ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: މަސައްކަތު

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

އޮފީސް/ އިދާރާ: ގއ. ވިލިނގިލީ ކައުންސިލް އިދާރާ

ސެކްޝަން: މުނިސިޕަލް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން: ގއ. ވިލިނގިލީ ކައުންސިލްގެ އިދާރާ (މި އިދާރާއިން ދައްކާ މިސްކިތެއްގައި)

މުސާރަ: ދުވާލަކަށް 103/33 ރުފިޔާ

ސަރވިސް އެލަވަނސް: ދުވާލަކަށް 33/33 ރުފިޔާ 

ބޭނުންވާ އަދަދު: 3 (ތިނެއް)

މަޤާމުގެ ޝަރުޠުތައް: ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

(މި މަޤާމަކީ މިސްކިތްތަކުގައި މަސައްކަތްކުރާ ދާއިމީ މުވައްޒަފަކު ޗުއްޓީނެގުމުން ނުވަތަ މަޤާމް ހުސްވެގެން ވަގުތީގޮތުން މަސައްކަތްކުރަން ޖެހިއްޖެ ހާލަތެއްގައި ދުވަހު މުސާރަޔަށް އެމީހަކު މަސައްކަތްކުރާ ދުވަހަކަށް މުސާރަދޭގޮތަށް މީހުންނެގޭ ވަގުތީ މަޤާމެކެވެ.)

މަޤާމުގެ މައްސޫލިއްޔަތާއި، ވާޖިބުތައް:      

1. ކައުންސިލް އިދާރާއިން ކަނޑައަޅާ ތާވަލާ އެއްގޮތަށް ރަށު ކައުންސިލް އިދާރާއިން ކަނޑައަޅާ މިސްކިތެއްގެ އިމާމު / މުދިމް އަންގާ ގޮތެއްގެމަތިން މަސައްކަތްކުރުން. 

2. ރަށު ކައުންސިލް އިދާރާއިން އިންތިޒާމްކުރާ ގޮތެއްގެ މަތިން މިސްކިތް ފޮޅައި ސާފުކުރުމާއި، މިސްކިތާއި ފާޚާނާއާއި އިސްކުރުބަރި ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރޭގައި ބެހެއްޓިފައިވާ ފެންތާނގީތަކަށް ވާރޭފެންއެޅުމާއި ތާނގިތައް ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރެއާއި މިސްކިތާއި އިންވެގެން އޮންނަ މަގުތަކުގެ މިސްކިތާވީ ފަޅި ކުނިކެހުމާއި، ވިނަ ނޮޅުމާއި، ކުނި އުކާލުމުގެ މަސައްކަތްކުރުން.

3. އިމާމު / މުދިމް އަންގާ ގޮތެއްގެ މަތިން ކޮންމެ ދުވަހަކުވެސް މިސްކިތަށްގޮސް، ބިއްލޫރި ލެވިފައިވާ ތަންތަނާއި، ހޮޅިބުރި ފަންކާ ކަބަޑުތައް ފޮޅައި ސާފުކުރުމާއި، ހޮޅިބުރިތަކާއި ފަންކާތައް އޮފީހުން ހަމަޖައްސާ އުޞޫލަކުން ދިއްލުމާއި ނިއްވުން.   

4. މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި ކުރަންޖެހޭ މަރާމާތުތައް ގަވައިދުން މުދިމް / އިމާމުއަށާއި ރަށު ކައުންސިލް އިދާރާއަށް އަންގަމުން ގެންދިއުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

މަސައްކަތުގައި ގިނަވަގުތު އުޅެވޭ  ފިރިހެނުންނަށް އިސްކަންދެވޭނެއެވެ. މި މަޤާމަށް ޝަރުޠު ފުރިހަމަވާ މީހަކު ނުލިބެއްޖެނަމަ، ކޮންޓެކްޓް އުސޫލުން މި މަސައްކަތް ކުރާނޭ ފިރިހެނަކު ބޭނުންވެއެވެ.

އިންޓަވިއުއާއި، ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު:  ގއ. ވިލިނގިލީ ކައުންސިލް އިދާރާ

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2016 މޭ 8 ވާ އާދީއްތަ ދުވަހުގެ 13.30. ގެ ކުރިން، ގއ. ވިލިނގިލީ ކައުންސިލް އިދާރާއަށް، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭފޯމާއެކު، މަތީގައިވާ ލިއުންތައް ހުށަހެޅުން އެދެމެވެ.

އުޖޫރައާއި، ޢިނާޔަތްތައް:       

ހަމަޖެހިފައިވާ އުސޫލުން މަސައްކަތްކުރާ ކޮންމެ ދުވަހަކަށް މުސާރަ ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިއުންތައް:

1. ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ވަޒީފައަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިއުންތައް (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) 

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިއުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ ކޮޕީގެ އަސްލު)

5. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިއުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ ކޮޕީގެ އަސްލު)

6. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ 6820027 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6824680 އެވެ. އީމެއިލް ކުރާނީ، [email protected] އަށެވެ.

20 ރަޖަބު 1437

27 އޭޕްރިލް 2016
ހޯދާ