ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެލުގެ ވިޔަފާރިކުރުމަށް ބިން ކުއްޔަށްދޫކުރުމާ ބެހޭ

އިޢުލާން

ތެލުގެ ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ދޫކުރުމާ ބެހޭ

ލ.ކުނަހަންދޫގެ ބަނދަރުގައި ތެލުގެ ވިޔަފާރި ކުރުމަށް ރޭވިފައިވާ ޕްލޭންގެ ދަށުން ބަނދަރު ސަރަހައްދުން ތެލުގެ ވިޔަފާރި ކުރުމަށް 1 ބިން ކުއްޔަށް ދޫކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

1- ބަނދަރު ވިޔަފާރި ސަރަހައްދު 1 ނަންބަރު ބިން

ވީމާ، ތެލުގެ ވިޔަފާރި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

* މަޢުލޫމާތު ސާފުކުރުން: 2016 މޭ 17 ވާ އަންގާރަ ދުވަހުގެ 10:00 އަށް

* އަންދާސީހިސާބު ހުށަހެޅުން: 2016 މޭ 23 ވާ ހޯމަ ދުވަހުގެ 10:00 އަށް

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

19 ރަޖަބު 1437

26 އޭޕްރިލް 2016
ހޯދާ