ރ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

މަސައްކަތު

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ސަޕޯޓް ސަރވިސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

މުސާރަ:

-/3100 ރުފިޔާ

ސަރވިސް އެލަވަންސް:

-/1000 ރުފިޔާ

ވަޒީފާ އޮތް އޮފީސް:

ރ. އަތޮޅު ތަޢުލީމީ މަރުކަޒު

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:

ބަޖެޓް އެންޑް އެޑްމިނިސްޓްރޭޝަން ސެކްޝަން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިމާރާތްތަކުގެ ތެރެއިން ހަވާލުކުރެވޭ އިމާރާތްތަކެއް ކުނިކަހައި ފޮޅައި ސާފުކޮށް ބެލެހެއްޓުން.

2. ހަވާލުކުރެވޭ އިމާރާތްތަކެއްގެ ދިޔަދޮވި ސާފުކުރުމާއި، ފަންކާތައް ފުހުން.

3. މަރުކަޒުގެ ގޯތިތެރޭގައިވާ ގަސްތައް ކޮށުމާއި، ގަސްތަކަށް ފެންދިނުން.

4. މަރުކަޒުން ބޭރަށް ގެންދަންޖެހޭ ލިޔެކިއުން ބޭރަށް ގެންދިއުން.

5. މުވައްޒަފުންނާއި، ބެލެނިވެރިންނާއި، އެކިއެކިފަރާތްތަކަށް ދަންނަވާ ލިޔުންތަކުގައި ސޮއިކުރުވުން.

6. ބާއްވާ ޖަލްސާތަކަށާއި ބައްދަލުވުންތަކަށް، ސްކޫލުން އަންގާގޮތެއްގެ މަތީން ގޮނޑި މޭޒު ޖެހުން.

7. ޑިއުޓީގައި ރަނގަބީލް ޖެހުން.

8. ގޯތިތެރެއިން ނަގާ ކުނި، ކަނޑައެޅިފައިވާ އުސޫލުން ނައްތައިލުން.

9. ސަލާމް / ޗުއްޓީގައި ހުންނަވާ މުވައްޒަފުންގެ ޑިއުޓީގެ މަސައްކަތް، ހަވާލުކުރެވޭ އުސޫލެއްގެމަތީން ކުރުން.

10. ރަސްމީގަޑީގެ އިތުރުން ކަނޑައެޅޭ ޑިއުޓީތައް އަދާކުރުން.

11 . ރަސްމީގަޑީގެ އިތުރުންވެސް، ސްކޫލުގެ މަސައްކަތެއް ކުރަންޖެހިގެން އަންގަވައިލެވިއްޖެނަމަ އެ އެންގުމަކަށް އިޖާބަދިނުން.

މަޤާމުގެ ޝަރުޠު:                                            

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި  މި ސްކޫލުގެ އޮފީހުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑުޖަހައި، އެޓެސްޓްކޮށްފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ރަސްމީ ދުވަސްތަކުގެ ހެނދުނު 7.00 އިން 13.00 އަށް،  މި މަރުކަޒުގެ އިދާރީ އޮފީހަށެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މޭ 10 ވާ އަންގާރަ ދުވަހުގެ 13:00 އެވެ.

އިންޓަވިއު ކުރުން:

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 2016 މޭ 11 ވާ ބުދަ ދުވަހު، ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މަރުކަޒުގެ 6580031 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

20 ރަޖަބު 1437

27 އޭޕްރިލް 2016
ހޯދާ