ދިވެހިރާއްޖެ
އިޢުލާން
ކޮންސަލްޓަންސީގެ ފުރުޞަތު
މި އޮތޯރިޓީގެ ނަންބަރު (IUL)450-CA/1/2016/13 އިޢުލާނާ ގުޅިގެން "ގެވެށި އަނިޔާގެ ޢަމަލު ހިންގާ މީހުން އިޞްލާޙުވުމަށާއި ދުޅަހެޔޮ ދިރިއުޅުމަކަށް ރުޖޫޢަވުމަށް އެހީތެރިވެދިނުމުގެ ގޮތުން ހިންގާނެ ޕްރޮގްރާމެއް ފަރުމާކުރުމަށް" އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިވާ ގޮތަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
މަޤާމު |
ލޯކަލް ކޮންސަލްޓަންޓް (ގެވެށި އަނިޔާގެ ޢަމަލު ހިންގާ މީހުން އިޞްލާޙުވުމަށާއި ދުޅަހެޔޮ ދިރިއުޅުމަކަށް ރުޖޫޢަވުމަށް އެހީތެރިވެދިނުމުގެ ގޮތުން ހިންގާނެ ޕްރޮގްރާމެއް ފަރުމާކުރުމަށް) |
މަސައްކަތުގެ އަގު |
"ޓާމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" ގައިވާ މަސައްކަތްތަކަށް ރިޢާޔަތް ކުރެއްވުމަށްފަހު ކުރިމަތިލާ ފަރާތުން އަގު ހުށަހެޅުމަށް. ޓީ.އޯ.އާރު މި އޮތޯރިޓީގެ ވެބްސައިޓް www.fpa.gov.mv އިން ލިބެން ހުންނާނެއެވެ. |
މަސައްކަތް ކުރަންޖެހޭ ތަން |
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ |
ތަޢުލީމާއި ތަޖުރިބާ
|
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާ އެކި މުއައްސަސާތަކާ ގުޅިގެންނާއި ކައުންސެލިންގ ނުވަތަ ސައިކޯތެރަޕީގެ ދާއިރާގެ ތަޖުރިބާކާރުންގެ މަޝްވަރާގެ މަތިން އަދި ދުނިޔޭގެ އެކި ޤައުމުތަކުގައި ގެވެށި އަނިޔާގެ ޢަމަލުތައް ހިންގާ މީހުން އިޞްލާޙުކުރުމަށް ހިންގާ ޕްރޮގްރާމްތަކަށް ރިޢާޔަތް ކުރުމަށްފަހު ގެވެށި އަނިޔާގެ ޢަމަލު ހިންގާ މީހުން އިޞްލާޙުވުމަށާއި ދުޅަހެޔޮ ދިރިއުޅުމަކަށް ރުޖޫޢަވުމަށް އެހީތެރިވެދިނުމުގެ ގޮތުން، ކަމާބެހޭ މުއައްސަސާތަކުން ގެވެށި އަނިޔާގެ ޢަމަލު ހިންގާ މީހުންނާއެކު މަސައްކަތްކުރުމުގައި ހިންގާނެ ޕްރޮގްރާމެއް ފަރުމާކުރުން. ނޯޓް: ކުރަންޖެހޭ މަސައްކަތުގެ އިތުރު ތަފުސީލު ޓީ.އޯ.އާރ.ގައި ބަޔާން ކުރެވިފައިވާނެއެވެ. |
މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ޕްރޮޕޯސަލްއާއެކު (މަސައްކަތުގެ އަގު ހިމެނޭގޮތަށް) ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ. 1- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު 2- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް 3- ކުރިމަތިލާ ފަރާތުގެ/ ފަރާތްތަކުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ) 4- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 5- ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެކަމުގެ ތަފުސީލު އެނގޭނެ ލިޔުންތަކުގެ ކޮޕީ މި މަސައްކަތް ކޮށްދިނުމަށް އެދިލައްވަޑައިގަންނަވާ ފަރާތްތަކުން މި އޮތޯރިޓީގެ (ހ. ފުލިދޫގެ، 02 ވަނަ ފަންގިފިލާ) ރިސެޕްޝަނަށް ޕްރޮޕޯސަލާއި އަދި މަތީގައި ބަޔާންކުރެވިފައިވާ އެހެނިހެން ލިޔެކިޔުންތައް 2016 މޭ 16 ވަނަ ދުވަހުގެ 13:30 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. މަތީގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިއުންތައް ހަމަކޮށް [email protected] އަށް ބަޔާންކުރެވިފައިވާ ސުންގަޑީގެ ކުރިން ފޮނުވާ އީމެއިލް ބަލައިގަނެވޭނެއެވެ. ނޯޓު: - މި ކޮންސަލްޓޭޝަނަކީ ކޮންޓްރެކްޓް އުސޫލުން 16 ހަފުތާގެ މުއްދަތަށް ކަނޑައަޅާފައިވާ ކޮންސަލްޓެންސީއެކެވެ. - ކޮންސަލްޓަންސީއަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި ޕްރޮފެޝަނަލް ކޮލިފިކޭޝަން އަދި އިންޓަރވިއުއާއި ހުށަހަޅާ އަގަށް ބަލައި އެންމެ މަތިން މާރކްސް ލިބޭ ފަރާތަކަށެވެ. އިތުރު މަޢުލޫމާތު: ފޯން: 3010551، ފެކްސް: 3010552 އީމެއިލް: [email protected] 20 ރަޖަބު 1437 |