ކެންދޫ ސްކޫލް
ދިވެހިރާއްޖެ
ލީޑިންގ ޓީޗަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމް: ލީޑިންގ ޓީޗަރ

ބޭނުންވާ އަދަދު: 1 (އެކެއް)

ވަޒީފާ އޮތް އޮފީސް: ކެންދޫ ސްކޫލް

މަޤާމުގެ ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ކެންދޫ ސްކޫލް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ޓީޗަރުންނާ ގުޅޭ

- ޓީޗަރުންގެ ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.

- ސުޕަވިޜަންގެ ކަންތައް ހަރުދަނާކަމާއެކު ކުރިއަށްގެންދިއުމަށް ޕްރިންސިޕަލަށް އެހީތެރިވުން.

- ޓީޗަރުން ކިޔަވައިދިނުމުގައިހުރި އުނި ކަންތަކާއި ރަނގަޅު ކަންތައްތައް ފާހަގަކުރުމަށް މަދުވެގެން ދުވާލަކު އެއް ލެސަން އޮބްޒަރވްކުރުމާއި، އޮބްޒަރވްކުރުމަށްފަހު ރަނގަޅު ކަންތައްތަކަށް ތަޢުރީފްކޮށް ހިތްވަރުދީ, އުނި ކަންތައްތައް އިޞްލާޙްކުރާނެގޮތުގެ އިރުޝާދުދީ މަޝްވަރާކުރުން.

- ކިޔަވައިދޭ އެއްޗެތި ކުދިންނަށް އެނގޭ މިންވަރު ވަޒަންކުރުމަށް ޓީޗަރުން ގެންގުޅޭ އުޞޫލްތައް (އެސެސްމަންޓް ޓެކްނިކްސް) ޗެކްކުރުން.

- ކިޔަވައިދިނުން އިޞްލާޙުކުރުމަށް ރޭވޭ ތަފާތު ޕްރޮގްރާމްތައް (ރެމީޑިއަލް، ނުވަތަ އެންރިޗްމަންޓް ނުވަތަ ބެލެނިވެރިންނަށް މަޢުލޫމާތު ދިނުންފަދަ) ހިނގާނުހިގާގޮތް ބަލައި، އެކަން ފްލޯއަޕް ކުރުން.

- ލެސަން އޮބްޒަވޭޝަން ކުރިއަށްގެންދިއުމަށް ޕްރީ މީޓިންގއާއި، ޕޯސްޓް މީޓިންގ ބޭއްވުން.

- ކޯޑިނޭޝަން ބައްދަލުވުން / ޑިޕާޓްމަންޓް ބައްދަލުވުން / ސެޝަން ބައްދަލުވުން ބޭއްވުން.

- ދަރިވަރުންނާ ގުޅޭ

- ދަރިވަރުންގެ ތަމްރީން ހަދާ ފޮތްތައް ޗެކްކުރުމުގައި ޕްރިންސިޕަލަށް އެހީވުން.

- ދަރިވަރުންގެ ފެންވަރު މަތިކުރުމަށާއި، ދަރިވަރުން މާއްދާތަކުން ފެއިލްވާ މިންވަރު ދަށްކުރުމަށް ތަފާތު ޕްރޮގްރާމް ރާވައި ހިންގުމުގައި ޕްރިންސިޕަލަށް އެހީވުން.

- ރިމީޑިއަލް ކްލާސްތަކާއި އެންރިޗްމަންޓް ކުލާސްތައް ރާވައި ހިންގުން.

- ދަރިވަރުންގެ އަޚްލާޤީ ފެންވަރު ހިފެހެއްޓުމަށް ބާރުއެޅުމާއި، ސްކޫލް ތެރޭގައި ދަރިވަރުންގެ އަޚްލާޤް ހުނqނަގޮތް ބެލެހެއްޓުން.

އެސެމްބްލީގަޑި, ޕީއީ ނަގާ ސަރަހައްދާއި، ދަރިވަރުން ހަރަކާތްތެރިވާ އެންމެހައި ތަންތަން ކިޔެވުން ކުރިއަށްދާއިރު ސުޕަވައިޒްކުރުން.

