އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް
ދިވެހިރާއްޖެ
އޭ.ވީ.އެސް ޓްރެއިނީ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކޮމާންޑުގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:

އޭ. ވީ. އެސް ޓްރެއިނީ

މަޤާމުގެ ކްލެސިފިކޭޝަން:

އޭވިއޭޝަން ސެކިއުރިޓީ އޮފިސަރސް އެންޑް ގާރޑްސް

މަޤާމުގެ ގްރޭޑް:

ސީ. އެސް. 2

ޑިވިޜަން/ޔުނިޓް:

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް

މުސާރަ:

މަހަކު -/5،920 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،500 ރުފިޔާ

 

އިތުރު ޢިނާޔަތްތައް:

- ކޮއްތު ފައިސާ: -/60 ރުފިޔާ (ޑިއުޓީއަށް ނުކުންނަ ކޮންމެ ދުވަހަކަށް)

- ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

- ފޯނު އެލަވަންސްގެގޮތުގައި މަހަކު -/150 ރުފިޔާ

ބޭނުންވާ އަދަދު:

2 (ދޭއް) ފިރިހެން، 3 (ތިނެއް) އަންހެން

ތަޢުލީމާއި ތަޖުރިބާ:

ޖީ. ސީ. އީ. އޯ ލެވެލްގެ 2 މާއްދާއިން ފާސްވުން ނުވަތަ އެމް. އެން. ކިއު. އެފް. ގެ ސެޓްފިކެޓް 3 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުން.

އުމުރު:

18 އަހަރާއި 35 އަހަރާ ދެމެދު.

އިސްކޮޅު:

5 ފޫޓް ހަމަވުން.

މަސައްކަތް ކުރަންޖެހޭ ތަން:

އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް (މީގެ އިތުރުން، ދިމާވާ ހާލާތަކާ ގުޅޭގޮތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެދަށުން ސެކިއުރިޓީ ބަލަހައްޓަމުންގެންދާ ކޮންމެ އެއަރޕޯރޓެއްގައިވެސް މަސައްކަތްކުރަން ޖެހިދާނެއެވެ.)

 

 

މަޤާމުގެ މަސްއޫލިއްޔަތު:

  1. ވަޒީފާއަށް ވަނުމާވިދިގެން އަންނަ ޕްރޮބޭޝަނަރީ 3 މަސްދުވަހުގެ ތެރޭގައި އޭވިއޭޝަން ސެކިއުރިޓީ ބޭސިކްކޯސް ފުރިހަމަކުރުން.
  2. ޑިއުޓީ ސުޕަވައިޒަރ، ޝިފްޓް އިންޗާރޖް ނުވަތަ އެމީހުން ޢައްޔަންކުރާ އިސް މުވައްޒަފެއްގެ ބެލުމުގެދަށުން، އަންގާފައިވާ ގަވާއިދުތަކާއި، މަސައްކަތްކުރުމުގެ އުޞޫލުތަކާ އެއްގޮތްވާގޮތުގެމަތީން، ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ފުރިހަމަކުރުން.
  3. ޑިއުޓީ ސުޕަވައިޒަރ، ޝިފްޓް އިންޗާރޖް ނުވަތަ އެމީހުން ޢައްޔަން ކުރާ އިސްމުވައްޒަފެއްގެ ބެލުމުގެދަށުން؛ މަދަނީ ވައިގެ ބަނދަރުތަކުން ދަތުރުކުރާ ފަސިންޖަރުންނާއި، ކުރޫންނާއި، އެމީހުން ގެންދާ ތަކެތި ބަލައި، އޭވިއޭޝަން ސެކިއުރިޓީގެގޮތުން ފާސްކުރުން.

ފޯމް ހުށަހަޅަންވީ ތާރީޚާއި، ތަން:

2016 މޭ 12 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، ހުޅުލޭގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ހެޑްކުއޯޓަރޒް (ސްޓާފް ކުއަރޓަރސް 2، 1 ވަނަ ފަންގިފިލާ) އަށެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ، ދިވެހި ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި އޮފީހުގެ  www.avsecom.gov.mv  ގެ  ވެބްސައިޓުންނާއި،  ސިވިލް  ސަރވިސް  ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުގެ ކޮޕީ)
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުން އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ ލިޔުމެއް.
  6. ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، ވަޒީފާ އަދާކުރި މުއްދަތު އެނގޭފަދަ ލިޔުމެއް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

  • ރީޖަނަލް އެއަރޕޯޓްތަކުގައި އޭވިއޭޝަން ސެކިއުރިޓީގެ މަސައްކަތްކުރެވޭނެ ފަރާތަކަށްވުން.
  • ޝިފްޓް ޑިއުޓީ އުޞޫލުން މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.
  • ޔުނިފޯމް އަޅައިގެން ދަންފަޅިތަކުގައި މަސައްކަތްކުރެވޭ ފަރާތަކަށްވުން.

 

 

އިންޓަވިއު ކުރުމާއި، އިމްތިޙާން ކުރުން:

މި މަޤާމަށް ކުރިމަތިލާ މީހުންގެ އަދަދު 15 އަށްވުރެ ގިނަނަމަ، ޝަރުޠު ފުރިހަމަވާ މީހުން ޝޯޓް ލިސްޓް (ޝޯޓް ލިސްޓް ކުރެވޭނީ ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު) ކުރުމަށްފަހު، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށްޓަކައި އިންޓަވިއުކުރުމަށްފަހު، އެންމެ މަތިން މާކްސް ހޯދާ ފަރާތްތަކަށް ޓްރޭނީއެއްގެ ވަޒީފާ ދެވޭނެއެވެ. އަދި 3 މަސްދުވަހުގެ ތެރޭގައި އޭވިއޭޝަން ސެކިޔުރިޓީ ބޭސިކް ކޯސް ފުރިހަމަކޮށް، ކޯހުން ފާސްވުމުން ސިވިލް ސަރވިސްގެ ދާއިމީ ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

ހޮވޭ  ފަރާތްތަކާ  އިންޓަވިއުކުރުން  އޮންނާނީ،  2016  މޭމަހުގެ  ތެރޭގައި  އޭވިއޭޝަން  ސެކިއުރިޓީ  ކޮމާންޑުގެ ހެޑްކުއަރޓަރސް (ސްޓާފް ކުއަރޓަރސް 2، 1 ވަނަ ފަންގިފިލާ) ގައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3013435 ނަންބަރު ފޯނަށް ނުވަތަ 3013437 ނަންބަރު ފޯނަށެވެ.

21 ރަޖަބު 1437

28 އޭޕްރިލް 2016
ހޯދާ