ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި އިދާރާގެ، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
މަޤާމް: |
ސީނިއަރ އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ |
މަޤާމުގެ ރޭންކް: |
އެމް. އެސް. 2 |
މަޤާމުގެ ކްލެސިފިކޭޝަން: |
ސީނިއަރ އޮފިސަރ ގްރޭޑް 2 /ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
ސެކްޝަން: |
އިކޮނޮމިކް، ސޯސިއަލް އެންޑް މުނިސިޕަލް ސަރވިސް |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ |
މުސާރަ: |
މަހަކު -/6295 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު -/2000 ރުފިޔާ |
ޢިނާޔަތްތައް: |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ޝަރުޠުތައް: |
1. ބިޒްނަސް މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް/ އިކޮނޮމިކްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ބިޒްނަސް މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް/ އިކޮނޮމިކްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 3. ބިޒްނަސް މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް/ އިކޮނޮމިކްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 4. ބިޒްނަސް މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް/ އިކޮނޮމިކްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- މި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އިމާރާތްތައް މަރާމާތުކުރުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން. 2- ރަށުގައި ކުޅިވަރު ކުޅޭނެ ތަންތަން ހެދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން. 3- ރަށުގެ ތިމާވެށްޓަށް ލިބޭ ގެއްލުންތައް ދިރާސާކޮށް، ރިޕޯޓް ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން. 4- ރަށުގެ ކުޑަކުދިންގެ ޕާކާއި، ރެސްޓިންގ ޕޮއިންޓް ހެދުމަށް ކުރަންޖެހޭ މަސައްކަތް ކުރުން. 5- ޤުދުރަތީގޮތުން ދިމާވާ ކާރިސާގައި ގެއްލުންލިބޭ ތަންތަން މަރާމާތުކުރަންޖެހޭ މަސައްކަތް ކުރުން. 6- ފެން ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތް ކަމާބެހޭ ކުރުން. 7- ރަށުގެ ކަރަންޓާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން. 8- ރަށުގެ ގިރާ ސަރަހައްދުތައް ޙިމާޔަތްކުރުމަށްކުރަންޖެހޭ ކަންތައްތައް ކުރުން. 9- ރަށުގެ ކުނި ނައްތައިލުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުން. 10- ފެރީ ދަތުރުތަކާބެހޭ ކަންތައްތައް ބެލެހެއްޓުން. 11- އެއްގަމާއި ކަނޑުގެ ލައިސަންސް ދޫކުރުމާ ގުޅޭގޮތުން ކުރާ މަސައްކަތްތަކުގައި އެހީތެރިވެދިނުން. 12- ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް، ކައުންސިލުން ނިންމާގޮތެއްގެމަތިން ކުރުން. 13- މީގެ އިތުރުންވެސް، އޮފީހުގެ ރަސްމީ މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން. |
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު: |
މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބޭއްވޭ އިންޓަވިއު ބާއްވާނެ ތަނާއި މުއްދަތު ނުވަތަ ތާރީޚު ކަނޑައެޅި ހަމަޖެހުމުން، މަދުވެގެން 5 ދުވަހުގެ ކުރިން، މި މަޤާމަށް އެދުނު ފަރާތްތަކަށް ލިއުމަކުން އެންގޭނެއެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
އެޕްލިކޭޝަން ފޯމް ހުށަހަޅާނީ، 2016 މޭ 12 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، އިސްދޫ ކައުންސިލްގެ އިދާރާއަށެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) 2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 3- އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކޮށްފައިވާ ލިޔުމުގެ ފޮޓޯކޮޕީ (ސެޓުފިކެޓުތަކުގެ އަސްލު، އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.) 4- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ލިޔުމުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.) 5- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭހެން އޮތް އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭނޭހެން އޮތް ސާފު ކޮޕީއެއް (ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.) 6- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) |
މަޤާމަށް އެންމެ ޤާބިލް ފަރާތް ހޮވުމަށް ބެލޭނެ މިންގަނޑުތައް: |
ސިވިލް ސަރވިސް ކޮމިޝަނުން 1 މޭ 2015 ގައި ޢަމަލުކުރަން ފަށާފައިވާ" ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކުގެ ކްރައިޓީރިއާގައިވާ ގޮތުގެ މަތިން. |
އިތުރު މަޢުލޫމާތު: |
- މަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަނާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ. މި ލިޔުންތައް، އެޕްލިކޭޝަނާއެކު ހުށަހެޅި ތަކެތީގެ ޞައްޙަކަން ކަށަވަރުކުރުމަށްފަހު، އަނބުރާ ހަވާލުކުރެވޭނެއެވެ. - މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6800709 ނަންބަރު ފޯނާއެވެ. |
19 ރަޖަބު 1437