ބޭންކް އޮފް މޯލްޑިވްސް ޕލކ.
ދިވެހިރާއްޖެ
މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް/ފަރާތްތަކެއް ހޯދުމަށް

 އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

ބޭންކް އޮފް މޯލްޑިވްސް ޕލކގެ ބޭނުމަށް ތިރީގައިވާ މަސައްކަތްތައްް ކޮށްދޭނެ ފަރާތެއް/ ފަރާތްތަކެއް ހޯދަން ބޭނުންވެއްޖެއެވެ.

  1. ރިނިއުއަބަލް އެނަރޖީ ޕްރޮޖެކްޓް – ލ. ގަން އޭ.ޓީ.އެމް ބޫތު
  2. ރިނިއުއަބަލް އެނަރޖީ ޕްރޮޖެކްޓް – ތ. ގުރައިދޫ ބްރާންޗް
  3. ރިނިއުއަބަލް އެނަރޖީ ޕްރޮޖެކްޓް – ހއ. އިހަވަންދޫ ބްރާންޗް
  4. ރިނިއުއަބަލް އެނަރޖީ ޕްރޮޖެކްޓް – ނ. ހޮޅުދޫ ބްރާންޗް
  5. ރިނިއުއަބަލް އެނަރޖީ ޕްރޮޖެކްޓް – ނ. ވެލިދޫ ބްރާންޗް

ވީމާ މި މަސައްކަތްކޮށްދެއްވަން ޝައުޤުވެރިވެވަޑައިގަންނަވާނަމަ ތިރީގައިވާ ތާވަލާ އެއްގޮތަށް ސީޓްރެކްސް ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މި ބޭންކުގެ މީޓިންގ ރޫމަށް ވަޑައިގެންދެއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

08 މޭ 2016

އާދިއްތަ

 11:00

އަންދާސީހިސާބު ހުށަހެޅުން

15 މޭ 2016

އާދިއްތަ

 11:00

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. މި މަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމަންޓްތައް މި ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv ން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

21 ރަޖަބު 1437

28 އޭޕްރިލް 2016
ހޯދާ