ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
11 ފެބުރުވަރީ 2016 ގައި މި ކޯޓުން ކޮށްފައިވާ 95A/1/2016/11 (އައިޔޫއެލް) ނަންބަރުގެ ޢިއުލާނުގައިވާ މަޤާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެ މަޤާމަށް މީހަކު ހަމަޖެފައިނުވާތީ، އެ ޢިއުލާން ބާޠިލްކޮށްފައި، އެ މަޤާމަށް މީހަކު ހޯދުމަށްޓަކައި އަލުން ޢިއުލާން ކުރަމެވެ.
މަޤާމް: |
ޑިރެކްޓަރ |
މަޤާމުގެ ރޭންކް: EX1 |
||
ކޯޓް / ސެކްޝަން: |
ދިވެހިރާއްޖޭގެ ހައިކޯޓު، އައި.ޓީ ސެކްޝަން |
|||
މުސާރައާއި ޢިނާޔަތްތައް |
||||
އަސާސީ މުސާރަ: |
މަހަކު -/8،835 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު -/2،000 ރުފިޔާ | |
ލިވިންގ އެލަވަންސް: |
މަހަކު -/2،850 ރުފިޔާ |
ޖުޑީޝަލް އެލަވަންސް: |
މަހަކު 3،975/75 ރުފިޔާ |
|
މަޤާމުގެ ޝަރުޠު: |
1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން. ނުވަތަ؛ 2. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަސަސއްކަތުގެ ފެންވަރުވެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިއުމާއެކު، MS 4 ގެ ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
|||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
|
|||
ޑިރެކްޓަރގެ މަޤާމަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި |
|
|||
ޕޮއިންޓް ދެވޭގޮތް: |
- ލިބިފައިވާ ތަޢުލީމާއި ތަމްރީން: %40 - ލިބިފައިވާ ތަޖުރިބާ: % 8 - ލިބިފައިވާ ހުނަރާއި ފެންވަރާއި ސިފަތައް ބެލުމަށް ކުރެވޭ އިންޓަވިއު (ޓެސްޓާއެކު) %40 - މަސައްކަތުގެ ފެންވަރުބެލުން (މި ބަޔަށް ޕޮއިންޓްދެވޭނީ، ޝަރުޢީ ދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.) % 7 - މުވައްޒަފުގެ ހާޒިރީ (މި ބަޔަށް ޕޮއިންޓްދެވޭނީ، ޝަރުޢީ ދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.) %2.5 - މުވައްޒަފުގެ މަސައްކަތުގެ އުޅުމާއި އަޚުލާޤު (މި ބަޔަށް ޕޮއިންޓްދެވޭނީ، ޝަރުޢީ ދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.) %2.5 |
|||
ސުންގަޑި: |
2016 މޭ 10 ވަނަ ދުވަހުގެ 14:00 ގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓަށް (ތީމުގެ، އާބުރުޒު ހިނގުން) ހުށަހަޅަންވާނެއެވެ. |
|||
އިތުރު މަޢުލޫމާތު: |
އިތުރު މައުލޫމާތު ހޯދުމަށް 3325029 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
19 ރަޖަބު 1437