ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނަހަންދޫ ކައުންސިލުގެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ކުނަހަންދޫ ކައުންސިލުގެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމަށްޓަކައި ކޮންޓެކްޓް އުސޫލުން މީހުން ހޮވުމަށް ކޮށްފައިވާ އިޢުލާނަށް ހުށަހަޅާފައިވާ ހުށަހެޅުންތައް އިޢުލާނާ އެއްގޮތަށް ހުށަހެޅިފައިނުވާތީ، ކައުންސިލްގެ 405A/2016/02 ނަންބަރު (18 ޖަނަވަރީ 2016) އިޢުލާން ބާޠިލް ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ. 

ބޭނުންވާ އަދަދު: 3 (ތިނެއް)

މުސާރަ: މަހަކު -/3700 ރުފިޔާ (ތިންހާސް ހަތްސަތޭކަ ރުފިޔާ)

އެލަވަންސް: ހަމަޖެހިފައިވާގޮތުގެ މަތީން ބަންދު ދުވަސްތަކުގެ އެލަވަންސްގެގޮތުގައި ކޮންމެ މަހަކު -/300 ރުފިޔާ (ތިންސަތޭކަ ރުފިޔާ) އާއި ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެގޮތުގައި -/1300 ރުފިޔާ (އެއްހާސް ތިންސަތޭކަ ރުފިޔާ) ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު: އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން އެނގުމާއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން.

ސުންގަޑި: މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 މޭ 5 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން، ވަޒީފާއަށް އެދި ސިޓީއަކުން ކުނަހަންދޫ ކައުންސިލް އިދާރާއަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު: މި މަޤާމަށް އެދި ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކުރުން އޮންނާނީ، 2016 މޭ 8 ވާ އާދީއްތަދުވަހުގެ 13:00 ގައި މި އިދާރާގައެވެ. އިންޓަވިއުއަށް ހާޒިރުނުވާ ފަރާތްތަކުގެ ސިޓީ ބާޠިލްކުރެވޭނެއެވެ. ފޯނުން އިންޓަވިއުކުރުމެއް ނޯންނާނެއެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް، ސަރުކާރުގެ އެފަދަ މުއައްސަސާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ ތައްގަނޑުޖަހައި، ސޮއިކޮއްފައިވާ)
  • ވަޒީފާއަށް އެދި ހުށަހަޅާ ފާރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

- ވަޒީފާ ލިބޭ ފަރާތެއް ކަނޑައެޅުމުގައި ބަލާނީ، އިންޓަވިއުއާއި، ޑިއުޓީ ބެލެހެއްޓުމުގެ ދާއިރާއިން ހޯދާފައިވާ ތަޖުރިބާއާއި، މި ދާއިރާގެ ސެޓްފިކެޓަށެވެ.

- މައުލޫމާތު ފުރިހަމަނުވާ ސިޓީ ބާޠިލްކުރެވޭނެއެވެެ.

                                                 20 ރަޖަބު 1437

27 އޭޕްރިލް 2016
ހޯދާ