މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
މާޅޮސްމަޑުލު އުތުރުބުރީ ފައިނު މަސްޖިދުއްސަލާމުގެ ގޯތިތެރޭގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ގާއިމުކުރުމާ ގުޅޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މާޅޮސްމަޑުލު އުތުރުބުރީ ފައިނު މަސްޖިދުއްސަލާމުގެ ގޯތިތެރޭގައި ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ގާއިމުކުރުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ބީލަން ފޮތް ބަންދު ނޫން ކޮންމެ ދުވަހަކު 8:30 އިން 13:00 މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެނަރޖީއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.

މި މަޝްރޫއުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 2016 މޭ 05 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެނަރޖީގެ ދެވަނަ ފަންގިފިލާގެ ޖަލްސާކުރާ މާލަމުގައެވެ. ޕްރީ ބިޑް ބައްދަލުވުމަށް ހާޒިރު ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ބިޑް ހުޅުވުން އޮންނާނީ 2016 މޭ 12 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެނަރޖީގެ ދެވަނަ ފަންގިފިލާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި ހުންނަންވާނެއެވެ.

ހ. "ރ.ފައިނު މަސްޖިދުއްސަލާމްގެ ގޯތިތެރޭ ގައިވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް"

ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު

ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު

ބީލަން ފޮތުގައި ފުރިހަމަކުރަން ކަނޑައަޅާފައިވާ ހުރިހާ ފޯމުތައް ފުރިހަމަނުވާނަމަ ބިޑް ކެންސަލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

28 އެޕްރީލް 2016
ހޯދާ