ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރައިވަރ (ވަގުތީ)

އިޢުލާނު

ވަޒީފާގެ ފުރުޞަތު:

* ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ޑްރައިވަރަކު ބޭނުންވެއްޖެއެވެ.

މަޤާމުގެ ނަން:

ޑްރައިވަރ (ވަގުތީ)

މުއްދަތު:

ވަޒީފާ ހަމަޖައްސާ ދުވަހުން ފެށިގެން 3 މަސްދުވަސް

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/5000 ރުފިޔާ (ފަސްހާސް ރުފިޔާ)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ލ. މާމެންދޫ ކައުންސިލް އިދާރާގެ ކުނިކޮށީގައި

 

 

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

1. ގޭގެއަށާއި އެކިއެކި ތަންތަނަށް ގޮސް ކުނި ބަރުކޮށްގެން ކުނިކޮށްޓަށް ކުނި ހުސްކުރުން.

2. ކުނިކޮށީގެ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން.

3. ކުނިކޮށީގައި މަސައްކަތްކުރާ އެހެން މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކުރުން.

4. ކުނިކޮށްޓަށް ގެންދާ ކުނި ވަކިކޮށް، ކުނިއަޅަންޖެހޭ ތަންތަނަށް ކުނިއެޅުން.

5. ހަފްތާއަކު އެއްފަހަރު ޕިކަޕް ދޮވެ ސާފުކުރުމާއި، ލިބޭ ގެއްލުންތައް ބަލައި ޗެކްކުރުން.

6. ބޭރުކުރަންޖެހޭ ކުނި ބަނދަރަށް ގެންގޮސް އުޅަނދުފަހަރަށް އެރުވުން.

7. މަތީގައިވާ ކަންކަމުގެ އިތުރުން، ކައުންސިލް އިދާރާއިން އަންގާ ކަންކަން ކުރުން.

 

މަޤާމުގެ ޝަރުޠު:

1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން.

2. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތުގެ ތަޖުރިބާހުރި މީހެއްކަމުގައިވުން.

2. އުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ މީހެއްކަމުގައިވުން.

3. ގިނަވަގުތު މަސައްކަތު އުޅެވޭފަދަ މީހެއްކަމުގައިވުން.

 

މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ މުހިންމު ކަންކަން:

1. ތަޢުލީމާއި ތަމްރީން (ލައިސަންސް އޮތުން)

2. މަސައްކަތު ތަޖުރިބާ، ހުނަރު، ޤާބިލްކަން، ފެންވަރު.

3. ގިނަވުގުތު މަސައްކަތުގައި އުޅެވޭ، ވަގުތަށް ފަރުވާތެރި މީހަކަށްވުން.

4. ރަނގަޅު ޞިއްޙަތެއްގައި ހުންނަ، ސާފުތާހިރުކަމަށް ލޯބިކުރާ މީހަކަށްވުން.

އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު:

ލ. މާމެންދޫ ކައުންސިލް އިދާރާގައި، 18 މޭ 2016 (އިންޓަވިއުކުރާ ދުވަހަށް، ގަޑިއަށް ބަދަލެއް އަތުވެއްޖެނަމަ، އެކަން ކައުންސިލް އިދާރާއިން އަންގާނެ)

 

 

ހުށަހަޅަންޖެހޭ ތަކެތި:

1. ވަޒީފާއަށް އެދޭ ފޯމު.

2. ވަނަވަރު.

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެ ފުށުގެ ކޮޕީ.

4. އެއްގަމު އުޅަނދު ދުއްވުމުގެ ލައިސްންސްގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން (އަސްލާ އެއްގޮތްކަމަށް ރަސްމީ އިދާރާއަކުން ތައްގަނޑުޖަހައި ސޮއިކޮށްފައިވާ)

ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑި:

2016 މޭ 11 ވާ ބުދަދުވަހުގެ 12:00

އިންޓަވިއު:

މި މަޤާމަށް އިންޓަވިއު ކުރެވޭނީ، މި މަޤާމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި އިދާރާގެ 6800705 ނަންބަރު ފޯނާއެވެ. ގުޅާނީ، ރަސްމީ ގަޑީގައެވެ.

21 ރަޖަބު 1437

28 އޭޕްރިލް 2016
ހޯދާ