- ކިޔަވައިދިނުމާ ގުޅޭ

- ސުޕަވިޜަންގެ ޓައިމްޓޭބަލް ތައްޔާރުކުރުމާއި، ހާޒިރުނުވާ ޓީޗަރުންގެ ގަޑިތަކަށް ސަބްސްޓިޓުޝަން ގަޑިތައް ހަމަޖެއްސުން.

- ކިޔަވައިދިނުމާ ގުޅޭގޮތުން ޓީޗަރުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތުތައް ފުރިހަމަކުރޭތޯ ބެލުމާއި ޗެކްކުރުން.

- ދަރިވަރުންގެ ދުވަހުގެ ހާޒިރީ ދުވަހުން ދުވަހަށް ޗެކްކުރުން.

އެކްސްޓްރާ ދާއިރާއާ ބެހޭ

- އެކްސްޓްރާ ހަރާތްތަކާއި ކޯކަރިކުލަރ ހަރާތްތައް ކުރިއަށްގެންދިއުމުގައި ޕްރިންސިޕަލަށް އެހީތެރިވުން.

- ސްކޫލުގެ އެކްޓިވިޓީ ކަލަންޑަރުގައިވާ ހަރަކާތްތައް ހިންގުމަށް ޕްރިންސިޕަލަށް އެހީތެރިވުން.

ހިންގުމުގެ ދާއިރާއާ ބެހޭ

- ސްކޫލުގައި އިސްކޮށް މަސައްކަތްކުރައްވާ ފަރާތްތަކާ ގާތްގުޅުމެއް ބޭއްވުމާއެކު، ޕްރިންސިޕަލްގެ އެހީ ހޯދުމާއި، ކަންކަމުގެ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުން.

- ތަފާތު ހަރަކާތްތަކާއި ކަންކަން ރާވައި ހިންގުމުގައި ސްކޫލުގެ މެނޭޖްމަންޓަށް އެހީފޯރުކޮށް ދިނުން.

- ސްކޫލް ކަލަންޑަރު އެކުލަވައިލުމުގައި ސްކޫލުގެ މެނޭޖްމަންޓަށް އެހީފޯރުކޮށް ދިނުން.

- ކްލާސްރޫމާއި ހޯލް، ކިޔެވުމާއި އިމްތިޙާންތަކާއި އެހެނިހެން ހަރަކާތްތަކަށް ތައްޔާރުކުރުމުގެ އިންތިޒާމް ހަމަޖެއްސުން.

- އަޚްލާޤީ މައްސަލަތަކުގައި ހަރުދަނާ ފިޔަވަޅުއެޅުން.

- ގަޑިޖެހިގެން އަންނަ ކުދިންގެ ކަންތައްތައް ބެލެހެއްޓުން.

- ސްކޫލަށް ހާޒިރުނުވާ ކުދިންނާއި ބަލިވުމުން ސްކޫލަށް ހާޒިރުނުވެވޭ ކުދިންގެ ކަންތައްތައް ބެލެހެއްޓުން.

- އަޚްލާޤީ ކަންކަން ރިކޯޑްކުރުން (ޑިސިޕްލިންގ ރިކޯޑް)

- އިމްތިޙާންތައް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

- ބެލެނިވެރިންނާއި ޓީޗަރުންގެ ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމަށް މަސައްކަތްކުރުން.

- އެސެމްބްލީ ރާވައި ހިންގުން.

އިތުރުގަޑިއާ ބެހޭ

- ގްރޭޑްގެ އެންމެހައި ޓީޗަރުންގެ އިތުރުގަޑީގެ ހާޒިރީ ދުވަހުން ދުވަހަށް ޗެކްކުރުން.

- އިތުރުގަޑީގެގޮތުގައި ކޮށްފައިވާ މަސައްކަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.

- އިތުރުގަޑީގެ ރިޕޯޓް، ކޮންމެ މަހެއްގެ 15 ގެ ކުރިން ނިންމުން.

- އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް، ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާންމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައްޔާއި، ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި، ވެރިން އަންގަވާ ގޮތެއްގެ މަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.

