޮފީހުގެ ރިސެޕްޝަން ކައުންޓަރުންވެސް މި ފޯމު ލިބެން ހުންނާނެއެވެ. މި އޮފީހުގެ ވެބްސައިޓުގެ އެޑްރެހަކީ، www.presidencymaldives.gov.mv އެވެ.

26 ރަޖަބު 1437

03 މޭ 2016
ހޯދާ