މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
އެމްޕްލޯއިމަންޓް އެޕްރޫވަލް ލިބިގެން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް އަންނަ ނޭޕާލް ރައްޔިތުންގެ ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދަށް ބަދަލުގެނައުމާ ގުޅޭ

އިޢުލާން

ދިވެހިރާއްޖެއިން ނޭޕާލަށް ވައިގެމަގުން ދިއުމުގެ އެއްކޮޅު ޓިކެޓުގެ އަގަށް ބަދަލު އައިސްފައިވާތީ، އެމްޕްލޯއިމަންޓް އެޕްރޫވަލް ލިބިގެން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް އަންނަ ނޭޕާލް ރައްޔިތުންގެ ސެކިއުރިޓީ ޑިޕޮސިޓުގެ ޢަދަދަކީ -/11,000 (އެގާރަ ހާސް) ރުފިޔާ ކަމުގައި މި މުއައްސަސާއިން މިހާރު ވާނީ ހަމަޖައްސާފައެވެ.

ވީމާ، އެމްޕްލޯއިމަންޓް އެޕްރޫވަލް ލިބިގެން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް އަންނަ ނޭޕާލް ރައްޔިތުންގެ ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 2016 މޭ 2 ވަނަ ދުވަހުން ފެށިގެން ބަލައިގަންނާނީ -/11,000 (އެގާރަ ހާސް) ރުފިޔާ ކަމުގައި ދެންނެވީމެވެ.

އަދި ދަންނަވަމަވެ. 2016 މޭ 2 ވަނަ ދުވަހުގެ ކުރިން އެމްޕްލޯއިމަންޓް އެޕްރޫވަލް އެޕްލިކޭޝަން އެޕްރޫވްކޮށްފައިވީ ނަމަވެސް، 2016 މޭ 2 ވަނަ ދުވަހުން ފެށިގެން ޑިޕޮސިޓް ދައްކަވާނަމަ، ނޭޕާލް ރައްޔިތުންގެ ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ބަލައިގަންނާނީ -/11,000 (އެގާރަ ހާސް) ރުފިޔާ ކަމުގައި ވެސް ދެންނެވީމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ރަޖަބު 1437

27 އޭޕްރިލް 2016
ހޯދާ