ޕަބްލިކް ވަރކްސް ސަރވިސަސް
ދިވެހިރާއްޖެ
ސްޓޯރ ކީޕަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

 

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

ސްޓޯރ ކީޕަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި،  ޔުނިޓް:

ރ. ދުވާފަރު

މަޤާމުގެ ގިންތި:

ވަގުތީ (1 އަހަރުދުވަހުގެ ކޮންޓްރެކްޓް)

މުސާރައާއި ޢިނާޔަތްތައް:

މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/350 ރުފިޔާ

މަޤާމުގެ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުުމުގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ޕްރޮޖެކްޓަށް ހޯދޭ ހުރިހާ ތަކެތި އަމާނާތްތެރިކަމާއެކު، މަރުކަޒީ އުޞޫލުން ސްޓޮކްކޮށް ބެލެހެއްޓުމާއި، އެތަކެތި ބޭނުންވާ މަސައްކަތްތަކަށް ތަކެތި ދޫކޮށް، ލިޔެކިއުންތައް ފުރިހަމަކޮށްފައި ފައިލްކޮށް ބެލެހެއްޓުން.
  2. ޕްރޮޖެކްޓަށް ބޭނުންވާ މުދަލާއި، ވެހިކަލްތަކުގެ ސްޕެއަރޕާޓްސްއާއި އެހެނިހެން ތަކެތި ހޯދުމަށް މާލޭ އޮފީހަށް ރިކުއެސްޓް ތައްޔާރުކޮށް ފޮނުވުން.
  3. ޕްރޮޖެކްޓުގެ ހަރުމުދަލުގެ އިންވެންޓްރީ ބެލެހެއްޓުމާބެހޭ މަސައްކަތްތައް ކުރުން.
  4. ޕްރޮޖެކްޓުގެ އިދާރީ ކަންތައްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

1. ތަޢުލީމާއި ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަވިއު.

5. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން.

6. މާލިއްޔަތު ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު:

ތަކެތި ހުށަހެޅުމުގެ  ސުންގަޑިއަކީ، 2016 މޭ 10 ވާ އަންގާރަދުވަހުގެ 14:00 އެވެ. ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ޕަބްލިކް ވަރކްސް ސަރވިސަސްގެ މާލޭ އޮފީހުންނެވެ. މެއިލް ކުރާނީ، [email protected] އަށެވެ.

ހުށަހަޅަންޖެހޭ ތަކެތި:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު  ލިބެން ހުންނާނީ، ރ. ރަސްމާދޫ ކައުންސިލް އިދާރާއިންނާއި، ޕަބްލިކް ވަރކްސް ސަރވިސަސްގެ މާލޭ އޮފީހުންނެވެ. 

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

އިތުރު މަޢުލޫމާތު:

އިތުރު  މަޢުލޫމާތު  ސާފުކުރުމަށް،  3323537  ނަންބަރު  ފޯނަށް  ނުވަތަ  3020815  ނަންބަރު ފޯނަށް، ރަސްމީގަޑީގައި ގުޅުން އެދެމެވެ.

21 ރަޖަބު 1437 

28 އޭޕްރިލް 2016
ހޯދާ