މަޤާމުގެ ޝަރުޠު:
|
- އެމް.ކިޔޫ.އޭ ގެ ލެވެލް 5/6 ގެ ސެޓުފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 1 އަހަރުދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
- އެމް.ކިޔޫއޭ ގެ ލެވެލް 4 ގެ ސެޓުފިކެޓަށްފަހު 2 އަހަރުދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
- ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ އަދި އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރުދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯމަލް ޓްރޭނިންގއާއެކު) ލިބިފައިވުން. ނުވަތަ،
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- އަލަށް ގެންނަ ކޮމްޕިއުޓަރުތަކާއި ޕްރިންޓަރުތަކާއި އެއާގުޅޭ ހުރިހާ ސާމާނެއް ބަލައި ޗެކްކޮށް އޭގެ މެއިންޓަނަންސް މަސައްކަތް ކުރުން.
- ކޮމްޕިއުޓަރާއި އިލެކްޓްރޯނިކް އިކުއިޕްމަންޓްތަކާއި އެއާ ގުޅޭ ސާމާނުގެ ވަކި އިންވެންޓްރީއެއް ތައްޔާރުކޮށް އެއަށް އަންނަ ބަދަލުތައް ގެނެސް ގަވާއިދުން ބެލެހެއްޓޭތޯ ބެލުން.
- ކޮމްޕިއުޓަރާއި އިލެކްޓްރޯނިކް އިކުއިޕްމަންޓް ބޭނުންކުރާ ފަރާތްތަކަށް ދިމާވާ ޓެކްނިކަލް އަދި ހާޑްވެއަރ އާއި ސޮފްޓްވެއަރ މައްސަލަތައް ޙައްލުކޮށް ދިނުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައްކޮށް ބެލެހެއްޓުން.
- ކިޔަވައިދިނުމާއި އަދި އިދާރީ ބޭނުންތަކަށް ފަހިވާނެހެން ކޮމްޕިއުޓަރުތަކާއި އަދި ކޮމްޕިއުޓަރު ނެޓްވާރކް ތައްޔާރީ ޙާލެއްގައި ދެމެހެއްޓުން.
- ކޮމްޕިއުޓަރު ލެބްތައް ކިޔަވައިދިނުމަށާއި އަދި ދަރިވަރުންގެ ބޭނުންތަކަށް އަބަދުވެސް ތައްޔާރީ ޙާލަތެއްގައި ދެމެހެއްޓުން.
- ނެޓްވާރކަށް ދިމާވާ މައްސަލަތައް ބަލައި ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ވަގުތުން ޙައްލުތައް ހޯދުން.
- ކިޔަވައިދިނުމަށާއި އިދާރީ ބޭނުމަށް ބޭނުންކުރާ އިލެކްޓްރޯނިކް އިކުއިޕްމަންޓްތައް ބަލަހައްޓައި ފަންނީ މުވައްޒަފުންނަށާއި އިދާރީ މުވައްޒަފުންނަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުމާއި ކުރަންޖެހޭ އެންމެހައި ކަންކަން ބެލެހެއްޓުން.
- ކިޔަވައިދިނުމަށާއި އިދާރީ ބޭނުމަށް ބޭނުންވާ ސޮފްޓްވެއަރ ދެނެގަނެ އަދި މިފަދަ ސޮފްޓްވެއަރތައް ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހޯދައި އެ ތަކެތި ފެކަލްޓީގައި ބޭނުންކުރެވޭނެގޮތް ހަމަޖެއްސެވުން.
- ކޮމްޕިއުޓަރުތަކަށް ބޭނުންވާ ސްޕެއަރ ޕާޓްސް ދެނެގަނެ އެފަދަ ތަކެތި ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހޯދުން.
- ފަންނީ މުވައްޒަފުންނާއި އަދި އިދާރީ މުވައްޒަފުންނާ ގުޅިގެން އެކުވެރިކަމާއި އެއްބާރުލުމުގެ ރޫޙެއްގައި މަސައްކަތް ކުރުން.
- މިނޫންވެސް މަޤާމުގެ މަސައްކަތާ ގުޅޭގޮތުން ފެކަލްޓީން ޙަވާލުކުރާ ކަންތައްތައް ކުރުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
ނޯޓު:
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
- ދިވެހިރާއްޖޭގެޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައި ނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނިސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތި ލާނަމަ ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
ސިޓީ ފޮނުވަންވީ ތާރީޚު:
|
2016 މޭ 5 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، އުވާލައި މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345409 ނަންބަރު ފޯނާއެވެ.
- އީމެއިލް ކުރައްވާނީ [email protected]
|