ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަންދޫ ޕްރީސްކޫލު ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ވަންދޫ ޕްރީސްކޫލް ޢިމާރާތްކުރުމާ ގުޅޭ:

މި އިދާރާއިން ދައްކާ ނަމުނާއަކާ އެއްގޮތައް، އަމިއްލަ ތަކެތީގައި ވަންދޫ ޕްރީސްކޫލު ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް އެދިލައްވާ ފަރާތްތަކުން 2016 މޭ 3 ވާ އަންގާރަ ދުވަހުގެ 10:00 ގައި ވަންދޫ ކައުންސިލް އިދާރާއިން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 10 ވާ އަންގާރަ ދުވަހުގެ 10:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު، މުއްދަތު ހަމަނުވާ އައި.ޑީ ކާޑު އަދި ކުންފުންޏެއްނަމަ އެކުންފުންޏެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަންވާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ 7980047 ނަންބަރު ފޯނާއެވެ.

19 ރަޖަބު 1437

26 އޭޕްރިލް 2016
ހޯދާ