މަޤާމުގެ ޝަރުޠު: 

މަޤާމުގެ

ނަން

މަޤާމުގެ

ކްލެސިފިކޭޝަން

ސިވިލް ސަރވިސްގެ

ރޭންކް

އަސާސީ

ޝަރުޠު

އަސާސީ

މުސާރަ

ސަރވިސް

އެލަވަންސް

ސީނިއަރ ޓީޗަރ

ސްކޫލް ޓީޗަރސް

CS15-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-4 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/10،640 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS15-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-3 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/10،320 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS15-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/10،100 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS15-2

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިއޮތުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން.

މަހަކު -/9،910 ރުފިޔާ

މަހަކު -/2،500 ރުފިޔާ

ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން.

ޓީޗަރ

ސްކޫލް ޓީޗަރސް

CS13-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4-CS13 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/9،850 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS13-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 3-CS13 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/9،360 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS13-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2-CS13 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/8،890 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS13-2

ކިޔަވައިދިނުމުގެ  ރޮނގުން  ނުވަތަ  ކިޔަވައިދޭ  މާއްދާއަކުން  ދިވެހިރާއްޖޭގެ ޤައުމީ   ސަނަދުތަކުގެ   އޮނިގަނޑުގެ  ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން.

މަހަކު -/8،440 ރުފިޔާ

މަހަކު -/2،500 ރުފިޔާ

ޓީޗަރ

ސްކޫލް ޓީޗަރސް

CS11-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4-CS11 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/8،250 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS11-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-3 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/7،840 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS11-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2-CS11 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/7،450 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS11-2

ކިޔަވައިދިނުމުގެ  ރޮނގުން  ދިވެހިރާއްޖޭގެ ޤައުމީ   ސަނަދުތަކުގެ   އޮނިގަނޑުގެ  ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދު ވެލިޑޭޓްކޮށްފައިވުން.

މަހަކު -/7،070 ރުފިޔާ

މަހަކު -/2،500 ރުފިޔާ

ލީޑިންގ ޓީޗަރުންގެ މަޤާމަށް ޓީޗަރުން ޢައްޔަންކުރާނެ ގޮތާއި، ލީޑިންގ ޓީޗަރުންނަށް ޓެނުއަރޝިޕް ދޭގޮތުގެ ތަފުސީލު ތިރީގައި މިވަނީއެވެ.

1- ލީޑިންގ ޓީޗަރކަމުގެ މަސްއޫލިއްޔަތު ހަވާލުކުރެވޭނީ ޓީޗަރެއްގެ މަޤާމުގެ ޝަރުޠު ހަމަވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ.

2- ލީޑިންގ ޓީޗަރކަމުގެ މަސްއޫލިއްޔަތަކީ، ތަޢުލީމީ ކަލަންޑަރުގެ 2 އަހަރުދުވަހުގެ ޓެނުއަރއަކަށް ސްކޫލެއްގެ ޓީޗަރުންގެ ތެރެއިން ތިރީގައިމިވާ ގޮތަށް ޓީޗަރަކާ ހަވާލުކުރާ ޒިންމާއެކެވެ.

3- ލީޑިންގ ޓީޗަރގެ ޓެނުއަރ ގުނަންފެށޭނީ މަސްއޫލިއްޔަތު ހަވާލުކުރެވޭ ތާރީޚުން ފެށިގެންނެވެ.

4- ލީޑިންގ ޓީޗަރުކަމަށް ހޮވޭ ޓީޗަރުގެ ޓެނުއަރޝިޕް އެލަވަންސް ދޭން ފަށާނީ ޢައްޔަންކުރާ ތާރީޚުން ފެށިގެންނެވެ.

5- ލީޑިންގ ޓީޗަރުކަމުގެ ޓެނުއަރ ހަމަވުމުން އިޢުލާނުކުރުމެއްނެތި އައު ދައުރަކަށް ލީޑިންގ ޓީޗަރުކަމަށް އަލުން ޢައްޔަނު ކުރެވިދާނެއެވެ. ނަމަވެސް މިގޮތަށް އަލުން ޢައްޔަންކުރެވޭނީ އެ މުއްދަތުގައި ކުރެވުނު އެޕްރައިޒަލްއިން އެވްރެޖްކޮށް %85 ނުވަތަ އެއަށްވުރެ މަތި ހޯދާފައިވުމާއެކު، ސްކޫލުގައި ކުރިޔަށް އޮތް ދިރާސީ އަހަރަށް ލީޑިންގ ޓީޗަރަކަށް ޖާގަ އޮތްނަމައެވެ.

