ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަފާރިކުރުމަށް ބިން ކުއްޔަށް ދޫކުރުމާ ބެހޭ

އިޢުލާން

ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ދޫކުރުމާ ބެހޭ

ލ.ކުނަހަންދޫގެ ބަނދަރުގައި ވިޔަފާރި ތަރައްޤީ ކުރުމަށް ރޭވިފައިވާ ޕްލޭންގެ ދަށުން ބަނދަރު ސަރަހައްދުގައި ވިޔަފާރި ކުރުމަށް 12 ބިން ކުއްޔަށް ދޫކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

1- ބަނދަރުން ވިޔަފާރި ބިން ދޫކުރުމަށް ކަޑައެޅިފައިވާ ސަރަހައްދު 1،2،3،4،5،6،7،8،9،10،11،12 ނަންބަރު ބިން

ވީމާ، ވިޔަފާރި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

* މަޢުލޫމާތު ސާފުކުރުން: 2016 މޭ 16 ވާ ހޯމަ ދުވަހުގެ 10:00 އަށް

* އަންދާސީހިސާބު ހުށަހެޅުން: 2016 މޭ 22 ވާ އާދީއްތަ ދުވަހުގެ 10:00 އަށް

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

19 ރަޖަބު 1437

26 އޭޕްރިލް 2016
ހޯދާ