ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެ.
|
މަޤާމު
|
އެސިސްޓެންޓް ސަރވެޔަރ
|
ރޭންކް
|
ޖީ. އެސް. 3
|
ކްލެސިފިކޭޝަން
|
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ބޭނުންވާ އަދަދު
|
ސ. ހިތަދޫ 01
ސ. ހުޅުމީދޫ 01
|
ވަޒީފާ އަދާ ކުރަންޖެހޭ ސެކްޝަން / އޮފީހާއި، ރަށް
|
ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސް ޑިޕާޓްމަންޓް / ސ. ހިތަދޫ އަދި ސ. ހުޅުމީދޫ
|
މުސާރައާއި އިނާޔަތްތައް
|
މުސާރަ: -/4465ރ
ސަރވިސް އެލަވަންސް: -/1500ރ
ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.)
|
ޝަރުޠު
|
1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- އައްޑޫސިޓީގެ އަވަށްތަކުގެ ސާރވޭ ކުރަންޖެހޭ ބިންތައް ސާރވޭ ކުރުމުގެ މަސައްކަތް ކުރުން.
- ސިޓީގެ އަވަށްތަކުގެ ޗާޓުތައް އަޕްޑޭޓް ކުރުމުގައި އިދާރީ އަދި ޓެކްނިކަލް އެހީދިނުން.
- އިންވަކިކުރުމަށް ހުށަހެޅޭ ފޯމުތައް ބަލައި ޗެކުކޮށް އިންވަކިކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވުން.
- ސިޓީގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭންކުރުމުގައި އެހީތެރިވުން.
- ސިޓީގެ ތަރައްޤީގެ ޕްލޭން ހެދުމުގައި އެހީތެރިވުން.
- އިންވަކިކޮށްދިނުމުގައި ޢަމަލީގޮތުން ބައިވެރިވުން.
- ޙަވާލުކުރެވޭ މަސައްކަތާ ގުޅިގެން، އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ،މެސެޖު ފަދަ ލިޔުންތައް ލިޔެ ފޮނުވުމާއި އޭގެ ރެކޯޑު ބެލެހެއްޓުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ތައުލީމާއި ތަމްރީން.
- މަސައްކަތުގެ ތަޖުރިބާ.
- އިންޓަރވިއު.
- ތެދުވެރިކަމާއި، ރަނގަޅަށް މުޢާމަލާތް ކުރުމުގެ ހުނަރު ހުރުން.
- ވިސްނުންތޫނުކަމާއި ޕްރެޝަރުގައި މަސައްކަތް ކުރުމުގެ ހުނަރު ހުރުން.
|
ތަކެތި ހުށަހަޅަންޖެހޭ ތާރީޚު
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ
- މާލޭގައިނަމަ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ކައުންޓަރަށް.
- އައްޑޫ ސިޓީގައިނަމަ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސް ޑިޕާޓްމަންޓް (ސ. ހިތަދޫ) އަދި (ސ. ހުޅުމީދޫ) ކައުންޓަރަށް.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 މޭ 12 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން.
|
އިންޓަވިއު ކުރުން
- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ 2016 މޭ – ޖޫން މަހުގެ ތާރީޚެއްގައެވެ.
- މާލޭގައިނަމަ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގައެވެ.
- އައްޑޫ ސިޓީގައިނަމަ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސް ޑިޕާޓްމަންޓް (ސ. ހިތަދޫ) އަދި (ސ. ހުޅުމީދޫ) ގައެވެ.
- އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (ފުރިހަމަކުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނަން އޮތް އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
|
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3004340 ނުވަތަ 3004343 ފޯނަށް ގުޅުއްވުން އެދެމެވެ.
|
21 ރަޖަބު 1437
|