6- ލީޑިންގ ޓީޗަރކަމުގެ މަސްއޫލިއްޔަތު އަދާކުރި މުވައްޒަފު މަސްއޫލިއްޔަތުގެ ޓެނުއަރ ހަމަވުމުން، ޓީޗަރުކަމުގެ މަސްއޫލިއްޔަތަށް އެނބުރި ރުޖޫޢަވާނެއެވެ.

7- ލީޑިންގ ޓީޗަރުން ޢައްޔަންކުރެވޭނީ ޕްރައިމަރީ، ލޯވަރ ސެކަންޑަރީ، ހަޔަރ ސެކަންޑަރީއަށް ދަރިވަރުންގެ ނިސްބަތުން ވަކިންނެވެ. މިގޮތަށް ޢަމަލުކުރަން ފެށުމުން، މިވަގުތު ލީޑިންގ ޓީޗަރުގެ މަސްއޫލިއްޔަތު އަދާކުރައްވާ އެއްވެސް ފަރާތަކަށް، އެފަރާތެއް ހިނގަމުންމިދާ ޓެނުއަރގައި، އަސަރެއް ނުކުރާނެއެވެ. ނަމަވެސް އައު ޓެނުއަރއަކަށް ޢަމަލުކުރަންފަށާނަމަ، މި އުސޫލާ އެއްގޮތަށް ޢަމަލުކުރަން ވާނެއެވެ.

8- ލީޑިންގ ޓީޗަރގެ މަޤާމަށް ކުރިމަތިލާ ފަރާތްތައް ޢައްޔަންކުރުމުގައި މިންކުރާނީ މެރިޓް އުސޫލުންނެވެ.

ލީޑިންގ ޓީޗަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކުރިމަތިލާ ފަރާތްތައް ޢައްޔަންކުރުމުގައި ޕޮއިންޓްދޭނެގޮތް:

މެރިޓް އުސޫލު

1- ވާދަކުރާ މުވައްޒަފުންނަށް ލިބިފައިވާ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 އަދި އެއަށްވުރެ މަތީ ހުރިހާ ސަނަދަށް ބަލައި ތިރީގައިމިވާގޮތަށް ލިބޭ ޖުމްލަ ޕޮއިންޓުން ތަރުތީބުކުރުން.

ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް

ޕޮއިންޓް

4

25

5

35

6

45

7

60

8

65

9

75

10

85

2- މަތީގައިވާ ގޮތަށް ތަރުތީބުކޮށް އެއްވަރަށް ޕޮއިންޓްލިބޭ ދެ މުވައްޒަފުން ނުވަތަ އެއަށްވުރެ ގިނަ މުވައްޒަފުންގެ މެދުގައި ފަރަގުކުރަން ޖެހިއްޖެ ހާލަތެއްގައި، އެ މުވައްޒަފުންނަށް 2013 ވަނައަހަރުގެ އެޕްރައިޒަލުން ލިބިފައިވާ ޖުމްލަ މާކުހަށާއި ޚިދުމަތުގެ މުއްދަތަށް ބެލުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- އިންޓަރވިއުއަށް ބަލައިގެން.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހުން ހޮވުމަށް ހަމަޖެހިފައިވަނީ، އިންޓަވިޔު ކުރުމަށް ފަހުގައެވެ. އިންޓަވިޔު އޮންނާނީ، 2016 މޭ 10 ވާ އަންގާރަ ދުވަހު، ކެންދޫ ސްކޫލުގައެވެ.

ށ. މި މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި، ތަޖުރިބާއާއި، ފާއިތުވެދިޔަ އަހަރުތަކުގެ އެޕްރައިޒަލް މާކުހަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ކެންދޫ ސްކޫލުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މޭ 9 ވަނަ ދުވަހުގެ 13.00 އެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 6600315 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 19 ރަޖަބު 1437

26 އޭޕްރިލް 2016
ހޯދާ